ގައުމުގެ އިސްތިގުލާލު ގެއްލުމުގެ ކުރިން އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ޝެއިހް ފަޒްލޫން މުހައްމަދު: އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ދިޔަރެސް

ޝެއިހް ފަޒްލޫން މުހައްމަދު: އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ދިޔަރެސް

ރަސްމާލޭ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއު ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން ދީގެން ގައުމުގެ އަމާންކަމާއި އިސްތިގުލާލު ގެއްލުމުގެ ކުރިން އެކަމާ ދެކޮޅު ހަދަންޖެހޭ ކަމަށް ޝެއިހް ފަޒްލޫން މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ފަޒްލޫން އެކްސް ގައި ވިދާޅުވީ މި މަޝްރޫއަކީ އީގަލް ހިލްސްގެ ވެރިޔާގެ އެކުވެރި ޒަޔަނިސްޓުންނަށްވެސް ރާއްޖޭގެ އިމާރާތްތައް ވިއްކައި އެ އިމާރާތްތައް ޒަޔަނިސްޓުންގެ ޖީލުތަކަށް ލިބޭ ގޮތަށް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންކުރެވޭނެ ފަދައިން ހިންގޭ އަޑި ނޭނގޭ އަނދިރި ޖަރީމާއެއް ކަމަށެވެ. 

"މިއީ އީގަލް ހިލްސްގެ ވެރިޔާގެ އެކުވެރި ޒަޔަނިސްޓުނައްވެސް ދިވެހިރާއްޖޭގެ އިމާރާތްތައް ވިއްކައި އެ އިމާރާތްތައް ޒަޔަނިސްޓުންގެ ޖީލުތަކަކަށް ލިބޭގޮތައް ފަރުމާކޮށް، ދިވެހި ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ފަދައިން ހިންގޭ އަޑި ނޭގޭ އަނދިރި ޖަރީމާއެއް. މިއަދު މިކަމާ ދެކޮޅު ނަހަދައިފިނަމަ މާދަމާ ހިތާމަކުރަންޖެހޭނެ. ގައުމުގެ އަމްނާ އަމާންކަމާ އިސްތިގުލާލު ގެއްލިގެން ދިއުމުގެ ކުރިން މިކަމާ ދެކޮޅުހަދަންޖެހޭ،" އޭނާ ވިދާޅުވި އެވެ. 

ފަޒްލޫން ވިދާޅުވީ މުޅި މަޝްރޫއުގެ އެއްބަސްވުމުގެ މައުލޫމާތާއި ވަށައިގެންވާ ކަންކަމަށް ބަލާއިރު ފެންނަނީ ބޮޑެތި ކަންބޮޑުވުންތައް ކަމަށެވެ. އޭނާ ވިދާޅުވީ އީގަލް ހިލްސްގެ ވެބްސައިޓުގައިވާގޮތުން އެތަން ދެނީ 99 އަހަރުގެ މުއްދަތަކަށް އަދި އެތަނުގެ ޕުރޮޕަޓީއެއްގެ ވެރިފަރާތް ބަދަލުވާ ކޮންމެ ފަހަރަކު އާ ވެރިފަރާތަށް 99 އަހަރަށް އެތަން ލިބޭ ގޮތަށް ކަމަށެވެ. 

"98 ވަނަ އަހަރު ވާރުތައިގެ ގޮތުން ނުވަތަ ގަނެގެންވިޔަސް އާ ވެރިޔަކަށް އެ ޕޮރޮޕަޓީ ލިބިއްޖެނަމަ އެތަން އެމީހަކަށް އިތުރު 99 އަހަރަށް ލިބޭ ގޮތަށް. އެމީހުންގެ ވެބްސައިޓުގައިވާގޮތުންނަމަ މިއީ ނިމުމެއް ނެތި ކުރިއަށްދާނޭ ސިލްސިލާއެއް،" އޭނާ ވިދާޅުވި އެވެ. 

ރަސްމާލެ ތަރައްގީ ކުރަން ނިންމާފައި ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގަ އެވެ. އެތަން ތަރައްގީ ކުރަނީ ބިދޭސީންނަށް އެތަނުގައި ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ގޮތަށެވެ. ރަސްމާލޭގައި ބިނާ ކުރާ އެޕާޓްމަންޓުތަކާއި ވިލާތައް ބިދޭސީންނަށް ވިއްކަން އީގަލް ހިލްސް އިން މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

ރަސްމާލޭގައި ދިރިއުޅޭ މީހުންނަށް ހިދުމަތް ދޭން ހޮސްޕިޓަލަކާއި ސްކޫލަކާއި މުނިފޫހިފިލުވައިދޭ ތަންތަން ވެސް ބިނާ ކުރާނެ އެވެ. އެތަނުގައި ހިދުމަތް ދޭނީ ހަލާލު ޓޫރިޒަމުގެ މޮޑަލަށް ކަމެއް އަދި ނޭނގެ އެވެ. ސަރުކާރުން އެކަން އަދި ހާމައެއް ނުކުރެ އެވެ. 

ސަރުކާރުން އަންދާޒާ ކުރަނީ، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓުގެ ހުރިހާ މަރުހަލާއެއް ނިމި ފުރިހަމަ ވުމުން، ރަސްމާލެއަށް އެކަނި އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަަމަށެވެ.

މީގެއިތުރުން މި ޕްރޮޖެކްޓުގެ ދަށުން ތަންތަަން ތަރައްގީކުރުމުގެ މަރުހަލާގެ ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރު ވަންނާނެ ކަމަށެވެ. އޭގެ އިތުރުން، 54000 ވަޒީފާ އުފެދިގެން ދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox