އައްޑޫ ލިންކްރޯޑް ހަދަން ޗައިނާ ކުންފުންޏާ ހަވާލުކުރީ 446 މިލިއަން ރުފިޔާއަށް

އައްޑޫ ލިންކްރޯޑް މަޝްރޫއު ޗައިނާ ކުންފުންޏަކާ ހަވާލުކުރުން: މަޝްރޫއުގެ މަސައްކަތް ނިންމަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރު ސެޕްޓެމްބަރަށް -- ފޮޓޯ: ހައުސިން މިނިސްޓްރީ

އައްޑޫ ލިންކްރޯޑް މަޝްރޫއު ޗައިނާ ކުންފުންޏަކާ ހަވާލުކުރުން: މަޝްރޫއުގެ މަސައްކަތް ނިންމަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރު ސެޕްޓެމްބަރަށް -- ފޮޓޯ: ހައުސިން މިނިސްޓްރީ

އައްޑޫ ލިންކް ރޯޑް އަލުން ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަތުލުމަށްފަހު އެ މަސައްކަތް ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ހަވާލުކުރީ 446.1 މިލިއަން ރުފިޔާއަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. 

ހައުސިން މިނިސްޓްރީން އަދަދު އަށް ބުނީ މި މަޝްރޫއު ރޯ ޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލުކުރީ 446.1 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އެގޮތުން މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު 24، އަށް ނިންމަން ޖެހޭނެ އެވެ. 

މި މަޝްރޫއަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫއެއް ކަމަށްވުމުން މަޝްރޫއަށް ހިނގާ ހަރަދު ހައުސިން މިނިސްޓްރީން ޗައިނާ ކުންފުންޏަށް ދައްކަންޖެހޭނީ ތިން އަހަރު ދުވަސް ތެރޭގައި ކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ. 

އައްޑޫ ލިންކް ރޯޑު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވެގެން އަންނަ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިދިޔަ ހަފްތާގައި ވިދާޅުވި އެވެ. 

އައްޑޫ ލިންކް ރޯޑާއި ބައެއް އެހެން މަގުތައް ހަދަން އެޕްރީލް 8، 2025، ގައި ހަވާލުކުރީ 829,792,313.63 ރުފިޔާއަށް 1440 ދުވަހުން ނިންމާ ގޮތަށެވެ. ނަމަވެސް ދެން އާރްޑީސީން ލިންކް ރޯޑުގެ މަސައްކަތުގެ ބަދަލުގައި ކުރިއަށް ގެންދާނީ އެހެން މަގުތައް ހެދުމެވެ. 

އެ މަޝްރޫއުގެ ދަށުން ލިންކްރޯޑުގެ 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރުއެޅުމާއި ފޭދޫގައި ފެންހިންދާ ނިޒާމު ގާއިމްކުރުމާއި މަގުމަތީގައި ނިޝާންތައް ހަދައި ބޯޑު ހަރުކުރަން ކުރިން އޮތީ ރާވާފަ އެވެ.

މަގު ހެދުމުގެ ބައެއް މަސައްކަތްތައް އާރްޑީސީން ކުރިއަށް ގެންދާއިރު، މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަރުކާރުން ވަނީ އާރްޑީސީ އުވާލަން ނިންމާފަ އެވެ. އާރްޑީސީ އުވާލައި އެތަން އެއްކޮށްލަން ސަރުކާރުން ނިންމާފައިވަނީ އެމްޓީސީސީއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox