ދެ އަހަރު ފަހުން އަކުރަމް ކުޅެން ނުކުންނަން ތައްޔާރުވަނީ

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އަކޫ: ދެ މަހެއްހާ ދުވަސް ތެރޭ ކުޅުމަށް އެނބުރި އަންނާނެ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އަކޫ: ދެ މަހެއްހާ ދުވަސް ތެރޭ ކުޅުމަށް އެނބުރި އަންނާނެ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ވިކްޓަރީ ސްޕޯޯޓްސް ކްލަބްގެ ކޮންޓްރެކްޓްގައި ހުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ)، ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ އެވެ. 

އަަކޫ، 39، އެންމެ ފަހުން ކުޅުނު މެޗަކީ، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުުޅުނު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގަ އެވެ. އޮޑި ސްޕޯޓްސް ކްލަބް އަތުން ވިކްޓަރީ ބަލިވި އެ ފައިނަލުގައި އަކޫ ވަނީ ގޯލު ވެސް ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި ވެސް ވިކްޓަރީ ސްކޮޑުގައި ހިމެނުނު ނަމަވެސް، އަކޫ ފެނިގެންދިޔައީ ކޯޗިން ސްޓާފުންގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ ތަނެެވެ. 

ވިކްޓަރީން މި ސީޒަނަށް ޕްރީ ސީޒަން ޕްރެކްޓިސް ފެށިއިރު، އަކޫ ބައިވެރިވި އެވެ. އަކޫ، ޓީމަށް އެނބުރި އައުމާ ބެހޭގޮތުން، ވިކްޓަރީގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ، ދިވެހި ޕްރިމިއާ ލީގުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދީފަ އެވެ. 

އެ ގޮތުން، މޯހަން ބުނީ، އެންމެ ރަނގަޅު ލެވަލްގައި ފިޓްވެގެން އައިސް އަކޫ މެޗުތަކުގައި ކުޅެން އަދި ވަރަށް ދުވަސް ނަގާނެ ކަމަށެވެ. 

"އަކްރަމް ދަނީ، ވަރަށް ބޮޑަށް މަސައްކަތް ކުރަމުން، ޕްރީ ސީޒަން ފައްޓާފައި އަނެއްކާ ވެސް އިންޖަރީ ވެގެން، 10، 12 ވަރަކަށް ދުވަސް ގޮސްފައި ފަށާފައިވަނީ. ފިޓްނަސް އެންމެ އެންމެ އެއް ނޫން. ބައިވަރު ކަންތައް އެބަހުރި އަކްރަމް ރަނގަޅު ކުރަން ޖެހޭ. އަދި، ވަރަށް ދުވަސް ނަގާނެ، ދޮޅު މަހެއް، ދެ މަހެއް ވަރު އެންމެ ކުޑަވެގެން ނަގާނެ ހަމަ ޔަގީނުން ވެސް، އެ ހިސާބަށް އަންނަން،" މޯހަން ބުންޏެވެ. 

ވިކްޓަރީ އަށް 2012 ވަނަ އަހަރު ކުޅުނު އަކޫ އެ ޓީމަށް ދެ ވަނަ ފަހަރަށް ބަދަލުވީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އޭގެ ފަހުން ވިކްޓަރީގައި މަސައްކަތް ކުރަމުން އަންނަ އަކުރަމް ބުނީ، ދެ ވަނަ ޑިވިޝަނުގައި 2023/24 ސީޒަނުގައި ކުޅުމަށް ފަހު، އެ އަހަރުގެ ރޯދަ މަހު ކުޅެނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަން ކުރަން ޖެހުނު ކަމަށެވެ. 

"އޭސީއެލް އާއި މެނިސްކަން އޮޕަރޭޝަނެއް ހަަމަ އަލުން ކުރީ. (ފިޓްވާން ކުރަމުން އަންނަ މަސައްކަތަށް ބަލާއިރު) މަސް ދުވަސް ތެރޭ، އިރާދަކުރެއްވިއްޔާ ރެޑީ ވެވޭނެ. މިހާރު ވާ ގޮތަކީ، މީހާ މާ ބޮޑަށް ސްލޯ އީ. ދެން، ވަރަށް އަންފިޓް ވެސް ވާނެތާ އެހެން ޕްރެކްޓިސް ނުކޮށް ހުންނަންޖެހުނީމަ،" 2022 ވަނަ އަހަރު އޮކްޓޫބަރު މަހު ވެސް ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު، އަކޫ، "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.  

އަކޫ: އަންނަނީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް)ގައި ކޯޗިންގެ މަސައްކަތް ވެސް ކުރަމުން،--- ފޮޓޯ: އަދަދު ސްޕޯޓްސް
އަކޫ: އަންނަނީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް)ގައި ކޯޗިންގެ މަސައްކަތް ވެސް ކުރަމުން،--- ފޮޓޯ: އަދަދު ސްޕޯޓްސް

އަކޫ ބުނީ، ޕްރީ ސީޒަން ޕްރެކްޓިސް ފެށުމަށް ފަހު، ވިކްޓަރީން އެންމެ ރަނގަޅަށް ޓްރެއިނިން ކުރިއަށްގެންދިޔައިރު ހުންނަން ޖެހުނީ ބޭރުގައި ކަމަށެެވެ. އެހެން ނަމަވެސް، މަޑުމަޑުން ފިޓްނަސް ރަނގަޅު ކުރަމުން އަންނަ ކަމަށް އަކޫ ވަނީ ބުނެފަ އެވެ. 

"އަދިކިރިޔާ އެ ދިޔައީ މަސް ގަނޑަށް ވެފައި އިން އެ ތަދުތައް. ދެން، ރަނގަޅަށް ޓްރެއިނިން ހަދާލެވޭނެ، ސްޕީޑާ އެއްޗެހި ހަދާފައި ތައްޔާރުވެލަން އަދި ނަގާނެ ދޮޅު މަހެއް ވަރު ތެރޭގައި ހަމަ ރަނގަޅު މެޗެއް ކުޅެލެވޭ ވަރުވާނީ، އަދި، ކުޅޭއިރު ވެސް މަދުމަދުން ކުޅެމުން އައިސް އެއްކޮށް ފިޓްވެވޭނީ،" އަކޫ ބުންޏެވެ. 

ވިކްޓަރީން ވަނީ މި ފަހަރު، ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން، ޓީސީ ސްޕޯޓްސް ކްލަބް އަތުން 5-1 އިން ވަނީ މޮޅުވެފަ އެވެ. 

ރާއްޖޭން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން، އަކޫ، ކެރިއަރު ފެށީ 2006 ވަނަ އަހަރު ވެލެންސިއާ އިންނެވެ. އޭގެ ފަހުން 2007 އިން 2009 އަށް އަކޫ ފެނުނީ ނިއު ރޭޑިއަންޓުންނެވެ. ނިއު ދޫކޮށް 2010 ވަނަ އަހަރު ވީބީ އައްޑޫ އެފްސީ އަށް ކުޅުމަށް ފަހު 2011 ވަނަ އަހަރު ހޭދަކުރީ މާޒިޔާގަ އެވެ. އަދި 2012 ވަނަ އަހަރު ވިކްޓްރީ އަށް ކުޅުނެވެ.

އަކޫ، ދެ ވަނަ ފަހަރަށް ވެލެންސިއާ އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން ނިއު އަށް އަނެއްކާ ވެސް ބަދަލުވި އެވެ. ނިއު އަށް 2014 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ކުޅެ، 2015 އާއި 2016 ކުޅުނީ އަނެއްކާ ވެސް ވެލެންސިއާ ޖޯޒީގަ އެވެ. ވެލެންސިއާ ދޫކޮށް 2017 ގައި ނިއު އަށް ބަދަލުވެ، އެ ޓީމަށް ކުޅުނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ވަނީ ކުޅެފަ އެވެ. ޓީސީ ދޫކޮށް 2019 ވަނަ އަހަރު ވެލެންސިއާ އަށް ކެރިއަރުގެ ހަތަރު ވަނަ ފަހަރަށް ބަދަލުވި އެވެ.

އޭގެ ފަހުން، 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ކްލަބް އީގަލްސް އިން އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި އަކޫ ވަނީ އީގަލްސް އަށް ކުޅެފަ އެވެ. އަދި، އޭގެ ފަހުން، މާޒިޔާ އަށް ކުޅުމަށް ފަހު އަލުން ވިކްޓަރީ އަށް ބަދަލުވީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox