ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސިމްޑީ އިން ހިންގާ ހާއްސަ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

Aug 27, 2026, 9:35 AM
ސިމްޑީ އާއި ކެއާ ސޮސައިޓީގެ އިސްވެރިން:

ސިމްޑީ އާއި ކެއާ ސޮސައިޓީގެ އިސްވެރިން:

ސިމްޑީ ގްރޫޕާއި ކެއާ ސޮސައިޓީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ހާއްސަ އިންޓާންޝިޕް ޕްރޮގްރާމް މިއަހަރު ވެސް ފަށައިފި އެވެ.

މިއީ ސިމްޑީ ގްރޫޕްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކެއާ ސޮސައިޓީއާ ގުޅިގެން މި ޕްރޮގްރާމް މެދުނުކެނޑި ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މަސައްކަތުގެ އަމަލީ މާހައުލުގެ ތަޖުރިބާ ހޯދައިދިނުމާއި، ވަޒީފާގެ ބާޒާރަށް ނުކުތުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާކޮށްދިނުމެވެ.

މިއަހަރުގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވަނީ ކެއާ ޑިވެލޮޕްމަންޓް ސެންޓަރުގެ ރެޑިނަސް ފޯ އެމްޕްލޯއިމަންޓް ޕްރޮގްރާމްގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ ފާތިމަތު ޔަދުޔާ ރަޝީދެވެ. ޔަދުޔާގެ އިންޓާންޝިޕް ކުރިއަށްދާނީ ސިމްޑީ ގްރޫޕްގެ އެންމެ މުހިންމު އެއް ޑިވިޝަން ކަމަށްވާ ސިމްޑީ ސީޕީޑީ ގަ އެވެ.

މި މުއްދަތުގެ ތެރޭގައި ރީޓެއިލް ވިޔަފާރީގެ މާހައުލުގައި މަސައްކަތްކުރާނެ ގޮތުގެ އަމަލީ ތަމްރީނާއި، ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ބޭނުންވާ އިރުޝާދު ޔަދުޔާއަށް ލިބިގެންދާނެ އެވެ. މި ޕްރޮގްރާމަކީ މުޖުތަމައުގައި އެންމެން ބައިވެރިކުރުމާއި، ހާއްސަކޮށް ޒުވާނުން ބާރުވެރިކުރުވުމަށް ސިމްޑީ ގްރޫޕުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ހަރަކާތެކެވެ.

ސިމްޑީ ގްރޫޕަކީ 2000 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. ސިމްޑީ އިން ހިންގާ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމައުގެ ތެރޭގައި ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ފަހިވެގެންދެ އެވެ.

ކެއާ ސޮސައިޓީއަކީ 1998 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި އަދި އެފަރާތްތައް ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

ސިމްޑީ ގްރޫޕާއި ކެއާ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދާ މި އިންޓާންޝިޕް ޕްރޮގްރާމަކީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ މާހައުލަށް އަހުލުވެރިވުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ. މި ޕްރޮގްރާމްގެ ސަބަބުން މުޖުތަމައުގެ އެކި ދާއިރާތަކުގައި އެންމެންގެ ބައިވެރިވުން އިތުރުވެ، އިޖުތިމާއީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox