ޓްރެފިކް ޖޫރިމަނާ 5000 އަށް ވުރެ އިތުރުވެއްޖެ ނަމަ އާ ގާނޫނުގެ ދަށުން ލައިސަންސް ހިފަހައްޓަނީ

Sep 6, 2026, 5:45 PM
މާލޭގައި ސައިކަލުތަކެއް ދުއްވަނީ: ލައިސަންސް ހިފަހައްޓާގައި ވަގުތީ ހުއްދައެއް ދެވިދާނެ -- ފޮޓޯ: އަދަދު ފައިލް

މާލޭގައި ސައިކަލުތަކެއް ދުއްވަނީ: ލައިސަންސް ހިފަހައްޓާގައި ވަގުތީ ހުއްދައެއް ދެވިދާނެ -- ފޮޓޯ: އަދަދު ފައިލް

އަލަށް އަމަލު ކުރަން ފަށާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާ އާއި ފީތަކަށް 5000 ރުފިޔާއަށް ވުރެ އިތުރަށް އަރައިފި ނަމަ ލައިސަންސް ހިފަހައްޓަންޖެހޭ ގޮތަށް ހަމަަޖައްސައިފި އެވެ. 

އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ އޮކްޓޯބަރު 1، އިން ފެށިގެންނެވެ. ފީ އާއި ޖޫރިމަނާ އަށް ދައްކަންޖެހޭ އަދަދު 5000 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑުވެއްޖެ ލައިސަންސް ހިފަހައްޓަން ގާނޫނުން މަޖުބޫރެވެ. އެއީ މިހާރު އަމަލު ކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި އޮންނަ މާއްދާއެއް ނޫނެވެ. 

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބުނެފައި ވަނީ ޖޫރިމަނާ އަރައިގެން ނުވަތަ އެހެން ގޮތަކުން ނަމަވެސް މީހެއްގެ ލައިސަންސް ހިފެހެއްޓޭނީ ޓްރެފިކް ފުލުހުން އެގޮތަށް ކަނޑައަޅައިގެން ނުވަތަ ކޯޓެއްގެ ހުކުމެއްގެ ދަށުން ކަމަށެވެ.

Advertisement

ލައިސަންސް ހިފަހައްޓައިފި ނަމަ، ވެހިކަލް ދުއްވުމުގެ ވަގުތީ ހުއްދައެއް ދޫކުރުމުގެ އިހްތިޔާރު އާ ގާނޫނުގެ ދަށުން ޓްރެފިކް ފުލުހުންނަށް ލިބެ އެވެ. ވަގުތީ ހުއްދައަކީ 48 ގަޑިއިރަށް ބޭނުން ކުރެވިދާނެ ހުއްދައެކެވެ. 

އޭގެ އިތުރުން ވެސް އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި ވަނީ މުޅިން އާ ބައެއް ކަންކަން ހިމަނައިފަ އެވެ. އޭގެ ތެރޭގައި އެއް ވެހިކަލަށްވުރެ ގިނަ ވެހިކަލް އެމީހެއްގެ ނަން މަތީގައި ރަޖިސްޓްރީ ކުރެވޭނެ އަދަދު ކަނޑައެޅުމާއި ރަޖިސްޓްރޭޝަން ފީ ބޮޑު ކުރުން ހިމެނެ އެވެ. 

ގާނޫނުގައި ހިމަނާފައިވާ އާ ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަމުން އަންނަނީ 20 އަހަރުވެފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރުމެވެ. އަދި ވެހިކަލް މޮޑިފައި ކުރުމާއި ޑޮމެއިން ނެގުމުގެ އުސޫލުތަކެއް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ. 

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox