އެރިކްސަންގެ ހާއްސަ ލަނޑެއް، ޑެންމާކް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

Jun 16, 2024, 6:41 PM
އެރިކްސަންގެ ހާއްސަ ލަނޑެއް، ޑެންމާކް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

ސްޓުޓްގާޓް (ޖޫން 16) - ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ލަނޑެއް ޖަހައި ޑެންމާކަށް ލީޑު ހޯދައިދިން ނަމަވެސް ޔޫރޯގައި މިރޭ ސްލޮވީނިއާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ 17 ވަނަ މިނިޓުގައި ޑެންމާކަށް ލީޑު ހޯދައިދިނީ ތަޖުރިބާކާރު މިޑްފީލްޑަރު އެރިކްސަން އެވެ. މިއީ އެރިކްސަންއަށް ވަރަށް ހާއްސަ ލަނޑެކެވެ.

އެންމެ ފަހުން 2021 ވަނަ އަހަރު އޮތް ޔޫރޯގައި ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި ކުޅެނިކޮށް ދިމާވި ހިތުގެ މައްސަލައަކާ ގުޅިގެން އެރިކްސަން ދަނޑު މައްޗަށް ވެއްޓި، އޭނާގެ ކެރިއަރާމެދު ސުވާލު އުފެދުނެވެ. އެކަމަކު، އައިސީޑީއެއް ލައްވައި، ބްރެންޓްފޯޑަށް ކުޅެން ފެށުމަށް ފަހު، އޭގެ ފަހުން، މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވެ، ކުޅެމުންދާ އެރިކްސަން ވަނީ އަލުން ދަނޑަށް ނުކުމެފައެވެ.

އޭގެ ފަހުން އެރިކްސަން ވަނީ ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. އެކަމަކު، ޔޫރޯގެ ލަނޑު އެރިކްސަން އަށް ހާއްސަވީ، މިިދިޔަ އަހަރު ހިތްދަތި ގޮތަކަށް ފުރަތަމަ މެޗުން މުބާރާތާ ވަކިވާން ޖެހުމުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެރިކްސަންގެ ކުޅުން ފާހަގަވި އެވެ. އަދި ޑެންމާކް އިން މެޗު ކޮންޓުރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ.

އެކަމަކު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 13 މިނިޓަށްވެފައި ވަނިކޮށް، ސްލޮވީނިއާގެ އެރިކް ޔަންޒާ ވަނީ ލަނޑެއް ޖަހައި، ސްލޮވީނިއާ އަށް ނަތީޖާ އެއްވަރުކޮށްފަ އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ޔަންޒާ ފޮނުވާލި ބާރު ޝޮޓްގެ ގޯލަށް އަމާޒުވީ ޑެންމާކްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ.

ސްލޮވީނިއާ އަތުން ބަލިނުވެ، ޑެންމާކުން މި ނިންމާލީ ޖެހިޖެހިގެން ހަތް ވަނަ މެޗެވެ. މީގެ ތެެރެއިން ފަސް މެޗުން ސްލޮވީނިއާ ވަނީ ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox