ތައިލެންޑުގައި ބަޑި ގެންގުޅުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލައިފި

Aug 12, 2026, 6:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

މިދިޔަ ހަފުތާގައި 14 އަހަރުގެ ކުއްޖަކު ބަޑިޖަހައި އަށް މީހަކު މަރާލުމަށްފަހު އަމިއްލައަށް މަރުވި ހާދިސާއާ ގުޅިގެން، ތައިލެންޑް ސަރުކާރުން ބަޑި ގެންގުޅުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ.

މިހާރު ވެސް ބަޑި ގެންގުޅުމުގެ ހުއްދަ އޮންނަ ފަރާތްތަކުން، އާންމު ތަންތަނުގައި ހަތިޔާރު ހިފައިގެން އުޅުމަކީ ތައިލެންޑުގައި މަނާ ކަމެކެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އާންމުންގެ އަތުގައި އެންމެ ގިނައިން ބަޑި ހުންނަ އެއް ގައުމަކީ ތައިލެންޑެވެ. އެގޮތުން އެ ގައުމުގެ އާންމު ރައްޔިތުންގެ އަތުގައި ގާތްގަނޑަކަށް 10.3 މިލިއަން ބަޑި ހުރި އިރު، ބަޑި ބޭނުންކޮށްގެން ހިންގާ ކުށްތައް ވެސް އެ ގައުމުގައި އިންތިހާއަށް ގިނަ އެވެ.

ފަހަކަށް އައިސް ހިނގަމުންދާ ބަޑިޖެހުމުގެ ހާދިސާތަކާ ގުޅިގެން، ތައިލެންޑުގެ ބޮޑުވަޒީރު ވަނީ ބަޑި ކޮންޓްރޯލް ކުރުމަށް ހަރުކަށި އަދަބުތައް ހިމެނޭ އާ ގާނޫނުތަކެއް ތައާރަފު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގާނޫނުތައް ފާސްވަންދެން، އަލަށް ބަޑި ގެންގުޅުމުގެ ހުއްދަ ދޫކުރުން މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ބެންކޮކްގެ ބޭރުގައި ހުންނަ "ޑެބްސިރިން ނޮންތަބޫރީ" ސްކޫލުގައި ކިޔަވާ ދަރިވަރަކު މިދިޔަ ހުކުރު ދުވަހު ވަނީ އޭނާގެ ކާފަގެ އަތުގައި އޮތް ފިސްތޯލައެއް ބޭނުންކޮށްގެން ކާފައަށާއި މާމައަށް ބަޑިން ހަމަލާދީފަ އެވެ. އޭގެ ފަހުން އެ ކުއްޖާ ވަނީ ސްކޫލަށް ގޮސް އެތަނުގެ މުދައްރިސުންނާއި ދަރިވަރުންނަށް އަމާޒުކޮށް ބަޑިޖަހާފަ އެވެ.

މި ހާދިސާގައި އެ ކުއްޖާގެ ކާފަ އާއި މާމަގެ އިތުރުން، ސްކޫލުގެ ފަސް މުވައްޒަފަކާއި 12 އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފަ އެވެ.

ފުލުހުން ގަބޫލުކުރާ ގޮތުގައި، ބަޑިޖެހި ކުއްޖާ ބަޑި ބޭނުންކުރަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އަމިއްލައަށެވެ.

އެ ކުއްޖާ އިންޓަނެޓް މެދުވެރިކޮށް އަނިޔާވެރި މަންޒަރުތައް ހިމެނޭ ވީޑިއޯތައް ބަލާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށާއި، ބަޑި ގެންގުޅޭނެ ގޮތް ދަސްކުރުމަށް އެ ކުއްޖާގެ ބޮޑު ޝައުގުވެރިކަމެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox