ހޭޑަން ޕެނެޓިއާ މަރުވީ އޯވަޑޯޒްވެގެން

Sep 23, 2026, 9:00 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ގިނަ ބައެއްގެ މަގްބޫލުކަން ހޯދި އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ އޭނާގެ ހަށިގަނޑުގައި ފެންޓަނީލް އާއި ޒެނެކްސްގެ އިތުރުން އެހެނިހެން މަސްތުވާތަކެތީގެ ވިހަ މާއްދާތައް ހުރުމުގެ ސަބަބުން އޯވާޑޯޒްވެގެން ކަމަށް އޮޓޯޕްސީ ރިޕޯޓުން ދައްކައިފި އެވެ.

ކޮރޯނާސް އޮފީހުން ބުނި ގޮތުގައި ޕެނެޓިއޭގެ މަރުވީ ދިމާވި ހާދިސާއެއްގަ އެވެ. އަދި އޭނާ މަރުވާން މެދުވެރިވި ފަދަ އެއްވެސް އަނިޔާއެއްގެ ނިޝާނެއް ހަށިގަނޑުން ފެންނާކަށް ނެތެވެ.

އުމުރުން 36 އަހަރުގެ ޕެނެޓިއޭ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ މަހު އެމެރިކާގެ ސައުތު ކެރޮލައިނާގެ ގެއެއްގެ ތެރޭގަ އެވެ،

މަޝްހޫރު ޓީވީ ސިލްސިލާތައް ކަމަށްވާ "ހީރޯސް" އަދި "ނޭޝްވިލް" އިން ފެނިގެންދިޔަ މި ތަރިއަކީ މަސްތުވާތަކެތީގެ ވަބާގައި އޭނާ އުޅެންޖެހުނު ދަތި އުނދަގޫ ހާލަތްތަކުގެ ވާހަކަ މީގެ ކުރިން ފާޅުގައި ދައްކާފައިވާ ފަންނާނެކެވެ.

ކޮރޯނާސް އޮފީހުން ހާމަކުރި ގޮތުގައި އޭނާގެ ހަށިގަނޑުން މަސްތަކަށް ލުއިދޭ ބޭހެއް ކަމަށްވާ މެތޯކާބަމޯލް އާއި، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންޓިސައިކޮޓިކް ބޭހެއް ކަމަށްވާ ކުއެޓިއަޕިން ވެސް ވަނީ ފެނިފަ އެވެ.

މި މަޝްހޫރު ތަރީގެ މަރުގެ މައްސަލަ އެ ސަރަހައްދުގެ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޖެންސީ (ޑީއީއޭ) އިން ވެސް އެ ތަހުގީގުގައި ބައިވެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފުލުހުންގެ ރިޕޯޓްތަކުން އެނގޭ ގޮތުގައި، ޕެނެޓިއޭ މަރުވި ދުވަހު އިމަޖެންސީ ސާވިސްގެ ޓީމު އެގެއަށް ދިޔައިރު، ކުރިން އޭނާއަށް އަނިޔާކުރި ކަމަށް އިއުތިރާފުވެފައިވާ ލޯބިވެރިޔާ ބްރަޔަން ހިކަސަން އާއި އޭނާގެ ކޮއްކޮ ޒެކް އެތަނުގައި ތިއްބެވެ.

މަރުވުމުގެ މަދު މަސްތަކެއް ކުރިން ޕެނެޓިއޭ ވަނީ އޭނާގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތެއް ނެރެފަ އެވެ. އެ ފޮތުގައި އޭނާ ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހުނު ގޮތާއި، ވިހެއުމަށްފަހު ކުރިމަތިވި ނަފްސާނީ ބަލިމަޑުކަމާ (ޕޯސްޓްޕާޓަމް ޑިޕްރެޝަން) ބެހޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަދައްކާފަ އެވެ.

ޕެނެޓިއޭ ބުނެފައިވާ ގޮތުގައި އޭނާއަށް މަސްތުވާތަކެތި ތައާރަފުވީ އުމުރުން 16 އަހަރުގަ އެވެ. އެއީ "ހީރޯސް" ސިލްސިލާގެ ރެޑް ކާޕެޓް ހަރަކާތަކަށް ދިޔުމުގެ ތެރޭގައި، އޭނާގެ ޕްރޮފެޝަނަލް ޓީމުގެ މެންބަރަކު ހަކަތަ ލިއްބައިދޭ "ހެޕީ ޕިލް" އެއްގެ ނަމުގައި ދިން ބޭހަކުންނެވެ.

ޕެނެޓިއޭގެ ކޮއްކޮ ޖެންސަން ވެސް ވަނީ އުމުރުން 28 އަހަރުގައި ހިތުގެ ބައްޔެއްގައި މަރުވެފަ އެވެ. ޕެނެޓިއޭގެ ފޮތުގައި ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ ކޮއްކޮއަކީ ވެސް މަސްތުވާތަކެތީގެ ވަބާގައި އުޅުނު މީހެކެވެ. އަދި މަރުވުމާ ހަމައަށް އޭނާ ހެރޮއިން އާއި ކޮކެއިން ބޭނުންކުރަމުން ދިޔަ ކަމަށް ޕެނެޓިއޭ ލިޔެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox