އެރިކްސަން، އާއިލާ އަށް ވަގުތު ދިނުމަށް ވުލްފްސްބާގު ދޫކޮށްލައިފި

Sep 24, 2026, 8:56 AM
ވުލްފްސްބާގުން މިދިޔަ ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން އެރިކްސަން: އޭނާ ވަނީ އެ ކްލަބް ދޫކޮށްލައިފައި.

ވުލްފްސްބާގުން މިދިޔަ ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން އެރިކްސަން: އޭނާ ވަނީ އެ ކްލަބް ދޫކޮށްލައިފައި.

ކޯޕެންހާގެން، ޑެންމާކް (ސެޕްޓެމްބަރު 24) - މި ވަގުތު އާއިލާ އަށް ވަގުތު ދިނުމާއި އަމިއްލަ ސިއްހަތަށް ބަލައިގެން ކުރިއަށްދިއުމަކީ އެންމެ މުހިންމުކަން ކަމަށް ބުނެ، ޑެންމާކްގެ މިޑްފީލްޑަރު، ކްރިސްޓިއަން އެރިކްސަން، ކުޅެމުން އައި ޖަރުމަނުގެ ކްލަބް، ވުލްފްސްބާގު ދޫކޮށްލައިފި އެވެ. 

މީގެ ތިން މަސް ކުރިން، އެކުވެރިކަމުގެ މެޗެއް ކުޅެނިކޮށް، އުމުރުން 34 އަހަރުގެ އެރިކްސަން ވަނީ ދަނޑު މައްޗަށް ހޭނެތިގެން ވެއްޓިފަ އެވެ. މިއީ، 2021 ވަނަ އަހަރު އެންމެ ފުރަތަމަ މި ގޮތަށް ދިމާވި ފަހުން، މިކަން ތަކުރާރުވި ފުރަތަމަ ފަހަރެވެ. 

މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާ އެކު އޮތް އެއްބަސްވުން ހަމަވުމުން، އެރިކްސަން، ވުލްފްސްބާގަށް ބަދަލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮތް ކަމުގައި ވިޔަސް އެރިކްސަން ވަނީ އެ ކޮންޓްރެކްޓް އުވާލުމަށްޓަކައި، ވުލްފްސްބާގާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ. 

"މިއީ، އަހަރެން އާއިލާއާ ގާތުގައި ހުންނަން ޖެހޭ ވަގުތު. އަހަރެން ވަރަށް ހިތްހަމަ ޖެހިއްޖެ، ވުލްފްސްބާގާ ވާހަަކަ ދައްކައިގެން މި ކަމުގައި ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ހައްލަކަށް އާދެވުނީމަ،" ވުލްފްސްބާގަށް 34 މެޗު ކުޅެދީފައިވާ އެރިކްސަން ބުންޏެވެ. 

އެރިކްސަން ބުނީ، އުންމީދަކީ، ޖަރުމަނު ދެ ވަނަ ޑިވިޝަނުގައި މި ފަހަރު ވާދަކުރާ ވުލްފްސްބާގުން އަލުން ފުރަތަމަ ޑިވިޝަނަށް، ޖަރުމަނު ބުންޑަސްލީގާ އަށް ޕްރޮމޯޓްވާން ކުރާ މަސައްކަތް ކާމިޔާބުވުން ކަމަށެވެ. 

ޑެންމާކް ގައުމީ ޓީމަށް 154 މެޗު ކުޅެދީފައިވާ އެރިކްސަން ވަނީ ކްލަބް ކެރިއަރުގައި، އަޔަކްސް، ޓޮޓެންހަމް ހޮޓްސްޕާސް، އިންޓަ މިލާން، ބްރެންޓްފޯޑް އަދި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ. 

މީގެ ކުރިން، 2021 ވަނަ އަަހަރު ބޭއްވި ޔޫރޯ 2020 މުބާރާތުގެ ތެރެއިން، ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަން ވަނީ ހިތްހުއްޓިގެން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓިފަ އެވެ. އޭގެ ފަހުން، އެރިކްސަން ކުޅުމަށް އެނބުރި އައީ ޕޭސްމޭކަރެއް ލަައްވައިގެންނެވެ. މީގެ ތިން މަސް ކުރިން، ޔޫކްރެއިންއާ ދެކޮޅަށް ޑެންމާކުން ކުޅުނު މެޗުގައި އެ ޓީމުން 2-1 އިން ކުރީގައި އޮއްވައި، އެރިކްސަން ދަނޑުމައްޗަށް ވެއްޓުނީ މެޗުގެ 65 ވަނަ މިނިޓްގަ އެވެ. ވަގުުތުން ރެފްރީ މެޗު ހުއްޓާލައި، އެރިކްސަންގެ ފަރުވާގެ ކަންަކަން އަވަސްކުރި އެވެ. ދެ ޓީމުގެ ކުޅުންތެރިން އެރިކްސަން އަށް ފަރުވާ ދިނުމަށްޓަކައި ވަށްބުރެއް ހަދައި، ޖާގަ ތަނަވަސްކޮށްދިނެވެ. ފަހުން، އެރިކްސަން ވަނީ ސަލާމަތްވީ ޕޭސްމޭކަރު ރަނގަޅަށް މަސައްކަތް ކުރުމުން ކަމަށް ބުނެފަ އެވެ. 

ގިނަ ބަޔަކު އަންނަނީ އެރިކްސަން ފުޓްބޯޅައިން ރިޓަޔާކުރަން ގޮވާލައި، ޝުއޫރުފާޅުކުރަމުންނެވެ. އެ އަށް އެރިކްސަން ސީދާ ގޮތެއް ނިންމާފައިނުވި ނަމަވެސް، ވުލްފްސްބާގްްގެ ކޮންޓްރެކްޓް އުވާލުމަކީ އެރިކްސަން ފުޓްބޯޅައާ ދުރަށް ޖެހިލުމަށް ގެންގުޅޭ ވިސްނުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox