ތިން އަހަރު ފަހުން 20 އަހަރު ވެފައިވާ ހުރިހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެ

ސިނަމާލް ބްރިޖު މަތިން މީހުން ދަތުރުކުރަނީ: މީގެ ކުރިން އުމުރު ބޭނުންކުރެވޭނެ އެންމެ ދިގު އުމުރެއް ގާނޫނުގައި ނޯވޭ --- ފޮޓޯ: އަދަދު

ސިނަމާލް ބްރިޖު މަތިން މީހުން ދަތުރުކުރަނީ: މީގެ ކުރިން އުމުރު ބޭނުންކުރެވޭނެ އެންމެ ދިގު އުމުރެއް ގާނޫނުގައި ނޯވޭ --- ފޮޓޯ: އަދަދު

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން އަހަރު ފަހުން 20 އަހަރު ވެފައިވާ ހުރިހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިިލުކުރަން ޖެހޭ ގޮތަށް ހަދަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

މަޖިލީހުން އިއްޔެ ފާސްކުރި ބިލުގައި ވަނީ، އިސްތިސްނާ ކުރެވޭ ހާއްސަ ގިންތީގެ އުޅަނދުތައް ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ބޭނުންކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. މި މުއްދަތު ހަމަވުމުން އެ އުޅަނދުތަކުގެ ވެރިފަރާތަށް ނޯޓިސް ދިނުމަށް ފަހު، އުޅަނދުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ އެވެ.

މިހެން ކަމުން، މިހާރު 20 އަހަރު ވެފައިވާ އުޅަނދުތަކާއި 2029 ވަނަ އަހަރުގައި 20 އަހަރުވާ 20 އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ އެވެ. ރަޖިސްޓްރީ ބާތިލުކުރުމުން އިސްތިސްނާ ވަނީ، އުޅަނދުގެ ބާވަތާއި ތާރީހީ ގޮތުން މުހިންމުވާ އުޅަނދު ކަމުގައި ކަނޑައަޅާ އުޅަނދެވެ.

ހާއްސަ ގިންތީގެ އުޅަނދުތަކުގެ ޝަރުތުތައް ކަނޑައަޅާނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކަމަށެވެ. މި ގަވާއިދުގައި ހާއްސަ ގިންތީގެ ޝަރުތު ހަމަވާ މިންގަނޑުަކާއި، އެފަދަ އުޅަނދު ރީފާބިޝްކުރުމުގެ ޝަރުތުތަކާއި ރޯޑްވާދިނަސް ފުރިހަމަ ކުރުމުގެ ޝަރުތުތަކާއި އެ ނޫން ވެސް ޝަރުތުތައް ބަޔާންކުރަން ޖެހެ އެވެ. 

އެެއްގަމު ދަތުރުފަތުރުގެ ބިލު ދިރާސާކުރި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބުނީ، އުޅަނދުފަހަރު ބޭނުންކުރެވޭ އެންމެ ދިގު މުއްދަތެއް ކަނޑައެޅުމުން މަގުމަތީގައި ބޭނުންކުރެވޭ އުޅަނދުފަހަރަކީ ވަކި މިންގަނޑަކަށް ފެތޭ އުޅަނދުތަކެއްކަން ކަށަވަރުކުރުވޭނެ ކަމަށެވެ. އަދި، މީގެ ސަބަބުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކުރިމަތިވެދާނެ ނުރައްކާތައް މަދުކުރުމަށް މަގުފަހި ވެގެން ދާނެ ކަމަށް ވެސް ކޮމިޓީން ބުންޏެވެ. 

މިހާރު އަމަލުކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި އުޅަނދު ބޭނުންކުރެވޭނެ އުމުރެއް ކަނޑައަޅާފައި ނޯވެ އެވެ. ނަމަވެސް އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށް އުޅަނދުތައް ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ބާރު އޮތީ ދީފަ އެވެ، 

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox