އދ. ގެ ސަލާމަތީ މަޖިލީހުން ކުދި ޖަޒީރާ ގައުމުތަކަށް ދާއިމީ ގޮނޑިއެއް ދޭން ރާއްޖޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ތަގުރީރު ކުރައްވަނީ: ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ބައިނަލްއަގުވާމީ މައިދާނުގައި މިހާރަށްވުރެ ބޮޑަށް ތަމްސީލުވުމުގެ ފުރުސަތު ދިނުމަށް ރާއްޖެއިން ވަނީ ވަކާލާތުކޮށްފައި --- ފޮޓޯ: ރައީސް އޮފީސް

އދ. ގެ އާންމު މަޖިލީހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ތަގުރީރު ކުރައްވަނީ: ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ބައިނަލްއަގުވާމީ މައިދާނުގައި މިހާރަށްވުރެ ބޮޑަށް ތަމްސީލުވުމުގެ ފުރުސަތު ދިނުމަށް ރާއްޖެއިން ވަނީ ވަކާލާތުކޮށްފައި --- ފޮޓޯ: ރައީސް އޮފީސް

އދ. ގެ އެންމެ ބާރު ގަދަ ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ މަޖިލީހުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ދާއިމީ އަދި ވަގުތީ ޖާގަތައް ދީ، އދ. ގެ ކަންކަން އިސްލާހުކުރަން އެ ޖަމިއްޔާގެ އަހަރީ އާންމު ބައްދަލުވުމުގައި ދިވެހިރާއްޖެއިން ގޮވާލައިފި އެވެ. 

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަގުރީރުކުރައްވަމުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވަނީ މެންބަރު ގައުމުތަކާ ގާތުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި، އިސްލާހުކުރުމުގެ މަސައްކަތް ކުރާއިރު، ހުރިހާ މެންބަރުން ބައިވެރިކޮށްގެން، ދެ ފުށް ފެންނަ ގޮތަކަށް އިސްލާހީ މަސައްކަތްތައް ބައްޓަން ކުރަން ގޮވާލައްވާފަ އެވެ.

އެ ގޮތުން މި އިސްލާހުތައް ގެންނައިރު، އޭނާ ވިދާޅުވީ، އދ. ގެ އެންމެ ދުވަސްވީ ބަލިކަށިކަން ކަމުގައިވާ ތަމްސީލުކުރުމުގައި މެންބަރުންގެ ހަމަހަމަކަމެއް ނެތުމާ ކުރިމަތިލާން ޖެހޭ ކަަމަށެވެ. އަދި، އޭގެ ތެރެއިން ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަތީ މަޖިލީހުން ގޮނޑިތައް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަދުގެ ދުނިޔެއާ މެދު ގޮތެއް ނިންމާއިރު 1945 ވަނަ އަހަރުގައި ދުނިޔެއަށް އޮތް ހާލަތަށް ރިއާޔަތްކޮށްގެން ސަލާމަތީ މަޖިލީހަކަށް ކަންކަން ނުނިންމޭނެ. ދާއިމީ އަދި ވަގުތީ ކެޓެގަރީން ވެސް ފޫޅާކުރަން ޖެހޭ. ސިޑްސްގެ މެދުގައި ދައުރުވާ ގޮނޑިއެއް ހުންނަން ޖެހޭ،" އިނގިރޭސި ބަހުން ދެއްވި ތަގުރީރުގައި ނައިބު ރައީސް ވިދާޅުވި އެވެ. 

ރާއްޖޭން ވަނީ ކުދި ދައުލަތްތަކުގެ އިތުރުން ގިނަ އަހަރުތަކެއް ވަންދެން އެފްރިކާ ބައްރުގެ ގައުމުތަކަށް އިންކާރުކޮށްފައިވާ ތަމްސީލު ލިބި ދިނުމަށް ވެސް ގޮވާލާފަ އެވެ. އޭގެ އިތުރުން ވީޓޯއާ ދެކޮޅަށް ވަކާލާތުކޮށް، އެ ބާރު އުވާލަން ވެސް ރާއްޖޭން ވަނީ ގޮވާލާފަ އެވެ.

ހުސެއިން މުހައްމަދު ލަތީފުގެ ތަގުރީރުގައި އޭނާ ވަނީ މޫސުމާއި، މާލިއްޔަތާއި، ވިޔަފާރީގެ އިތުރުން ސަޕްލައި ޗޭން އާއި، ސަލާމަތާ ގުޅިފައިވާ މިންވަރު ކުދި ދައުލަތްތަކަށް ވިސްނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި، ކުދި ގައުމުތަކަށް ނުހަމަ ބާރުތަކުން އެންމެ ވަރުގަދަ ރައްކާތެރިކަމެއް ފޯރުކޮށްދެނީ ބައިނަލްއަގުވާމީ ގާނޫނުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ނައިބު ރައީސް ވަނީ 2033 އިން 2034 އަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދަން ރާއްޖޭން ކުރާ މަސައްކަތަށް އެހެން މެންބަރު ގައުމުތަކުގެ ތާއީދަށް ވެސް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox