އެހެން ވިސާއެއްގައި އެތެރެވުމަށް ފަހު ވާކް ވިސާއަށް ބަދަލުނުކުރެވޭ ގޮތަށް ހަދައިފި

ތިލަމާލޭ ބްރިޖުގެ މަސައްކަތުގައި އުޅުނު ބިދޭސީ މަސައްކަތްތެރިންތަކެއް: ވޯކް ވިސާއާ ހިލާފަށް ބިޒްނަސް ވިސާ ލިބެނީ ކުރު މުއްދަތަކަށް --- ފޮޓޯ: އަދަދު

ތިލަމާލޭ ބްރިޖުގެ މަސައްކަތުގައި އުޅުނު ބިދޭސީ މަސައްކަތްތެރިންތަކެއް: ވޯކް ވިސާއާ ހިލާފަށް ބިޒްނަސް ވިސާ ލިބެނީ ކުރު މުއްދަތަކަށް --- ފޮޓޯ: އަދަދު

ވޯކް ޕާމިޓް ހޯދުން އަވަސް ކުރަން ބިޒްނަސް ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ، ހާއްސަ ވިސާތަކާއި ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވުމަށް ފަހު ވާކް ވިސާއަށް ބަދަލު ނުކުރެވޭ ގޮތަށް ހޯމް މިނިސްޓްރީގެ އުސޫލު ބަދަލުކޮށްފި އެވެ. 

މި ބަދަލާ ބެހޭ ގޮތުން ހޯމް މިނިސްަޓްރީމް މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ބިޒްނަސް ވިސާ ދޫކުރަނީ ވިޔަފާރީގެ ކަންކަމަށް ބޭރުގެ ފަންނީ މީހުން ކުރު މުއްދަތަކަށް ގެންނަން ކަަމަށެވެ. ނަމަވެސް ބައެއް ވިޔަފާރިތަކުން ވޯކް ޕާމިޓް ހޯދުން އަވަސްކުރަން މި ވިސާތަކުގައި އެތެރެވުމަށް ފަހު، ވާކް ވިސާއަށް ބަދަލުކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. 

މިކަން ހުއްޓުވަން ގެނައި ބަދަލުގެ ދަށުން، ބިޒްނަސް އަދި ސްޕެޝަން ވިސާގައި އެތެރެވެފައިވާ އެއްވެސް މީހަކަށް "އެކްސްޕެޓް ސިސްޓަމް" ގެ ތެރެއިން ވޯކް ވިސާއަށް ހުށަނޭޅޭނެ އެވެ. 

Advertisement

ހޯމް މިނިސްޓްރީން ވަނީ  އިތުރު މައުލޫމާތު ސާފުކުރަން 1485 އަށް ގުޅައި ނުވަތަ xpat@home.gov.mv އަށް އީމެއިލްކުރަން އެދިފަ އެވެ. 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އާއި ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މައްސަލަ ހައްލުކުރަން ސަރުކާރުން ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކުރަން، "އޮޕަރޭޝަން ކުރަނގި" ނަމުގައި ބޮޑު އޮޕަރޭޝަނެއް ހިންގާފަ އެވެ. މި އޮޕަރޭޝަނުގެ ދަށުން ރާއްޖޭގައި ވަޒިފާ އަދާކުރާ ބިދޭސީންގެ 98 ޕަސެންޓު މީހުންގެ މައުލޫމާތު އެއްކުރި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އޭގެ އިތުރުން ސަރުކާރުން އަންނަނީ، ލިޔެކިޔުން ނެތި އުޅޭ ބިދޭސީންނާއި އިމިގްރޭޝަން އެއްބަސްވުމާ ހިލާފުވާ ބިދޭސީން ޑީޕޯޓު ވެސް ކުރަމުންނެވެ. މިހާރު ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ހިސާބުން ވެސް އިމިގްރޭޝަނުން އަންނަނީ އެ ބަޔަކު ޑީޕޯޓުކުަރަމުންނެވެ. 

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox