ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް
2 ލިޔުން
ފަހުގެ
ހަބަރުމާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ
މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.
ހަބަރުގްރޭޓާ މާލޭ ޓްރާންސްޕޯޓު މޮބިލިޓީ އޮފީސް ހިންގުން މާނިއުއަށް
މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް އަލަށް އުފެއްދި "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ވެރިޔަކަށް ޔޫސުފް މާނިއު އައްޔަންކޮށްފިއެވެ. މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ މާލެ ސަރަހައްދަށް އުޅަނދު ރަޖިސްޓްރީކުރާނެ ކޯޓާ ސިސްޓަމެއް ތައާރަފުކުރުމާއި، މަގުތައް ރިސްޓްރަކްޗާ ކުރުމުގެ މޮބިލިޓީ ރިފޯމް ޕްލޭނެއް އެކުލަވާލުމެވެ. ތިން އަހަރުގެ މުއްދަތަށް އުފެއްދި މި އޮފީހުން މާލެ ސަރަހައްދުގައި އެންމެ ގިނައިން ރަޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދުވެސް ކަނޑައަޅާނެއެވެ.
