ސުނާމީ ބިނާއިން ފެށިގެން އެމްޕީއެލްއާ ދެމެދު ބޮޑުތަކުރުފާނު މަގުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ބޮޑުތަކުރުފާނު މަގު އެމްޕީއެލް ސަރަހައްދުގައި ޕިކަޕްތަކެއް ޕާކުކޮށްފައި. ބޭރު މަގުގެ ދެ ފަރާތުގައި ޕާކު ކުރުން އާންމުގެ ދަތުރުފަތުރުކުރަން އުނދަގޫތަކާ ކުރިމަތިވޭ --- ފޮޓޯ: އަދަދު ފައިލް

ބޮޑުތަކުރުފާނު މަގު އެމްޕީއެލް ސަރަހައްދުގައި ޕިކަޕްތަކެއް ޕާކުކޮށްފައި. ބޭރު މަގުގެ ދެ ފަރާތުގައި ޕާކު ކުރުން އާންމުގެ ދަތުރުފަތުރުކުރަން އުނދަގޫތަކާ ކުރިމަތިވޭ --- ފޮޓޯ: އަދަދު ފައިލް

ސުނާމީ ބިނާ އާއި އެމްޕީއެލްއާ ދެމެދު، ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައި ހުރި ހުރިހާ އުޅަނދެއް ކުރިއަށް އޮތް ތިން ދުވަސްތެރޭގައި ނަގަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން، ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދުގައި ހުރި ހުރިހާ ތަކެއްޗެއް އޮކްޓޫބަރު 3 ގެ ރޭގަނޑު 11:00 ޖެހުމުގެ ކުރިން ނެގުމަށް އެ އިއުލާނުގައި އަންގާފައިވެ އެވެ.

"މި ތާރީހުގެ ފަހުން މަގުގައި ނުނަގައި ހުންނަ ތަކެއްޗާއި ސުނާމީ ބިނާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރުތައް މި މިނިސްޓްރީގެ ފަރާތުން ނަގާނެ ވާހަކަ ދަންނަވަމެވެ،" އެ އިއުލާނުގައި ބުންޏެވެ.

އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން މިނިސްޓްރީން އަންގާފައިވާއިރު، ބޮޑުތަކުރުފާނު މަގުގެ އެމްޕީއެލް އާއި ސުނާމީ ބިނާއާ ދެމެދު އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ޖުލައި 25، 2026 ގައި ވިދާޅުވެފަ އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެން އޮތް ފިޔަވަހީގެ މަސައްކަތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް މުއިއްޒު ވިދާޅުވީ އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި މުއިއްޒު ވަނީ މިހާރު ތަރައްގީކޮށް ނިމިފައިވާ ބައި އިތުރަށް ތަރައްގީކުރާނެ ގޮތުގެ ކޮންސެޕްޓު ހިމެނޭ ވީޑިއޯ އާއި ފޮޓޯތަކެއް ވެސް ހިއްސާކުރައްވައިފަ އެވެ.

އެ މަންޒަރުތަކުން ދައްކުވައިދެނީ މާލޭގެ އުތުރު ފަރާތުން ލޯންޗުތައް ކައިރިކުރާ ސަރަހައްދުތަކުގައި ލަކުޑި ފާލަންތަކެކެވެ. މުއިއްޒު ވިދާޅުވީ މި ފާލަންތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް ނޮވެމްބަރުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox