އެފްރިކާގެ ހަގީގީ ބޮޑުމިން ދައްކުވައިދޭ އާ ޗާޓެއް ބޭނުންކުރަން އދ. އިން ތާރީހީ ނިންމުމެއް ނިންމައިފި

Sep 5, 2026, 6:30 AM
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަނީ "މާކޭޓާ ޕްރޮޖެކްޝަން" ޗާޓު ކަމަށް ވީ ނަމަވެސް، އެ ޗާޓުގައި ގައުމުތަކާއި ބައްރުތަކުގެ ބޮޑުމިން ދައްކުވައިދެނީ ސައްހަ ނޫން ގޮތަކަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަނީ "މާކޭޓާ ޕްރޮޖެކްޝަން" ޗާޓު ކަމަށް ވީ ނަމަވެސް، އެ ޗާޓުގައި ގައުމުތަކާއި ބައްރުތަކުގެ ބޮޑުމިން ދައްކުވައިދެނީ ސައްހަ ނޫން ގޮތަކަށް

އެފްރިކާ ބައްރުގެ ހަގީގީ ބޮޑުމިން ދައްކުވައިދޭ އާ ދުނިޔޭގެ ޗާޓެއް ބޭނުންކުރުމަށް އދ.ގެ އާންމު މަޖިލީހުން ތާރީހީ ނިންމުމެއް ނިންމައިފި އެވެ.

ޓޯގޯއިން ހުށަހަޅައި އެފްރިކާ އިއްތިހާދުގެ ގައުމުތަކުން ތާއީދުކުރި މި ގަރާރު ފާސްވީ 164 ގައުމެއްގެ ވޯޓާއެކުގަ އެވެ. މި ގަރާރާ ދެކޮޅަށް ވޯޓުދިން ހަމައެކަނި ގައުމަކީ އެމެރިކާއެވެ. އަދި ހަ ގައުމަކުން ވަކި ފަރާތަކަށް ނުޖެހުމަށްޓަކައި ވޯޓުގައި ބައިވެރިނުވެ އެވެ. 

މިހާތަނަށް ދުނިޔޭގައި އާންމުކޮށް ބޭނުންކުރަމުން އައި މާކޭޓާ ޕްރޮޖެކްޝަން ޗާޓަކީ 1569 ވަނަ އަހަރު ޔޫރަޕުގެ ދަތުރުވެރިންނަށް މަގުދެއްކުމަށް ތައްޔާރުކުރި ޗާޓެކެވެ. ނަމަވެސް މި ޗާޓުގައި އެފްރިކާގެ ބޮޑުމިން ދައްކުވައިދެނީ ގްރީންލޭންޑާ އެއްވަރުގެ ސަރަހައްދެއްގެ ގޮތުގައެވެ. ހަގީގަތުގައި އެފްރިކާއަކީ ގްރީންލޭންޑަށްވުރެ 14 ގުނަ ބޮޑު ބައްރެކެވެ. އދ.ގެ މި ނިންމުމަކީ ގާނޫނީ ގޮތުން މަޖުބޫރު ނިންމުމެއް ނޫން ނަމަވެސް، މީގެ ސަބަބުން ދުނިޔޭގެ އެކި މުއައްސަސާތަކުން ބޭނުންކުރާ ޗާޓުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

އާންމުކޮށް ބޭނުންކުރާ މާކޭޓާ ޗާޓަކީ ދުނިޔޭގެ ބައްރުތަކުގެ ބައްޓަން ސީދާ ކަރުދާހަކަށް ތިރިކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން، ދުނިޔޭގެ މެދުތެރޭގައި ހުންނަ ގައުމުތައް ކުޑަކޮށް އަދި ދެކޮޅުގައި ހުންނަ ގައުމުތައް ބޮޑުކޮށް ދައްކުވައިދޭ ޗާޓެކެވެ. މީގެ ސަބަބުން އެފްރިކާ ފަދަ ބޮޑެތި ބައްރުތަކުގެ ތަރައްގީގެ ބޭނުންތަކާއި އެ ގައުމުތަކުގެ މުހިންމުކަން ދުނިޔޭގެ ކުރިމަތީގައި ކުޑަވެގެންދާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

މި ބަދަލު ގެނައުމަށް މަސައްކަތްކުރާ ކެމްޕޭން ގްރޫޕްތަކުން ބުނާ ގޮތުގައި، އެފްރިކާގެ ބޮޑުމިނަށް ބަލާއިރު އެމެރިކާ، ޗައިނާ، އިންޑިއާ، ޖަޕާން، މެކްސިކޯ އަދި ޔޫރަޕުގެ ބޮޑު ބައެއް އެ ބައްރުގެ ތެރެއަށް ފައްތާލުމަށްފަހުވެސް ބިން އިތުރުވާނެ އެވެ.

ޓޯގޯގެ ފޮރިން މިނިސްޓަރު ރޮބަޓް ޑޫސޭ ވިދާޅުވީ އިންސާފުވެރި ދުނިޔެއެއް ފެށެނީ އިންސާފުވެރި ޗާޓަކުން ކަމަށެވެ. އަދި ޗާޓަކީ ހަމައެކަނި ކުރެހުމެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ ގައުމުތަކާއި މީސްތަކުންނާ މެދު މީހުން ދެކޭގޮތް ބަދަލުކޮށްދޭ ވަސީލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފްރާންސުން ވެސް ވަނީ މި ބަދަލަށް ތާއީދުކޮށް، އެ ގައުމުގެ ވުޒާރާތަކުން މާކޭޓާ ޗާޓު ބޭނުންކުރުން ހުއްޓާލާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެމެރިކާއިން ވަނީ މި ގަރާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އދ.ގައި ހުންނަވާ އެމެރިކާގެ މަންދޫބު ވިދާޅުވީ ދުނިޔޭގެ ސުލްހައާއި ތަރައްގީގެ މުހިންމު މައްސަލަތަކަށް މަޝްވަރާ ކުރުމުގެ ބަދަލުގައި، 16 ވަނަ ގަރުނުގެ ޗާޓުތަކާ ބެހޭގޮތުން ބަހުސްކުރުމަކީ އދގެ މަގްސަދާ ހިލާފު ކަމެއް ކަމަށެވެ.

އާ ޗާޓެއްގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ 2018 ވަނަ އަހަރު ތައްޔާރުކުރި އީކުއަލް އާާތު ޕްރޮޖެކްޝަން ޗާޓެވެ. މި ޗާޓުގައި ދުނިޔޭގެ ހުރިހާ ބައްރުތަކެއްގެ ބޮޑުމިން ހަގީގީ މިންގަނޑުން ދައްކުވައިދެއެވެ. ކެންޔާގެ ޖިއޮގްރަފީ މާހިރެއް ކަމަށްވާ ކިއޯކޯ މުއެންޑޯ ބީބީސީއަށް މައުލޫމާތު ދެމުން ވިދާޅުވީ، ޗާޓުތަކަކީ ހަމައެކަނި ދަތުރުވެރިންނަށް އޮންނަ މަގުދައްކާ އެއްޗެއް ނޫން ކަމަށާއި، އެއީ ސިޔާސީ އަދި އިގްތިސާދީ ގޮތުން ސަރަހައްދުތަކާ މެދު ދެކޭގޮތް ބައްޓަންކުރާ އެއްޗެއް ކަމަށެވެ. އެފްރިކާގެ ވަސީލަތްތަކާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް ދުނިޔެއަށް ކުޑަކޮށް ފެންނަނީ މިފަދަ ނުބައި ޗާޓުތަކުގެ ސަބަބުން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox