ރިޓަޔާކުރުމުގެ ވިސްނުމެއް އެރިކްސަންގެ ނެތް

Jun 10, 2026, 7:56 AM
ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން: އޭނާ ވަނީ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައި.

ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން: އޭނާ ވަނީ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައި.

ކޯޕެންހާގެން، ޑެންމާކް (ޖޫން 10) - މީގެ ދެ ދުވަސް ކުރިން، ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ޔޫކްރެއިނާ ދެކޮޅަށް ކުޅުނިކޮށް، ޑެންމާކްގެ ކެޕްޓަން، ކްރިސްޓިއަން އެރިކްސަަން، ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމުން ފަރުވާދިންއިރު، މިހާރު ކަންކަން ރަނގަޅުވަމުން އަންނަ ކަަމަށް ބުނެފި އެވެ. 

ދެ ވަނަ ފަހަރަށް ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުނު އެރިކްސަން، 34، ރިޓަޔާކުރަން ޖެހޭ ކަމަށް ގިނަ ސަޕޯޓަރުން ޝުއޫރުފާޅުކުރި އެވެ. އެހެން ނަމަވެސް، އެރިކްސަން ނެރުނު ބަޔާނުގައި އެ ފަދަ ވާހަކައެއް ހިމަނާފައިނުވާއިރު، ރިޕޯޓްތައް ބުނާގޮތުން، ޖަރުމަނުގެ ވުލްފްސްބާގަށް ކުޅޭ އެރިކްސަން އަދިވެސް ހުރީ ކެރިއަރު ކުރިއަށްގެންދާ ގޮތަށެވެ. 

މީގެ ކުރިން، 2021 ވަނަ އަަހަރު ބޭއްވި ޔޫރޯ 2020 މުބާރާތުގެ ތެރެއިން، ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އުމުރުން 34 އަހަރުގެ އެރިކްސަން ވަނީ ހިތްހުއްޓިގެން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓިފަ އެވެ. އޭގެ ފަހުން، އެރިކްސަން ކުޅުމަށް އެނބުރި އައީ ޕޭސްމޭކަރެއް ލަައްވައިގެންނެވެ. 

އަނެއްކާ ވެސް އެރިކްސަން ހޭނެތިގެން ދަނޑުމައްޗަށް ވެއްޓިއްޖެ

ޔޫކްރެއިނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ޑެންމާކްގެ ކެޕްޓަން ކްރިސްޓިއަން އެރިކްސަން އަނެއްކާވެސް ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން ފަރުވާދީފި. މީގެ ކުރިން 2021 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައިވެސް އޭނާގެ ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓިފައިވާއިރު، އޭނާ މިހާރު ކުޅެމުންދަނީ ޕޭސްމޭކަރެއް ލައްވައިގެން

ޔޫކްރެއިންއާ ދެކޮޅަށް ޑެންމާކުން ކުޅުނު މެޗުގައި އެ ޓީމުން 2-1 އިން ކުރީގައި އޮއްވައި، އެރިކްސަން ދަނޑުމައްޗަށް ވެއްޓުނީ މެޗުގެ 65 ވަނަ މިނިޓްގަ އެވެ. ވަގުުތުން ރެފްރީ މެޗު ހުއްޓާލައި، އެރިކްސަންގެ ފަރުވާގެ ކަންަކަން އަވަސްކުރި އެވެ. ދެ ޓީމުގެ ކުޅުންތެރިން އެރިކްސަން އަށް ފަރުވާ ދިނުމަށްޓަކައި ވަށްބުރެއް ހަދައި، ޖާގަ ތަނަވަސްކޮށްދިނެވެ. ޑެންމާކުގެ ފުޓޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ، އެރިކްސަން އަށް އަވަހަށް ދެވުނު ފަރުވާއާ އެކު މާ ލަސްތަކެއްނުވެ، އަލުން ނޯމަލް ހާލަތަށް ގެނެވިފައިވާ ކަމަށެެވެ. އަދި، މީގެ ފަސް އަހަރު ކުރިން، ދިމާވި ހާދިސާއާ ގުޅިގެން، އެރިކްސަން، ލައްވާފައިވާ ޕޭސްމޭކަރު، އޭގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރި ކަމަށް ވެސް ޑެންމާކް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވެ އެވެ. 

މި ފަހުން، އެރިކްސަން އަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ، 2021 ވަނަ އަހަރު ކުޅުނު ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ފިންލޭންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ހާޓްއެޓޭކެއް ޖެހި، ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެންނެވެ. އެ ގޮތުން، އެ ފަހަރު ދަނޑުމަތީގައި، ފަރުވާ ދިނުމަށް ފަހު، އެރިކްސަން ދަނޑުން ގެންދިޔައީ ވަގުތުން ހޮސްޕިޓަލަށެވެ. އެރިކްސަންގެ ހިތަށް ލައްވާފައިވަނީ، އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑިފިބްރިލޭޓާ (އައިސީޑީ)، ޕޭސްމޭކަރެކެވެ. އެއީ، އެރިކްސަންގެ ހިތުގެ ވިންދާއި ޕްރެޝަރު ނޯމަލް ރޭޓެއްގައި ކޮންޓްރޯލް ކުރުމާއި ހިތުގެ އިތުރު މައްސަލަ ކުރިމަތިވިޔަ ނުދިނުމަށްޓަކައި ހަރުކުރި ޑިވައިސް އެކެވެ. 

އެރިކްސަން ނެރުނު ބަޔާނުގައި ބުނީ، ދިމާވި ކަމަކީ މީގެ ފަސް އަހަރު ކުރިއާ މުޅިން ތަފާތު ކަމެއް ކަމަށެވެ. އަދި، މި ކަމާ ގުޅިގެން ޝޮކެއް ލިބުނު މީހުންނަށް ބުނެލަން އޮތީ އޭނާގެ އައިސީޑީން ކުރަން ޖެހޭ ކަންކަން ބަރާބަރަށް އަދާކުރި ކަމަށް ކަމަށާއި ރިކަވަރީ މިހާރު ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. 

"މިހާރު އަހަރެންގެ ފޯކަަސް އަކީ ރިކަވަރީ، ދެން، އާއިލާއާ އެކު ވަގުތު ހޭދަކުރުން. ޗުއްޓީ އަކަށް ދިއުން، އަދި ދަރިންނާ އެކު ފުޓްބޯޅަ ކުޅެލުން،" އެރިކްސަން ބުނެފައިވެ އެވެ. 

އެރިކްސަން ވަނީ އޭނާ އަށް މި ދިމާވާ ކަންތައްތަކުގައި ޑޮކްޓަރުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި، އޭނާގެ ހިތުގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ޑޮކްޓަރުންގެ ޓީމެއް އޮތުމަކީ، މި ކަމާ ގުޅިގެން ވިސްނަން ޖެހޭ ކަންކަމާ މެދު އޮތް ލުޔެއް ކަމަށް ވެސް އެރިކްސަން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox