ސިމްޑީ އާއި ކެނަންގެ ޕާޓްނާޝިޕަށް 30 އަހަރު ފުރުން ފާހަގަ ކުރަން ކެނަން ސިންގަޕޫރުގެ ސީއީއޯ ރާއްޖެއަށް

Sep 5, 2026, 11:31 AM
ކެނަން ސިންގަޕޫރުގެ ސީއީއޯ މާލޭގައި: ކެނަން އާއި ސިމްޑީގެ ގުޅުމަށް 30 އަހަރު ފުރިއްޖެ -- ފޮޓޯ: ސިމްޑީ

ކެނަން ސިންގަޕޫރުގެ ސީއީއޯ މާލޭގައި: ކެނަން އާއި ސިމްޑީގެ ގުޅުމަށް 30 އަހަރު ފުރިއްޖެ -- ފޮޓޯ: ސިމްޑީ

ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ސިމްޑީ ގްރޫޕާއި ދުނިޔޭގެ މަގުބޫލު ކެނަން ކުންފުންޏާ ދެމެދު އޮތް 30 އަހަރަށްވުރެ ދިގުވީ ވަރުގަދަ ވިޔަފާރީގެ ގުޅުން ފާހަގަކުރުމަށްޓަކައި ކެނަން ސިންގަޕޫރުގެ ރައީސް އަދި ސީއީއޯ މިސްޓަރ ތޮޝިޔުކީ (ޓައިގާ) އިޝީ ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިދިޔަ ބުދަ ދުވަހު ކުރިއަށްދިޔަ މި ޒިޔާރަތަކީ ދެ ކުންފުނީގެ ދެމެދުގައި އޮތް އިތުބާރާއި ގާތް ގުޅުން ރަމްޒުކޮށްދޭ މުހިންމު ދަތުރެކެވެ. ސިމްޑީ ގްރޫޕުން ރާއްޖޭގެ ބާޒާރަށް ކެނަންގެ އުފެއްދުންތައް އެންމެ ފުރަތަމަ ތައާރަފްކޮށްފައިވަނީ 1995 ވަނަ އަހަރުގަ އެވެ.

މި ޒިޔާރަތުގެ ތެރެއިން މިސްޓަރ އިޝީ ވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ. އެމްއެންޑީއެފް އަކީ ކެނަންގެ އުފެއްދުންތައް ރާއްޖޭގައި ގަވާއިދުން ބޭނުންކުރަމުންދާ އެންމެ މުހިންމު އެއް މުއައްސަސާއަށް ވާތީ، އެ ފަރާތުން ކެނަންގެ އުފެއްދުންތަކަށް ކުރާ އިތުބާރު ފާހަގަކޮށް މި ބައްދަލުވުމުގައި ޝަރަފުގެ ޕްލެކެއް އަރުވާފައިވެ އެވެ. މީގެ އިތުރުން، ކެނަންގެ ރާއްޖޭގެ ޝޯރޫމާއި ސިމްޑީ ޓެކް ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ މަސައްކަތްތައް ހިނގާގޮތް މިސްޓަރ އިޝީ ވަނީ ބައްލަވާލައްވާފަ އެވެ.

ސިމްޑީގެ ހެޑް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކެނަން ކުންފުނީގެ ކުރިމަގުގެ ތަސައްވުރާއި، ކުރިއަށް އޮތް ތަނުގައި ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އާ އީޖާދުތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެވުނެވެ. މި ބައްދަލުވުމުގައި ސިމްޑީގެ މެނޭޖިންގ ޑިރެކްޓަރ މިޝްއަލް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ، ކެނަންއާ އެކު އޮތް ދިގު މުއްދަތުގެ ގުޅުމަކީ ސިމްޑީ ގްރޫޕަށް ލިބިފައިވާ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން ދިވެހި ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް މަގުފަހިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މިސްޓަރ އިޝީގެ ވާހަކަފުޅުގައި، ރާއްޖޭގެ ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމުގައި ސިމްޑީން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. މި ޒިޔާރަތުގެ ސަބަބުން ދެ ކުންފުނީގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ މާކެޓަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީ އާއި ފަންނީ އެހީތެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ދެ ފަރާތުންވެސް ގަބޫލުކުރެ އެވެ. ސިމްޑީ އާއި ކެނަންގެ މި ގުޅުމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ނަމޫނާ ގުޅުމެއްގެ ގޮތުގައި ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ރަޝިއާއާ ގުޅުން ހުރި މުއާމަލާތްތައް ބީއެމްއެލް އިން ހުއްޓުވައިފި

ބީއެމްއެލްގެ ރެމިޓެންސް މަނާ ގައުމުތަކުގެ ލިސްޓުގައި ރަޝިޔާ ހިމަނައި، އެ ގައުމުން ފައިސާ ބަލައިގަތުމާއި ފޮނުވުން ވަނީ ހުއްޓާލާފަ. މި ނިންމުމުގެ ސަބަބުން ރަޝިޔާގެ ޓޫރިސްޓުން ރާއްޖޭގެ ހޮޓާތަކަށް ފައިސާ ދެއްކުމުގައި ދަތިވާ މައްސަލަ ހައްލުކުރަން ރާއްޖެއާ މަޝްވަރާކުރާނެ ކަމަށް ވަނީ ބުނެފަ.

ގަވިންގެ ރަމަޟާން ސޭލް ފަށައިފި

ރަމަޟާން މަހާ ދިމާކޮށް ގަވިން އިން ފެށި "ރަމަޟާން ވޯމް އަޕް ސޭލް" ގެ ދަށުން، ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނަކާއެކު ހާއްސަ އަގުތަކެއްގައި ދެ ބަދިގެ ސެޓެއް ވަނީ ތައާރަފުކޮށްފައެވެ. މާރިޗު 15 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހިމެނޭ ޕެކޭޖުތަކުގެ ތެރޭގައި 64،000 ރުފިޔާ އަދި 66,000 ރުފިޔާގެ ސެޓުތައް ހިމެނެއެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހުގައި ހިލޭ ސްކްރީނިން

ޓޯޓަލް ފިޒިއޯގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން، ނޮވެމްބަރު 9 އިން 15 އަށް ހިލޭ މޮބިލިޓީ ސްކްރީނިންގް ހެދުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގެ މަގްސަދަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ވަޒަންކޮށް، ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، އަހަރީ ދުވަހުގެ މުނާސަބަތުގައި ކްލިނިކްގެ އެކި ހިދުމަތްތަކުން ހާއްސަ ޑިސްކައުންޓްތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox