ވިކްޓަރީން ޕްރީ ސީޒަން ކޭމްޕަކަށް ސްރީ ލަންކާ އަށް

Aug 25, 2026, 1:20 PM
ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޕްރީ ސީޒަން ޓްރެއިނިން އެއްގެ ތެރެއިން.--- ފޮޓޯ: ޖޮޒްޓީ/ފޭސްބުކް

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޕްރީ ސީޒަން ޓްރެއިނިން އެއްގެ ތެރެއިން.--- ފޮޓޯ: ޖޮޒްޓީ/ފޭސްބުކް

ވިކްޓަރީ ސްޕޯޓްސް ކްލަބުން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ޕްރީ ސީޒަން ކޭމްޕަކަށް ސްރީ ލަންކާ އަށް ދިއުމަށް ހަމަޖެހިއްޖެ އެެވެ. 

މި މަހު ކުރީކޮޅުގައި، އާ ސީޒަނަށް ޕްރެކްޓިސް ފެށި ވިކްޓަރީން މި ފަހަރު ވަނީ ޓީމު ވަރަށް ބޮޑުތަނުން ވަރުގަދަކޮށްފަ އެވެ. ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި މި ސީޒަނުގައި ވާދަކުރާ ވިކްޓަރީން އަންނަ މަހު އެއް ވަނަ ދުވަހު، ސްރީ ލަންކާ އަށް، ހަފްތާއެއްހާ ދުވަހަށް ޓްރެއިނިން ކޭމްޕެއް ދިއުމަށް ވަނީ ނިންމައިފަ އެވެ. 

"އަަދަދު ސްޕޯޓްސް" އަށް މޯހަން ބުނީ، ސްރީ ލަންކާގެ ކޭމްޕަކީ، ސީޒަނަށް ތައްޔާރުވުމަށްޓަކައި، ޓްރެއިނިންތައް ކުރިއަށްގެންދިއުމާއި މެޗުތަކެއް ކުޅުމަށްޓަކައި ހަމަޖެއްސި ކޭމްޕެއް ކަމަށެވެ. 

ކުރިއަށް އޮތް ސީޒަނަށް ވިކްޓަރީ ވަރުގަދަ ކުރުމަށްޓަކައި ގެނެސްފައިވާ ކުޅުންތެރިންނަށް ބަލާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ގެނައި ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒު ހަސަން (ދާދު)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހަސަން ނަޒީމް (ޗޯޓު)ގެ އިތުރުން، ކްލަބް އީގަލްސް އިން ގެނައި، އަހުމަދު ރިޒުވާން (ރިޒޭ) އާއި ހިސާމް ސަލީމް (ކޮކީ)، އޮޑި ސްޕޯޓްސް ކްލަބުން ގެނައި ހުސެއިން ނިހާން (ނިހާޓް)، މުހައްމަދު ޝަފީއު (ޗެކް)، ޓީސީ ސްޕޯޓްސް ކްލަބުން ގެނައި އަހުމަދު މާއިޝް ރަޝީދު (މާއި) އަދި ހުސެއިން ޝަރީފް (ހުސީ) ހިމެނެ އެވެ. 

ވިކްޓަރީ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު، އުޒްބެކިސްތާންގެ ޑިފެންޑަރު ފުރްކަތޯން ހަސަންބޮއޭވް، ބްރެޒިލްގެ ޑިފެންޑަރު އާތޫރް އަރަައުހޯ އަދި އުޒްބެކިސްތާންގެ މިޑްފީލްޑަރު މިރްޖަލޯލް ކަސީމޯވް އެވެ. 

މީގެ ކުރިން ރާއްޖޭގެ ބައެއް ކްލަބްތަކުން އެފްއޭއެމްގެ ހަރަދުގައި، އޭއެފްސީ މުބާރާތްތައް ކުޅުމުގެ ކުރިން، ޓްރެއިނިން ކޭމްޕްތަކެއް ފުރިހަމަކޮށްފައިވެ އެވެ.  

ވިކްޓަރީން މި ސީޒަނުގައި ފުރަތަމަ ވާދަކުރަން ހަމަޖެހިފައިވަނީ، އަންނަ މަހުގެ 10 ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގުގަ އެވެ.

ޖުމްލަ އެކު 10 ޓީމު ކުޅޭ މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު، ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ނިންމާފަައިވާއިރު، ރީޖަނަލް ލީގުތަކުން، ޕްރިމިއާ ލީގަށް އައި، ގދ. ގައްދޫ އާއި ހއ. ދިއްދޫގެ ހޯމް މެޗުތައް ކުޅެނީ އެ ދެ ރަށުގަ އެވެ. ވިކްޓަރީން ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗު އޮތީ، އަންނަ މަހުގެ 11 ވަނަ ދުވަހު، ގަލޮޅު ދަނޑުގަައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. 

މި ފަަހަރު ޕްރިމިއާ ލީގުގައި ކުޅޭ ޓީމުތަކަކީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް، ބިސް ބުރު ސްޕޯޓްސް ކްލަބް، މާޒިޔާ، ވިކްޓަރީ، އޮޑި، ޓީސީ، އީގަލްސް، ދިއްދޫ އަދި ގައްދޫ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox