އަނެއްކާ ވެސް އެރިކްސަން ހޭނެތިގެން ދަނޑުމައްޗަށް ވެއްޓިއްޖެ

Jun 8, 2026, 12:31 AM
ޑެންމާކުގެ ތަރި އެރިކްސަން

ޑެންމާކުގެ ތަރި އެރިކްސަން

ކޯޕެންހާގެން (ޖޫން 8) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ޔޫކްރެއިނާ ދެކޮޅަށް ކުޅުނު މެޗުގެ ތެެރެއިން ޑެންމާކްގެ ކެޕްޓަން، ކްރިސްޓިއަން އެރިކްސަަން، ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމުން ފަރުވާދީފި އެވެ. 

މީގެ ކުރިން، 2021 ވަނަ އަަހަރު ބޭއްވި ޔޫރޯ 2020 މުބާރާތުގެ ތެރެއިން، ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އުމުރުން 34 އަހަރުގެ އެރިކްސަން ވަނީ ހިތްހުއްޓިގެން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓިފަ އެވެ. އޭގެ ފަހުން، އެރިކްސަން ކުޅުމަށް އެނބުރި އައީ ޕޭސްމޭކަރެއް ލަައްވައިގެންނެވެ. 

ޔޫކްރެއިންއާ ދެކޮޅަށް މިރޭ ޑެންމާކުން ކުޅުނު މެޗުގައި އެ ޓީމުން 2-1 އިން ކުރީގައި އޮއްވައި، އެރިކްސަން ދަނޑުމައްޗަށް ވެއްޓުނީ މެޗުގެ 65 ވަނަ މިނިޓްގަ އެވެ. ވަގުުތުން ރެފްރީ މެޗު ހުއްޓާލައި، އެރިކްސަންގެ ފަރުވާގެ ކަންަކަން އަވަސްކުރި އެވެ. ދެ ޓީމުގެ ކުޅުންތެރިން އެރިކްސަން އަށް ފަރުވާ ދިނުމަށްޓަކައި ވަށްބުރެއް ހަދައި، ޖާގަ ތަނަވަސްކޮށްދިނެވެ. 

ޑެންމާކުގެ ތަރި އެރިކްސަން ހޭނެތިގެން ވެއްޓުން ދަނޑުމަތީގައ ފަރުވާދެނީ.
ޑެންމާކުގެ ތަރި އެރިކްސަން ހޭނެތިގެން ވެއްޓުން ދަނޑުމަތީގައ ފަރުވާދެނީ.

ޑެންމާކުގެ ފުޓޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ، އެރިކްސަން އަށް އަވަހަށް ދެވުނު ފަރުވާއާ އެކު މާ ލަސްތަކެއްނުވެ، އަލުން ނޯމަލް ހާލަތަށް ގެނެވިފައިވާ ކަމަށެެވެ. އަދި، މީގެ ފަސް އަހަރު ކުރިން، ދިމާވި ހާދިސާއާ ގުޅިގެން، އެރިކްސަން، ލައްވާފައިވާ ޕޭސްމޭކަރު، އޭގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރި ކަމަށް ވެސް ޑެންމާކް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވެ އެވެ. 

އެރިކްސަން އަށް ހިތުގެ މައްސަލަ ދިމާވި ދެ ފަހަރު ވެސް އޭނާ އަށް އެންމެ ގާތުން ފަރުވާ ދީފައިވަނީ ޑެންމާކްގެ ގައުމީ ޓީމުގެ ޑޮކްޓަރު، މޯޓެން ބޯސަން އެވެ.

އޭނާ ބުނީ، އެރިކްސަން އަށް ފަރުވާ ދިނުމާ އެކު، އަމިއްލަ އަށް ތެދުވެގެން، ހުރިހާ ކަމެއް ރަނގަޅަށް ހަރަކާތްކުރަން ފެށުމުން ހިތްހަމަޖެހުން ލިބިގެންދިޔަ ކަމަށެވެ. 

"އެކަމަކު މި ހުރިހާ ކަމެއް ނިމުނީ އެއް ނޫން، މިކަން ދިމާވި ސަބަބު ދެނެގަންނަން އިތުރު ޓެސްޓްތަކެއް ހޮސްޕިޓަލްގައި ހަދާނެ،" ބޯސަން ބުންޏެވެ. 

އެރިކްސަންގެ ހިތަށް ލައްވާފައިވަނީ، އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑިފިބްރިލޭޓާ (އައިސީޑީ)، ޕޭސްމޭކަރެކެވެ. އެއީ، އެރިކްސަންގެ ހިތުގެ ވިންދާއި ޕްރެޝަރު ނޯމަލް ރޭޓެއްގައި ކޮންޓްރޯލް ކުރުމާއި ހިތުގެ އިތުރު މައްސަލަ ކުރިމަތިވިޔަ ނުދިނުމަށްޓަކައި ހަރުކުރި ޑިވައިސް އެކެވެ. 

މި ފަހުން، އެރިކްސަން އަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ، 2021 ވަނަ އަހަރު ކުޅުނު ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ފިންލޭންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ހާޓްއެޓޭކެއް ޖެހި، ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެންނެވެ. އެ ގޮތުން، އެ ފަހަރު ދަނޑުމަތީގައި، ފަރުވާ ދިނުމަށް ފަހު، އެރިކްސަން ދަނޑުން ގެންދިޔައީ ވަގުތުން ހޮސްޕިޓަލަށެވެ.

ހިތުގެ މައްސަލަ ހުރުމުން، އޭރު އެރިކްސަން ކުޅެމުން އައި އިންޓަ މިލާނުގައި އޭނާ އަށް ކެރިއަރު ކުރިއަށް ނުގެންދެވުނެވެ. ޓޮޓެންހަމް ހޮޓްސްޕާސް އަށް ވެސް ކުޅުނު އެރިކްސަން ކުޅުމާ ދުރުގައި ހަ ވަރަކަށް މަސް ދުވަހު ހުރެ، ގިނަ ފަރުވާތަކެއް ކުރުމަށް ފަހު 2022 ވަނަ އަހަރު ޖެނުއަރީ މަހު ބްރެންޓްފޯޑާ ގުޅުނެވެ. މިހާރު ކުޅެމުން އަންނަ ވުލްފްސްބާގާ ގުޅުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox