ސިމްޑީން "އިލީ ޑޭ" ކުލަގަދަކޮށް ފާހަގަކޮށް، އާ ރަހަތަކާއެކު "ގޯލްޑަން އަވާ ސީރީޒް" ރާއްޖެއަށް ތައާރަފުކޮށްފި

Oct 3, 2026, 9:32 PM
އިލީ ޑޭ 2026 ފާހަގަކުރުމުގެ ގޮތުން، ސިމްޑީ ރެސޫއިން "އިލީ ގޯލްޑަން އަވާ" ސީރީޒް ރަސްމީކޮށް އިފްތިތާހުކޮށްފި

އިލީ ޑޭ 2026 ފާހަގަކުރުމުގެ ގޮތުން، ސިމްޑީ ރެސޫއިން "އިލީ ގޯލްޑަން އަވާ" ސީރީޒް ރަސްމީކޮށް އިފްތިތާހުކޮށްފި

ރާއްޖޭގައި "އިލީ" (illy) ކޮފީގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރު ކަމަށްވާ ސިމްޑީ ގްރޫޕްގެ ސިމްޑީ ރެޒޫ އިން، ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅުވައިގެން ބާއްވާ "އިލީ ޑޭ 2026" މި މަހުގެ އެއްވަނަ ދުވަހު ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ޖެން މޯލްޑިވްސް މާލެ ބައި ސެންގްރިލާއާ ގުޅިގެން ބޭއްވި މި ހަފުލާގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންނާއި، ކެފޭ އަދި ރެސްޓޯރެންޓްތަކުގެ މަންދޫބުންނާއި، މީޑިއާގެ އިތުރުން ކޮފީއަށް ލޯބިކުރާ ގިނަ ބަޔަކު ބައިވެރިވިއެވެ. މި ހަފުލާއަކީ ރާއްޖޭގައި އިލީ ކޮފީގެ ދިގު ދަތުރާއި، އުފެއްދުންތެރިކަން ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަރަކާތެކެވެ.

މި އަހަރުގެ ފާހަގަކުރުންތަކުގެ އެންމެ މުހިންމު އެއް ހަރަކާތަކީ "އިލީ ގޯލްޑަން އަވާ ސީރީޒް" ރަސްމީކޮށް އިފުތިތާހު ކުރުމެވެ. މިއީ އިލީ ކޮފީގެ ތަފާތު ރަހަތައް އާދަޔާ ހިލާފު އަދި އުފެއްދުންތެރި ގޮތްތަކަކަށް ތަޖުރިބާކޮށްލުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އާ ކަލެކްޝަނެކެވެ.

އިލީ ގޯލްޑަން އަވާ ސީރީޒްގައި ހިމެނެނީ ހާއްސަ ފަސް ބުއިމެކެވެ. އެއީ އިލީ އައިސް ސްޕެނިޝް ލާޓޭ، އިލީ އޮރެންޖް ރަޝް ކޮފީ، އެޕަލް އޮފް މައި އައިސް ކޮފީ، އިލީ ޓްރޮޕިކަލް ޝޮޓް އަދި އިލީ ކެފޭ ނުއާ އެވެ.

މި ސީރީޒް އިފުތިތާހު ކުރުމާއެކު، ރާއްޖޭގެ ހޮވައިލެވޭ ކެފޭތަކާއި ރެސްޓޯރެންޓްތަކުން މިހާރު މި ބުއިންތައް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ކޯޒޭ ކޮފީ ކްލަބް، ބްރޭކް ކެފޭ އެންޑް ބިސްޓްރޯ، ޝެލްބީންސް، ވައިޓް ކޯވް ރެސްޓޯރެންޓް، ޑެލިޒަސް، ޕާސްތާ މާނިއާ، ސިޓްރޯން ބައި ލެމަންގްރާސް، ސަބްމޯ ސެންޓްރަލް އަދި ޖެން މޯލްޑިވްސް މާލެ ބައި ސެންގްރިލާ ހިމެނެއެވެ.

އިލީ ގޯލްޑަން އަވާ މާސްޓަރކްލާސް

މި ހަފުލާގެ ތެރެއިން "އިލީ ގޯލްޑަން އަވާ މާސްޓަރކްލާސް" ގެ ނަމުގައި ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އިލީގެ ބްރޭންޑް އެމްބަސެޑަރު އަލީ ހުސައިން އާއި ސިމްޑީ ރެޒޫގެ ބަރިސްޓާ ފަގުސަން އެމްބާކާ ޑެސްމަންޑް ކުރިއަށް ގެންދިޔަ މި ސެޝަންގައި، ގޯލްޑަން އަވާ ސީރީޒްގެ ބުއިންތައް ތައްޔާރުކުރާނެ ގޮތާއި، ބުއިންތައް ހުށަހަޅައިދޭނެ އާ އުކުޅުތަކާ ބެހޭ މައުލޫމާތު ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނަށް ހިއްސާކުރިއެވެ.

މީގެ އިތުރުން، މި ހަފުލާގައި "ގޯލްޑަން އަވާ ބާ" ރަސްމީކޮށް ހުޅުވައި، އެ ރޭގެ ހަފުލާއަށް ވަޑައިގެންނެވި މެހެމާނުންނަށް އަލަށް ތައާރަފުކުރި ބުއިންތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު ވަނީ ދީފައެވެ.

އިލީގެ ދުނިޔެ ތަޖުރިބާކޮށްލުން

މި ހަފުލާގައި ހާއްސަކޮށްފައިވާ "އިލީ އެކްސްޕީރިއަންސް ޒޯން" މެދުވެރިކޮށް، އިލީގެ ތަފާތު އުފެއްދުންތައް ބަލައިލުމުގެ ފުރުސަތު މެހެމާނުންނަށް ލިބުނެވެ.

މި ޒޯންގައި އިލީ ކޮފީގެ އިތުރުން، ކޮފީ މެޝިންތަކާއި، ކީޕް ކަޕް، އިލީގެ ސިގްނޭޗާ ބިއްލޫރި ތަށި، އެސްޕްރެސޯ އަދި ކަޕަޗީނޯ ކަޕް ސެޓްތަކާއި، އަލެސީ މޯކާ ޕޮޓްސް އަދި އިލީ އާޓް ކަލެކްޝަންގެ ބައެއް އުފެއްދުންތައް ދައްކާލާފައިވެއެވެ. އަދި މީގެ ތެރެއިން ބައެއް ތަކެތި ގަތުމުގެ ފުރުސަތު ވެސް މެހެމާނުންނަށް ވަނީ ހުޅުވާލާފައެވެ.

މި ހަފުލާގެ ތެރެއިން ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ކޮފީގެ ރަހަ ބެލުމުގެ އިތުރުން "ޒޯލޯ" (ZOLO) ގެ ހިތްގައިމު މިއުޒިކީ ހުށަހެޅުންތައް ވެސް ކުރިއަށް ދިޔައެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނާއި ކޮފީއަށް ލޯބިކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއްގައި ބައްދަލުވެލުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި އިލީ ޑޭ ފާހަގަކުރުން

ޖެން މޯލްޑިވްސްގައި ބޭއްވި މައި ހަފުލާގެ އިތުރުން، މާލޭގެ ބައެއް ކެފޭތަކުގައި ވެސް "އިލީ ހެޕީ އަވާ" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ދިޔައެވެ. މި ހަރަކާތް ކުރިއަށް ދިޔައީ މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ބްރޭކް ކެފޭ އެންޑް ބިސްޓްރޯ، ކޯޒޭ ކޮފީ ކްލަބް، ވައިޓް ކޯވް ރެސްޓޯރެންޓް އަދި ޝެލްބީންސްގައެވެ.

މި ވަގުތުތަކުގައި ކަސްޓަމަރުންނަށް އިލީގެ ހާއްސަ ބުއިންތަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދީފައިވާ އިރު، އެސްޕްރެސޯ، އެމެރިކާނޯ އަދި ކަޕަޗީނޯ ފަދަ އާދައިގެ ކޮފީ ބުއިންތައް ހިލޭ ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

މި ހެޕީ އަވާގެ ސަބަބުން މާލޭގެ ގިނަ އަދަދެއްގެ ކޮފީ ބޯ މީހުންނަށް ބައިނަލްއަގުވާމީ ކޮފީ ދުވަހުގެ އުފަލުގައި ބައިވެރިވެ، އިލީ ކޮފީގެ ތަފާތު ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

ރާއްޖޭގައި އިލީ ކޮފީއަށް ތިން ދަހަރަށްވުރެ ގިނަ ދުވަސް

ސިމްޑީން ރާއްޖެއަށް އިލީ ކޮފީ ތައާރަފުކުރީ 1994 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމާއި ކޮފީގެ ސިނާއަތާއެކު ކުރިއަރަމުން އައި ބަދަހި ގުޅުމެއްގެ ފެށުމެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ސިމްޑީ ރެޒޫ އިން ވަނީ ހަމައެކަނި ކޮފީ ފޯރުކޮށްދިނުމުގެ އިތުރުން، ކޮފީއަށް ބޭނުންވާ ސާމާނާއި، ފަންނީ އެހީތެރިކަމާއި، ބަރިސްޓާ ތަމްރީނުތަކާއި، އާ ބުއިންތައް އުފެއްދުމުގެ ދާއިރާއިން ރިސޯޓުތަކާއި ހޮޓާ އަދި ރެސްޓޯރެންޓްތަކާއެކު ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައެވެ.

"އިލީ ޑޭ 2026" އަކީ މި ދިގު ދަތުރުގެ އާ ބާބެކެވެ. މިއީ ސިނާއަތުގެ ބައިވެރިންނާއި ކަސްޓަމަރުން އެއްތަނަކުން ބައްދަލުވެ، އިލީ ބްރޭންޑް ތަޖުރިބާކުރާނެ އާ ގޮތްތަކެއް ތައާރަފުވެގެންދިޔަ ދުވަހެކެވެ.

އަލަށް ތައާރަފުކުރި "އިލީ ގޯލްޑަން އަވާ ސީރީޒް" އާއެކު، ސިމްޑީ ރެޒޫ އިން އަމާޒު ހިފާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ކޮފީގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ރާއްޖޭގައި ކުރިއަރަމުން އަންނަ ކޮފީ ސަގާފަތަށް އާ ދިރުމެއް ގެނެސްދިނުމަށެވެ.

އިލީ މޯލްޑިވްސްއާ ބެހޭގޮތުން

އިލީއަކީ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އިޓަލީގެ ކޮފީ ބްރޭންޑެކެވެ. ރާއްޖޭގައި ސިމްޑީ ގްރޫޕުން އެކްސްކްލޫސިވްކޮށް ޑިސްޓްރިބިއުޓްކުރާ މި ބްރޭންޑަކީ އޭގެ ހާއްސަ ރަހައާއި، ފެންވަރު ރަނގަޅު އުފެއްދުންތަކުގެ ސަބަބުން ކޮފީގެ ދުނިޔޭގައި ނަންހިނގާ ބްރޭންޑެކެވެ.

ސިމްޑީ ރެޒޫއާ ބެހޭގޮތުން

ސިމްޑީ ރެޒޫއަކީ ސިމްޑީ ގްރޫޕްގެ މުހިންމު ގޮތްޕެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ މަތީ ފަންތީގެ ބުއިންތަކާއި އުފެއްދުންތައް ފޯރުކޮށްދޭ އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެވެ. ފެންވަރު ރަނގަޅު ހިދުމަތާއި އާ އުފެއްދުންތަކަށް އިސްކަންދީގެން، ސިމްޑީ ރެޒޫ އިން އަންނަނީ ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ގޫގަލް ޕިކްސެލް އަށް އުރީދޫ 5ޖީ

ގޫގުލް ޕިކްސެލް ފޯނުތަކަށް ރާއްޖޭގައި 5ޖީގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ނެޓްވޯކަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ. ނޮވެންބަރު މަހުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު ޕިކްސެލްގެ އެކި މޮޑެލްތަކަށް 5ޖީ އާއި ވީއޯއެލްޓީއީގެ ޚިދުމަތް މިހާރު ލިބޭނެއެވެ.

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox