ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅުވައިގެން "އިލީ ޑޭ 2026" ބާއްވަނީ؛ "ގޯލްޑަން އަވާ ސީރީޒް" އިފްތިތާހުކުރުމާއެކު ހިލޭ ކޮފީ ބޯލުމުގެ ފުރުސަތު!

Sep 30, 2026, 5:51 PM
ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމަށްޓަކައި، ސިމްޑީ ގްރޫޕުން "އިލީ" ބްރޭންޑާ އެކު ޖެން މޯލްޑިވްސް މާލެ ބައި ސަންގްރިލާއާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް

ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމަށްޓަކައި، ސިމްޑީ ގްރޫޕުން "އިލީ" ބްރޭންޑާ އެކު ޖެން މޯލްޑިވްސް މާލެ ބައި ސަންގްރިލާއާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް

ރާއްޖޭގައި "އިލީ" (illy) ކޮފީގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރު ކަމަށްވާ ސިމްޑީ ގްރޫޕްގެ ސިމްޑީ ރެސޫ އާއި ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާ ގުޅިގެން، ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމުގެ ގޮތުން 2026 އޮކްޓޫބަރު 1 ވާ ބުރާސްފަތި ދުވަހު "އިލީ ޑޭ 2026" ބޭއްވުމަށް ނިންމައިފި އެވެ.

ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާގައި އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާ މި ހަރަކާތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންނާއި، ސިނާއީ މަންދޫބުންނާއި، ޕާޓްނަރުންނާއި، އިންފްލުއެންސަރުންގެ އިތުރުން ކޮފީއަށް ލޯބިކުރާ ފަރާތްތައް ބައިވެރިވާނެ އެވެ. މިއީ ކޮފީ އާއި، އުފެއްދުންތެރިކަމުގެ އިތުރުން އާ ތަޖުރިބާތަކަކަށް ހާއްސަކޮށްގެން ބާއްވާ ހަވީރެކެވެ.

މި އަހަރުގެ ހަރަކާތުގެ އެންމެ ހާއްސަ އެއް ކަމަކީ "އިލީ ގޯލްޑަން އަވާ ސީރީޒް" ރަސްމީކޮށް އިފްތިތާހު ކުރުމެވެ. މިއީ އިރުއޮއްސޭ ވަގުތު ނުވަތަ "ގޯލްޑަން އަވާ" ގައި ކޮފީގެ ފުރިހަމަ ރަހަ ލިބިދޭ ގޮތަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އާ ކަލެކްޝަނެކެވެ. މި ހަފްލާގެ ތެރެއިން މެހެމާނުންނަށް މި އާ އުފެއްދުންތައް ތަޖުރިބާކޮށް، އޭގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮފީ، އުފެއްދުންތެރިކަން އަދި އަމަލީ ތަޖުރިބާ

އިލީ ޑޭ 2026 ގެ ތެރެއިން "އިލީ މާސްޓަރކްލާސް" އެއް ކުރިއަށްދާނެއެވެ. މި ކްލާހުގައި އިލީގެ ހާއްސަ ބުއިންތައް ތައްޔާރުކުރާނެ ގޮތާއި، އެ ތަކެތި ސާވްކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ. މީގެ އިތުރުން، ބުއިންތައް ތައްޔާރުކުރުމުގެ އާ ކޮންސެޕްޓްތަކާއި އުކުޅުތައް ކިޔައިދީ، ތަފާތު ބުއިންތައް އުފެއްދުމުގައި އިލީ ކޮފީ ބޭނުންކުރެވިދާނެ ފުޅާ ދާއިރާތައް ދައްކާލާނެއެވެ.

މި ހަފްލާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް "އިލީ ޑީއައިވައި ޑްރިންކްސް ސްޓޭޝަން" ގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މިތަނުގައި އަމިއްލައަށް ބުއިންތައް ތައްޔާރުކޮށް، ތަފާތު ރަހަތައް އެއްކޮށްގެން އާ ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި ހުރިހާ ހަރަކާތްތަކެއް ބައްޓަންކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ކޮފީއަށް ލޯބިކުރާ އާންމުންނަށް، ކޮފީ ތައްޔާރުކުރުމުގެ ފަންނުވެރިކަން ފާހަގަކުރަމުން އިލީ ކޮފީ ތަޖުރިބާކުރާނެ އާ ގޮތްތަކެއް ދަސްކޮށްދިނުމަށެވެ.

އިލީ ގޯލްޑަން އަވާ ސީރީޒް ލިބޭނެ ތަންތަން

ރަސްމީކޮށް އިފްތިތާހު ކުރުމަށްފަހު، ރާއްޖޭގެ ހޮވާލެވޭ ބައެއް ކެފޭތަކާއި ރެސްޓޯރަންޓްތަކުން "އިލީ ގޯލްޑަން އަވާ ސީރީޒް" ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

• ކޯޒޭ ކޮފީ ކްލަބް • ބްރޭކް ކެފޭ އެންޑް ބިސްޓްރޯ • ޝެލްބީންސް • ވައިޓް ކޯވް ރެސްޓޯރަންޓް • ޑެލިޒަސް • ޕާސްޓާ މާނިއާ • ސިޓްރޯން ބައި ލެމަންގްރާސް • ސަބްމޯ ސެންޓްރަލް • ޖެން މޯލްޑިވްސް، މާލެ ބައި ޝަންގްރިއްލާ

އިލީ ޑޭ ހާއްސަ ހެޕީ އަވާ

އިލީ ޑޭ 2026 ގެ ހަރަކާތްތަކުގެ ތެރެއިން، ހޮވާލެވޭ ބައެއް ކެފޭތަކުގައި 2026 އޮކްޓޫބަރު 1 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ހާއްސަ "އިލީ ހެޕީ އަވާ" އެއް ކުރިއަށްދާނެއެވެ.

މި ވަގުތުތަކުގައި، މި ހަރަކާތުގައި ބައިވެރިވާ އައުޓްލެޓްތަކުން ހާއްސަ ބުއިންތަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި މީގެ އިތުރުން އެސްޕްރެސޯ، އެމެރިކާނޯ އަދި ކަޕަޗީނޯ ފަދަ ކޮފީގެ އާންމު ބުއިންތައް މުޅިން ހިލޭ ލިބޭނެއެވެ.

މި ހަރަކާތުގައި ބައިވެރިވާ ކެފޭތަކަކީ:

• ބްރޭކް ކެފޭ އެންޑް ބިސްޓްރޯ • ކޯޒޭ ކޮފީ ކްލަބް • ވައިޓް ކޯވް ރެސްޓޯރަންޓް • ޝެލްބީންސް

އިލީ ޑޭ ފާހަގަކުރުމަށް އެންމެހާ ފަރާތްތަކަށް ދައުވަތު އަރުވަން

ކޮފީއަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް 2026 އޮކްޓޫބަރު 1 ވާ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާގައި ބާއްވާ އިލީ ޑޭ 2026 ގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. މި ހަފްލާގައި އަލަށް ތައާރަފްކުރާ "އިލީ ގޯލްޑަން އަވާ ސީރީޒް" ތަޖުރިބާކޮށް، ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ، އިލީ ކޮފީ ބޭނުންކުރާނެ އާ ގޮތްތައް ދެނެގަނެވޭނެއެވެ.

މި އުފާވެރި ހަރަކާތްތައް މައި ހަފްލާގެ އިތުރުން، މިކަމުގައި ބައިވެރިވާ ކެފޭތަކުގައި ވެސް ކުރިއަށްދާނެއެވެ. އެހެންކަމުން ކަސްޓަމަރުންނަށް އެ ތަންތަނުން ވެސް "އިލީ ހެޕީ އަވާ" އާއި "ގޯލްޑަން އަވާ" ގެ އުފެއްދުންތައް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އިލީ ޑޭ 2026 އާއި "އިލީ ގޯލްޑަން އަވާ ސީރީޒް" ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ، ކަސްޓަމަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނަށް ކޮފީގެ އާ ތަޖުރިބާތަކެއް ފޯރުކޮށްދިނުމާއެކު، ރާއްޖޭގައި ކުރިއަރަމުން އަންނަ ކޮފީ ސަގާފަތަށް އެއްބާރުލުން ދިނުން ކަމަށް ސިމްޑީ ރެސޫ އިން ބުނެއެވެ.

އިލީ މޯލްޑިވްސްއާ ބެހޭގޮތުން

އިލީ އަކީ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އިޓަލީގެ ކޮފީ ބްރޭންޑެކެވެ. މިއީ އޭގެ ހާއްސަ ރަހައާއި، ފެންވަރު ހިފެހެއްޓުމާއި، ކޮފީގެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ނަން މަޝްހޫރު ބްރޭންޑެކެވެ. ރާއްޖޭގައި މި ބްރޭންޑްގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކީ ސިމްޑީ ގްރޫޕެވެ.

ސިމްޑީ ރެސޫއާ ބެހޭގޮތުން

ސިމްޑީ ރެސޫ އަކީ ސިމްޑީ ގްރޫޕްގެ މުހިންމު ގޮފިތަކުގެ ތެރެއިން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ މަތީ ފެންވަރުގެ ބުއިންތަކާއި ތަފާތު އުފެއްދުންތައް ފޯރުކޮށްދޭ އެންމެ ކުރިއަރާފައިވާ އެއް ސަޕްލަޔަރެވެ. ފެންވަރު ރަނގަޅު ހިދުމަތާއި އާ އުފެއްދުންތަކަށް އިސްކަންދީގެން، ސިމްޑީ ރެސޫ އިން އަންނަނީ ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓާތަކާއި، ރެސްޓޯރަންޓްތަކުގެ އިތުރުން ކެފޭތަކާ ގާތް ގުޅުމެއް ބާއްވައި މަސައްކަތް ކުރަމުންނެވެ.

ފަހުގެ ޚަބަރު

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ގޫގަލް ޕިކްސެލް އަށް އުރީދޫ 5ޖީ

ގޫގުލް ޕިކްސެލް ފޯނުތަކަށް ރާއްޖޭގައި 5ޖީގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ނެޓްވޯކަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ. ނޮވެންބަރު މަހުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު ޕިކްސެލްގެ އެކި މޮޑެލްތަކަށް 5ޖީ އާއި ވީއޯއެލްޓީއީގެ ޚިދުމަތް މިހާރު ލިބޭނެއެވެ.

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox