ގްރޭޓާ މާލޭ ޓްރާންސްޕޯޓު މޮބިލިޓީ އޮފީސް ހިންގުން މާނިއުއާ ހަވާލުކޮށްފި

Sep 15, 2026, 1:28 PM
ކުރީގެ ކަސްޓަމްސް ކޮމިޝަނަރު ޔޫސުފް މާނިއު: މާލެ ސަރަހައްދުގެ ޓްރާންސްޕޯޓު ކަންކަން ބަލަހައްޓާ އޮފީސް ހިންގާނީ މާނިއު --- ފޮޓޯ؛ ފޭސްބުކް

ކުރީގެ ކަސްޓަމްސް ކޮމިޝަނަރު ޔޫސުފް މާނިއު: މާލެ ސަރަހައްދުގެ ޓްރާންސްޕޯޓު ކަންކަން ބަލަހައްޓާ އޮފީސް ހިންގާނީ މާނިއު --- ފޮޓޯ؛ ފޭސްބުކް

މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރަން ހާއްސަ ބާރުތަކެއް ދީގެން ވަކި މުއްދަތަކަށް އުފައްދާ "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ވެރިޔަކަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޔޫސުފް މާނިއު އައްޔަންކޮށްފި އެވެ. 

މިކަން ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް، އަދަދު ނޫހުން ގުޅުމުން މާނިއު ވަނީ އޭނާ އެ މަގާމަށް އައްޔަންކުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ. 

މި އޮފީހަކީ އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން ގްރޭޓާ މާލެ ކަމަށް ބުނާ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ބަލަހައްޓަން އުފައްދާ އޮފީހެކެވެ. މި އޮފީހަށް ލިބޭ އެންމެ ބޮޑު ބާރަކީ ނުވަތަ މަސްއޫލިއްޔަތަކީ މާލޭ ސަރަހައްދަށް ރަޖިސްޓްރީ ކުރެވޭ އުޅަނދުގެ ކޯޓާ ސިސްޓަމެއް ތައާރަފު ކުރުމެވެ. އެއިރުން އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ ކޯޓާއެއް އޮވެގެންނެވެ. 

މާލޭ ސަރަހައްދުގައި އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ލިމިޓެއް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ. އެ ލިމިޓުގައި އޮންނަނީ އަލަށް ރަޖިސްޓްރީ ކުރެވޭނީ ނައްތާލާ އުޅަނދުގެ 30 ޕަސެންޓަށް ވުރެ ގިނަ ނުވާ އަދަދަކަށެވެ. 

ގްރޭޓާ މާލެ ޓްރާންސްޕޯޓް އޮފީހުގެ މަސްއޫލިއްޔަތުތައް 

  • ޓްރެފިކާއި ތޮއްޖެހުމުގެ މައްސަލަތައް ހައްލު ކުރަން ސިޔާސަތެއް ކަނޑައެޅުން 
  • މަގުތައް ރޭވުމާއި ތަރައްގީ ކުރުން 
  • މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ކޯޓާއެއް ކަނޑައެޅުން 
  • މާލެ ސަރަހައްދުން ނައްތާލެވޭ އުޅަނދުގެ 30 ޕަސެންޓަށްވުރެ އިތުރުނުވާ މިންވަރަކަށް އުޅަނދު ރަޖިސްޓްރީ ކޮށްދިނުން 
  • ޕާކު ކުރުމުގެ ހާއްސަ ނިޒާމުތަކާއި މިންގަނޑުތައް ކަނޑައެޅުން 
  • ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ފޯރުކޮށްދިނުން 
  • އޮޓޮމޭޓެޑް ވެހިކަލް އިންސްޕެކްޝަން ނިޒާމެއް ގާއިމް ކުރުން 
  • މޮބިލިޓީ ރިފޯމް ޕްލޭނެއް އެކުލަވާލުން

އޭގެ އިތުރުން، މޮބިލިޓީ ރިފޯމް ޕްލޭނެއް ވެސް އެ އޮފީހުން ހަދަން ޖެހެ އެވެ. އެ ޕްލޭނުގައި، މާލޭގެ އާބާދީ އާއި އާބާދީ އިތުރުވާނެ މިންވަރަށް ބަލައި ބައެއް ކަންކަން ރާވަން ޖެހެ އެވެ. އަދި މަގުތަކާއި ގޯޅިތައް ރިސްޓްރަކްޗާ ކުރަން ޖެހޭ ނަމަ އެކަން ވެސް ޕްލޭނުގައި ހިމަނަން ޖެހެ އެވެ. 

މާލެ ސަރަހައްދުގައި އެންމެ ގިނައިން ރަޖިސްޓްރީކޮށްދެވޭނެ އުޅަނދުގެ އަދަދު ވެސް ގާނޫނުގެ ދަށުން މޮބިލިޓީ އޮފީހުން ކަނޑައަޅަން ޖެހެ އެވެ. އެ އަދަދު ކަނޑައަޅަން ޖެހެނީ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގަ އެވެ.

އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އިތުރުކޮށްފައިވާ އާ އަދި އެންމެ މުހިންމު އެއް ބަޔަކީ މާލެ ސަރަހައްދަށް ހާއްސަކޮށް ހިމަނާފައިވާ ސަންސެޓު ބާބެވެ. އެ ބާބަށް އަމަލު ކުރެވޭނީ ގިނަވެގެން ތިން އަހަރު ދުވަސް ވަންދެކަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox