ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ތަހުގީގުކުރަނީ

Sep 21, 2026, 8:10 PM
ސްވިޒަލެންޑްގެ ކެޕްޓަން، ގްރޭނިޓް ޝަކާ.

ސްވިޒަލެންޑްގެ ކެޕްޓަން، ގްރޭނިޓް ޝަކާ.

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 21) - ސަންޑަލެންޑަށް ކުޅެމުން އަންނަ ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން، ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހި ކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލަ ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފި އެވެ. 

ސްވިޒަލެންޑް ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެންމެ ފުރަތަމަ 2021 ވަނަ އަހަރު ކޮވިޑް ވެކްސިން ޖެހުމަށް ލަފާ ދެމުންދިޔައިރު، ޝަކާ، ވެކްސިން ނުޖަހާ ކަމަށް އޭރު ސްވިޒަލެންޑްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ ބުނެފަ އެވެ.

ޝަކާ ކޮވިޑް ވެކްސިން ޖަހަން މޮރީނިއޯ އެދިއްޖެ

ްސްވިޒަލެންޑްގެ މިޑްފީލްޑަރު ޝާކާ ކޮވިޑް ވެކްސިން ޖަހަން ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އެދިފައި. މި ވަގުތު ކޮވިޑަށް ޕޮޒިޓްވެފައި ހުރި ޝަކާ ހޯދަން ނިމިދިޔަ ޓްރާންސްފާ މާކެޓްގައި މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ އިން ވަނީ މަސައްކަތްކޮށްފައި.

އުމުރުން 33 އަހަރުގެ ޝަކާ، ފޭކް ކޮވިޑް ސެޓްފިކެޓެއް ހަދަން މަޖުބޫރުވީ، 2022 ވަނަ އަަހަރުގެ ފަހުން ސްވިޒަލެންޑުގެ ރައްޔިތަކު އެހެން ގައުމަކަށް ދާނަމަ، ކޮވިޑް ވެކްސިން ޖެހިކަން ކަށަވަރުކުރެވޭ ސެޓްފިކެޓެއް އޮންނަން ޖެހޭ ގޮތަށް އުސޫލު ހެދުމުންނެވެ. 

ސްވިޒަލެންޑުގެ ޕަަބްލިކް ޕްރޮސެކިއުޓަރުން މިހާރު ބަލަމުން އަންނަ މައްސަލައިގައި ޝަކާގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުރިހަމަ ކުރުމާ މެދު ވަރަށް އަަވަހަށް ގޮތެއް ނިންމާެނެ އެވެ. 

ޝަކާ، އެ ސެޓްފިކެޓް ގެންގުޅުނު ދުވަސްވަރު ކުޅެމުން އައީ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަށެވެ. އޭގެ ފަހުން، ބަޔާ ލެވަކޫސަނަށް ބަދަލުވި ޝަކާ، އެ ޓީމުގައި ކާމިޔާބީތަކެއް ހޯދައި، މިދިޔަ ސީޒަނުގައި އަލުން ޕްރިމިއާ ލީގުގެ ސަންޑަލެންޑަށް ބަދަލުވި އެވެ. 

ސްވިޒަލެންޑްގެ ކެޕްޓަން، ގްރޭނިޓް ޝަކާ.
ސްވިޒަލެންޑްގެ ކެޕްޓަން، ގްރޭނިޓް ޝަކާ.

އިންސްޓަގްރާމްގައި ޝަކާ ލިޔެފައިވާ ގޮތުގައި، ކޮވިޑް ވެކްސިން ޖަހަން އޭރު ބޭނުމެއް ނުވީ އެކަމާ ގުޅޭ ގޮތުން ފުރިހަމަ ޔަގީންކަމެއް ނެތުމުން ކަމަށެވެ. އަދި، އެންމެ ފަސޭހަ ގޮތަކަށް ކޮވިޑް ވެކްސިން ސެޓްފިކެޓް ހޯދަން ޖެހުނު ކަމަށާއި އެކަން ކުރަން ޖެހުނީ އެންމެ ރަނގަޅަށް ނޫން ކަމަށް ވެސް ޝަކާ ވަނީ ގަބޫލުކޮށްފަ އެވެ. 

މި މައްސަލަ ބަލަމުން އަންނާތީވެ، ޝަކާ ވަނީ މި ފަހަރުގެ ގައުމީ ޓީމުގެ ކޭމްޕްގައި ބައިވެރިނުވާން ނިންމައިފަ އެވެ. ސްވިޒަލެންޑް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، ގައުމީ ޓީމަށް 152 މެޗު ކުޅެދީފައިވާ ޝަކާ، ކުރިއަށް އޮތް ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކުަގައި ވާދަކުރާ ސްކޮޑުގައި ނުހިމެނުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. 

ނޭޝަންސް ލީގުގައި މި ފަހަރުގެ ފީފާ ބްރޭކުގައި ސްވިޒަލެންޑުން ކުޅެން ހަަމަޖެހިފައިވަނީ، ނޯތު މެސެޑޯނިއާއާ ދެކޮޅަށް ދެ މެޗާއި ސްކޮޓްލެންޑާއި ސްލޮވީނިއާއާ ދެކޮޅަށް އެއް މެޗެވެ. 

ސަންޑަލެންޑްގެ ކޯޗު، ރެގިސް ލެ ބްރިސްއާ ވަނީ ޝަކާގެ މި ކަންކަމާ ގުޅޭ ގޮތުން މި ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން ސަންޑަލެންޑް ބަލިވި މެޗަށް ފަހު އަމާޒުވެފަ އެވެ. ލެ ބްރިސް ބުނީ، ކޮވިޑް ވެކްސިން ސެޓްފިކެޓަކީ އޭނާއާ ގުޅޭ ދާއިރާގެ ކަމެއް ނޫން ކަމަށާއި އޭނާ ބަލަން ޖެހޭ ފުޓްބޯޅައާ ގުޅޭ ކަންކަމާ ގުޅޭ ގޮތުން ޝަކާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox