ބިންވެރިޔާގެ ސްކީމުގެ ދަށުން ޒާހިދަށް ދީފައި އޮތް ބިމެއް އަތުލުމާ ދެކޮޅަށް ވަގުތީ އަމުރެއް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު --- ފޮޓޯ: އީސީ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު --- ފޮޓޯ: އީސީ

ބިންވެރިޔާ ސްކީމުގެ ދަށުން އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް، މުހައްމަދު ޒާހިދުއަށް ދޫކޮށްފައި އޮތް ބިމެއް އަތުލަން މި ސަރުކާރުން ނިންމި ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ނިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ކުރި ވަގުތީ އަމުރުގައި ބުނެފައި ވަނީ އެ ކޯޓުން ބަލަމުންދާ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބިމަށް ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ހައުސިން މިނިސްޓްރީގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބާތިލުކޮށްފައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން މުހައްމަދު ޒާހިދު ކިޔާ މީހަކަށް ހުޅުމާލެއިން ދީފައިވާ ގޯއްޗެކެވެ. އެ ގޯތީގެ އެއްބަސްވުން ބާތިލުކުރިކަން ހައުސިން މިިނިސްޓްރީން ޒާހިދުއަށް އަންގާފައި ވަނީ ޖުލައި 2، 2026 ގަ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި، ޒާހިދުއަށް ބިންވެރިޔާ ސްކީމުން ދޫކޮށްފައިވާ ބިމުގެ އެއްބަސްވުން ބާތިލުކޮށްފައި ވަނީ މާލެއަށް އުފަން މީހަކަށް ނުވާތީ އެވެ.

އެ މައްސަލައިގައި ޒާހިދު ވަނީ ހައުސިން މިނިސްޓްރީގެ ނިންމުން ގޯސްކަމަށް ކަނޑައަޅައިދީ އެ ބިމަކީ ޒާހިދުގެ ބިމެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ވަގުތީ އަމުރަކަށް އެދިފައި ވަނީ އެ މައްސަލައިގައި ސިވިލް ކޯޓުން ކުރާ ހުކުމަކާ ގުޅިގެން، އެ ބިން އަނބުރާ ޒާހިދުއަށް ދޭން ހުކުމްކުރި ނަމަވެސް، އެ ބިން ތިންވަނަ ފަރާތަކަށް ދީފައިވާނަމަ، ޒާހިދުއަށް އެ ބިން ލިބޭނެ މަގެއް ނޯންނާނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox