ނުއަގުގައި ގޯތި ވިއްކުން ދިފާއުކޮށް އެއީ ރަނގަޅު ނިންމުމެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި

ހައުސިން މިނިސްޓަރު މުއްތަލިބު: ހުޅުމާލެއިން އަގުހެޔޮކޮށް މީހަކަށް ގޯތި ވިއްކިކަމަށް ހައުސިން މިނިސްޓްރީން ވަނީ އެއްބަސްވެފައި --

ހައުސިން މިނިސްޓަރު މުއްތަލިބު: ހުޅުމާލެއިން އަގުހެޔޮކޮށް މީހަކަށް ގޯތި ވިއްކިކަމަށް ހައުސިން މިނިސްޓްރީން ވަނީ އެއްބަސްވެފައި --

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ނުއަގުގައި މީހަކަށް ގޯއްޗެއް ވިއްކި މައްސަލައަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އެކަން ދިފާއުކޮށް، އެއީ ރަނގަޅު ނިންމުމެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަހުމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް އަގުހެޔޮކޮށް ހުޅުމާލެއިން ގޯއްޗެއް ވިއްކީ، 2003 ވަނަ އަހަރު އޭނާއަށް ހުޅުމާލޭގެ އެއްވަނަ ފިޔަވަހިން ގޯއްޗެއް ވިއްކަން އޭރުގެ ސަރުކާރުން ނިންމާފައި އޮތް ނިންމުމަކާ އެއްގޮތަށް ކަމަށެވެ.

އެގޮތުން، ޒާހިރުއަށް ގޯއްޗެއް ވިއްކާފައި އޮތީ ޑިސެމްބަރު 22، 2003، ގައި އޭރުގެ ސަރުކާރުން "މޯލްޑިވްސް ހައުސިން އެންޑް އާބަން ޑިވެލޮޕެމްންޓު ބޯޑު" މެދުވެރިކޮށް ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ތެރެއިން ހުޅުމާލޭގެ ރަށު ތެރެއިން ވިއްކި 56 ގޯތީގެ ދަށުންކަން ރަސްމީ ލިޔެކިޔުންތަކުން ފެންނަން އޮތް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

Advertisement

"މި ސްކީމުގެ ދަށުން އެ ފަރާތަށް ކަނޑައެޅިފައި ވަނީ 904 އަކަފޫޓުގެ ބިމެއްކަމަށާއި އެ ބިމުގެ އަގަކީ 339،000ރ. ކަން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުޅުމާލެ ޑިވެލޮޕެމްންޓު ޔުނިޓުން ޑިސެމްބަރު 24، 2003 ގައި ދޫކޮށްފައިވާ ލިޔުމުން ވެސް އެނގެން އޮވޭ،" ހައުސިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ރައީސް އޮފީހުން އަންގައިގެން ހުޅުމާލެއިން ނުއަގުގައި މީހަކަށް ގޯއްޗެއް ވިއްކާލަނީ

ހުޅުމާލޭ ބިމުގެ އަސްލު އަގު އުޅެނީ އަކަފޫޓަކަށް 10،000 ރުފިޔާއަށްވުރެ ވެސް މަތިން. އެހެންކަމުން އަހުމަދު ޒާހިރަށް ބިން ވިއްކާފައި ވަނީ 96 ޕަސެންޓުގެ ޑިސްކައުންޓެއް ދީފަ.

އެކަމަށް ހައްލެއް ހޯދުމަށްޓަކައި ވެއަތުވި ހުރިހާ ސަރުކާރަކަށް ވެސް އޭނާ ހުށަހަޅާފައިވާކަން އެނގެން އޮތް ނަމަވެސް، އެކަމަށް އެއްވެސް ސަރުކާރަކުން ހައްލު ހޯދައިދީފައި ނުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

އެހެންކަމުން، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޒާހިރުއަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯއްޗެއް ވިއްކީ މީގެ ކުރިން ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން އޭނާއަށް ބިން ވިއްކުމަށް އެއްބަސްވެފައިވާ ކޮމާޝަލް ޓާމްސްތަކާއެ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ޒާހިރުއަށް ވިއްކާފައިވާ ބިމަކީ ބިންވެރިޔާ ސްކީމުގެ ދަށުން އަސާސީ ޝަރުތު ހަމަނުވާ މީހަކަށް ދީފައިވާ ބިމުގެ އެއްބަސްވުމެއް ބާތިލުކުރުމުން ހުސްކޮށް އޮތް ބިމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ޒާހިރުއަށް އެ ބިން ވިއްކީ ބިންވެރިޔާ ސްކީމުގެ ދަށުން އޭނާއަށް ގުޅީފަޅުން ލިބުނު ގޯތި ދޫކޮށްލަން އެއްބަސްވުމުން ކަމުގައި ވެސް އެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ސޯޝަލް މީޑިއާގައި ލީކުވެފައިވާ ހައުސިން މިނިސްޓްރީގެ މެމޯއެއްގައި ބުނެފައިވާ ގޮތުން ޒާހިރު އަށް ހުޅުމާލެއިން 1250 އަކަފޫޓުގެ ބިމެއް ވިއްކަން ނިންމާފައި ވަނީ 468،750 ރުފިޔާއަށެވެ. އެއިރުން އަކަފޫޓަކަށް ޖެހެނީ އެންމެ 375 ރުފިޔާ އެވެ. 

ހުޅުމާލޭގައި އެންމެ ފަހުން ވިޔަފާރި އުސޫލުން ބިން ވިއްކާފައި ވަނީ 4000ރ. އާއި 4500ރ. ދެމެދުގެ އަގެއްގަ އެވެ.  އެހެންކަމުން އަހުމަދު ޒާހިރަށް ބިން ވިއްކާފައި ވަނީ މާކެޓު އަގަށް ވުރެ ބޮޑު ޑިސްކައުންޓެއް ދީފަ އެވެ. 

 އެކަމުގެ މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް އަދި އަދަދު އާ ވާހަކަ ދައްކަމުން ބުނީ ޒާހިރަށް ނުއަގުގައި ގޯތި ވިއްކަން ހައުސިން މިނިސްޓްރީއަށް އެންގީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. ޒާހިރަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox