ތައިލެންޑު ކުއްޖާ ބަޑިޖަހަން ދަސްކުރީ އިންޓަނެޓުން

Aug 10, 2026, 11:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ބެންކޮކްގެ ސްކޫލެއްގައި ބަޑިޖަހައި ގިނަ ބަޔަކު މަރާލި ފުރާވަރު އުމުރުގެ ކުއްޖާގެ އަތުން މިދިޔަ އަހަރު ޓީޗަރަކު އެއާ ގަންއެއް އަތުލާފައިވާ ކަމަށާއި، އެ ކުއްޖާ އިންޓަނެޓުން އަނިޔާވެރި މަންޒަރުތައް ހިމެނޭ ވީޑިއޯތައް ބަލާފައިވާ ކަމަށް ފުލުހުން އާދީއްތަ ދުވަހު ބުނެފި އެވެ.

މި ހާދިސާއާ ގުޅިގެން ސްކޫލްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އާ އުސޫލުތަކެއް އެކުލަވާލާނެ ކަމަށް އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ވޭތުވެދިޔަ ހުކުރު ދުވަހު ހިނގި މި ނުރައްކާތެރި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، އުމުރުން 14 އަހަރުގެ އެ ފިރިހެން ކުއްޖާ ވަނީ ގޭގައި އޭނާގެ ކާފަ އާއި މާމަ ބަޑިޖަހައި މަރާލުމަށް ފަހު، ސްކޫލަށް ގޮސް އިތުރު ހަ މީހަކު މަރާލާފަ އެވެ. އެއަށްފަހު އެ ކުއްޖާ އަމިއްލައަށް ގަޔަށް ބަޑިޖަހައި މަރުވެފައިވާއިރު، ބަޑި ބޭނުންކުރާނެ ގޮތް އެ ކުއްޖާ ދަސްކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށް ފުލުހުން ބުނެ އެވެ.

ޕްރޮވިންޝަލް ޕޮލިސް ރީޖަން 1 ގެ ޑެޕިއުޓީ ކޮމިޝަނަރު އައްތަޕޯލް އަނުސިތު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހެކިންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު، ބަޑި ބޭނުންކުރާނެ ގޮތް ދަސްކުރުމަށް އެ ކުއްޖާ ޝައުގުވެރިކަން ފާޅުކުރަން ފެށީ މީގެ އެއް އަހަރު ނުވަތަ ދެ އަހަރު ކުރިންނެވެ.

މިހާތަނަށް 17 ހެކިވެރިއެއްގެ ބަޔާން ނަގާފައިވާ ކަމަށް އައްތަޕޯލް ވިދާޅުވި އެވެ. އަދި އެ ކުއްޖާގެ ދަބަހުން ވަޅިއެއް ފެނިފައިވާ ކަމަށާއި، ހާދިސާ ހިނގި ތަންތަނުން ބަޑިއަކާއި، ބޭނުންކޮށްފައިވާ ވަޒަންތަކުގެ ބައިތަކުގެ އިތުރުން ކޮމްޕިއުޓަރެއް ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ކުއްޖާގެ ކޮމްޕިއުޓަރު ތަހުގީގު ކުރިއިރު، ސޯޝަލް މީޑިއާގައި ހުރި އަނިޔާވެރިކަން ދައްކުވައިދޭ ވީޑިއޯތައް އެ ކުއްޖާ ބަލާފައިވާކަން ވަނީ އެނގިފައި،" ޑެޕިއުޓީ ކޮމިޝަނަރު ވިދާޅުވި އެވެ. ނަމަވެސް، އެ ކުއްޖާ އަމަލީ ގޮތުން ބަޑިޖަހަން ފަރިތަކޮށްފައިވާ ކަމުގެ ހެއްކެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އައްތަޕޯލް އިތުރަށް ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި އެ ކުއްޖާ ސްކޫލަށް "ބީބީ ގަން" އެއް (އެއާ ގަންގެ ބާވަތެއް) ގެންދިއުމުން ޓީޗަރަކު އެ އަތުލާފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ މައިންބަފައިން ވަކިވުމާ ގުޅިގެން، ފާއިތުވި 12 އަހަރު އޭނާ ދިރިއުޅެމުން އައީ ކާފަ އާއި މާމަ ގާތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތައިލެންޑުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސްކޫލްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އާ އުސޫލުތަކެއް އެކުލަވާލާނެ ކަމަށެވެ. މީގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ދެނެގަތުމަށް ކުރާ ސްކްރީނިންތަކާއި، ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ފަރާތްތައް ހާއްސަ އެހީތެރިން ކައިރިއަށް ފޮނުވާނެ ނިޒާމެއް ގާއިމުކުރުމާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނުތައް ހިމެނެ އެވެ. މީގެ އިތުރުން ބުލީކުރުން ހުއްޓުވުމަށާއި، ސްކޫލްތަކަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ހާދިސާގައި މަރުވި މީހުންގެ އިތުރުން 20 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. މިއީ 2022 ވަނަ އަހަރަށް ފަހު ތައިލެންޑުގައި ހިނގި ބަޑިޖެހުމުގެ އެންމެ ނުރައްކާތެރި ހާދިސާއަށް ވާއިރު، ދެކުނު އިރުމަތީ އޭޝިއާގައި އެންމެ ގިނައިން ބަޑި ގެންގުޅޭ ގައުމުގެ ގޮތުގައި އޮތް ތައިލެންޑުގައި، ހަތިޔާރު ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން ކުރެވޭ ބަހުސްތައް މިހާރު ވަނީ އަލުން އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox