ސިމްޑީ ގްރޫޕް
6 ލިޔުން
ފަހުގެ
ވިޔަފާރިސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ
ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ވިޔަފާރި"އިލީ ޑޭ" ފާހަގަކޮށް "ގޯލްޑަން އަވާ ސީރީޒް" ތައާރަފުކޮށްފި
ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅުވައިގެން ސިމްޑީ ގްރޫޕުން "އިލީ ޑޭ" ކުލަގަދަކޮށް ފާހަގަކޮށް، އިލީ ކޮފީގެ އާ ފަސް ރަހައެއް ހިމެނޭ "ގޯލްޑަން އަވާ ސީރީޒް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. މި ހަފުލާގައި މި ބުއިންތައް ތައްޔާރުކުރާނެ ގޮތުގެ މާސްޓަރކްލާހެއް ކުރިއަށް ގެންގޮސްފައިވާއިރު، މިހާރު ރާއްޖޭގެ މަގުބޫލު ކެފޭތަކާއި ރެސްޓޯރެންޓްތަކުން މި އާ ރަހަތައް ލިބެން ހުންނާނެއެވެ.
