ތައިލެންޑުގެ 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ "އެމެރިކާސް ގޮޓް ޓެލެންޓް" ކާމިޔާބުކޮށްފި

Sep 25, 2026, 7:18 AM
ތައިލެންޑުގެ ރޮކް ލަވަކިޔުންތެރިޔާ ނޭނީ ރޯޔަލް

ތައިލެންޑުގެ ރޮކް ލަވަކިޔުންތެރިޔާ ނޭނީ ރޯޔަލް

އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ "އެމެރިކާސް ގޮޓް ޓެލެންޓް" ގެ 21 ވަނަ ސީޒަން، އުމުރުން 16 އަހަރުގެ ތައިލެންޑުގެ ރޮކް ލަވަކިޔުންތެރިޔާ ނޭނީ ރޯޔަލް ކާމިޔާބުކޮށްފި އެވެ. މިއީ މި ޝޯގެ ތާރީހުގައި ތައިލެންޑުގެ ފަންނާނަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އަސްލު ނަމުން ނަމަ ރައްޓިކާން އަމްލޮއި، ނުވަތަ ނިނީ ރޯޔަލް މުބާރާތް ކާމިޔާބުކުރީ ކެލިފޯނިއާގައި އަންގާރަ ދުވަހު ބޭއްވި ފައިނަލް ބުރުގައި، އެމެރިކާގެ މަޝްހޫރު "ދަ ވައިޓް ސްޓްރައިޕްސް" ގެ މަޝްހޫރު ލަވަ "ސެވަން ނޭޝަން އާމީ" ގެ ހުށަހަޅައިދީގެންނެވެ. 

ނޭނީ މި ތާރީހީ ކާމިޔާބީ ހޯދީ، ޖާދޫގަރުންނާއި، އެކި ހުނަރުތައް ދައްކާ ފަރާތްތަކާއި އަދި ރޮބޮޓް ޑާންސް ގްރޫޕެއް ހިމެނޭ ގޮތަށް ވާދަކުރި ނުވަ ފައިނަލިސްޓުން ފަހަތަށް ޖައްސާލުމަށްފަހު އެވެ. 

Advertisement

މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ކުރިން، ބުދަ ދުވަހުގެ ރޭ ނިނީ ވަނީ މަޝްހޫރު ރޮކް ބޭންޑް "ލިންކިން ޕާކް" އާ އެކު އެ ބޭންޑުގެ 2024 ވަނަ އަހަރުގެ ލަވައެއް ކަމަށްވާ "ދަ އެމްޕްޓްނެސް މެޝިން" ސްޓޭޖްމަތީގައި ހުށަހަޅައިދީފަ އެވެ.

މުބާރާތުގެ 21 ވަނަ ސީޒަން ކާމިޔާބުކުރުމާއެކު ނޭނީއަށް ވަނީ 1 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ލިބިފަ އެވެ. ނަތީޖާ އިއުލާނުކުރުމާއެކު ސްޓޭޖް މައްޗަށް ތިރިވެ، އުފަލުން ރޮވިފައި އިން ނޭނީ  އޭނާއަށް ތާއީދުކުރި އެންމެނަށް ޝުކުރު އަދާޚޮށް.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox