ކުރީގެ މެންބަރަކު ލައިވްސްޓްރީމްގައި މަރަކަށް އިއުތިރާފުވެއްޖެ

Aug 11, 2026, 9:07 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ތައިލެންޑުގެ ކުރީގެ މަޖިލިސް މެންބަރަކު، ބެންކޮކް ކައިރީގައި ސަރުކާރުގެ އިސް އޮފިޝަލެއްގެ ގަޔަށް ބަޑިޖަހައި މަރާލުމަށް ފަހު، ޔޫޓިއުބް ލައިވްސްޓްރީމެއް މެދުވެރިކޮށް އެކަން ކުރިކަން އިއުލާންކޮށްފި އެވެ.

ނޮންތަބޫރީ ދާއިރާގެ ކުރީގެ މެންބަރު ޗަލޮންގް ރިއައުރައެންގް، ޔޫޓިއުބް ޕްރޮގްރާމްގެ ހޯސްޓް އަންޗަލީ ޕައިރީރަކަށް ގުޅައި ބުނީ، ވެރިރަށް ބެންކޮކްގެ އުތުރުގައި ފުލުހުންގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ތޮންގްޗައި ޔެންޕްރަސާޓްގެ އޮފީސް ބޭރުގައި އޭނާގެ ގަޔަށް ބަޑިޖަހާފައިވާ ކަމަށެވެ. މި ހަބަރާއެކު ޕްރޮގްރާމްގެ ހޯސްޓަށް ބޮޑު ސިހުމެއް ލިބުނެވެ.

ކަރަށް ވަޒަން އެރުމުގެ ސަބަބުން ތޮންގްޗައިއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. މި ހާދިސާގައި އޭނާގެ ޑްރައިވަރުގެ އަތަށް ވެސް ވަނީ ވަޒަން އަރައި ޒަހަމްވެފަ އެވެ.

މި މައްސަލައިގައި ޗަލޮންގް ހައްޔަރުކުރި ނަމަވެސް، ފުލުހުންގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު އޭނާއަށް ވަނީ ދީފަ އެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ ސިނގިރޭޓެއް ބޯން އިނދެ، ހިނގައިދިޔަ ކަންތައްތައް ކިޔައިދޭން މަސައްކަތް ކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި މިފަދަ އާދަޔާ ހިލާފު ފުރުސަތެއް އޭނާއަށް ދިނީ މަރުވި މީހާގެ އާއިލާގެ ކިބައިން މައާފަށް އެދުމަށެވެ. ނަމަވެސް، މައިކްރޯފޯނު ކައިރީގައި ހުރެ އޭނާ ވަނީ ހަ މިނެޓަށް ވުރެ ގިނަ އިރުވަންދެން އޭނާ ކުރި އަމަލުތަކުގެ ތަފުސީލު ކިޔައިދީފަ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ޗަލޮންގް ބުނީ ތޮންގްޗައި ހުރީ އޭނާދެކެ "ރުޅިއައިސްފައި" ކަމަށެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ. އަދި އޭނާގެ "ގާތް އެކުވެރިއެއް" ކަމަށްވާ ތޮންގްޗައިގެ ގަޔަށް ބަޑިޖެހުމުގެ އެއްވެސް ގަސްދެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

ޗަލޮންގް ބުނި ގޮތުގައި އޭނާ ތޮންގްޗައި ގާތު ވާހަކަދައްކަން ބޭނުންވާ ކަމަށް ބުންޏެވެ. އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެ މީހުންގެ މެދުގައި ޖެހުނީ އަމިއްލަ ޒާތީ މައްސަލައެކެވެ.

"އޭނާ [ތޮންގްޗައި] އަހަރެން ކޮއްޕާލާފައި ބުނީ ވާހަކަދައްކަން ބޭނުން ނުވާ ކަމަށް،" ޗަލޮންގް ކިޔައިދިނެވެ.

އޭގެ ފަހުން ތޮންގްޗައި އޭނާގެ ކާރާ ދިމާލަށް ދަނިކޮށް ފަހަތުން ދިޔަ ކަމަށް ޗަލޮންގް ބުންޏެވެ.

"އަހަރެން ބަޑި ނެގީ އޭނާގެ ގަޔަށް ޖަހާކަށް ނޫން. އެކަމަކު [ތޮންގްޗައިގެ ޑްރައިވަރު] ބަޑި ނަގައި އަހަންނާ ދިމާލަށް ދިއްކުރުމުން އަހަރެން ބަޑިޖެހީ،" ޗަލޮންގް ބުންޏެވެ.

މަރުވި ތޮންގްޗައިއަކީ ފުލުހުންގެ ރިޓަޔާޑް ކާނަލެއްގެ އިތުރުން، ނޮންތަބޫރީ ޕްރޮވިންޝަލް އެޑްމިނިސްޓްރޭޓިވް އޯގަނައިޒޭޝަން (ޕީއޭއޯ) ނަމަކަށް ކިޔާ ސަރަހައްދީ ސަރުކާރުގެ އިދާރާގެ ރައީސެވެ.

ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ހޯމަ ދުވަހުގެ މެންދުރުފަހު ވިދާޅުވީ، އޭނާގެ ޕާޓީގެ ކުރީގެ މެންބަރެއް ކަމަށްވާ ޗަލޮންގްއާ މެދު ފުލުހުން އަމަލުކުރި ގޮތުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

"ކުށްވެރިޔާގެ އަތުގައި ބިޑިނާޅުވައި، ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެއީ އާދައިގެ ކަމެއްގެ ގޮތުގައި ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން،" ބޮޑުވަޒީރު ވިދާޅުވި އެވެ.

"އޭނާއަކީ ކޮންމެ މީހަކަށް ވިޔަސް، މިހާރު އެއީ ގާތިލެއް،" އަނޫޓިން ވިދާޅުވި އެވެ. އަދި ޗަލޮންގްއާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނޮންތަބޫރީގެ ގަވަރުނަރު ވަނީ ޗަލޮންގްއަށް އެއްވެސް ހާއްސަ އިނާޔަތެއް ދީފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ނޫސްވެރިންނާ ވާހަކަދައްކަމުން ދިޔައިރު ސިނގިރޭޓް ބޯން ފުރުސަތު ދިނީ، އޭނާ ވަރަށް ބޮޑަށް ހާސްވެ އަތް ތުރުތުރުލާތީ ކަމަށެވެ.

ހޯމަ ދުވަހުގެ މި ބަޑިޖެހުމުގެ ހާދިސާ ހިނގާފައި މިވަނީ، 14 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ގޭގަ އާއި ސްކޫލުގައި އަށް މީހަކު މަރާލުމަށްފަހު އަމިއްލައަށް މަރުވި ހާދިސާއަށް ތިން ދުވަސް ފަހުންނެވެ. އެއީ 2022 ވަނަ އަހަރަށްފަހު ތައިލެންޑުގައި ހިނގި އެންމެ ނުރައްކާތެރި ބަޑިޖެހުމުގެ ހާދިސާ އެވެ. ނަމަވެސް މި ދެ ހާދިސާއާ އެއްވެސް ގުޅުމެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox