ވިކްޓަރީން ސްރީ ލަންކާ ކޭމްޕްގައި 4 މެޗު ކުޅޭނެ

Sep 3, 2026, 2:38 PM
މިިދިޔަ ސީޒަނުގައި ވިކްޓަރީން ކުޅުނު މެޗެއްގެ ތެރެއިން: މި ފަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ވިކްޓަރީން ސްރީ ލަންކާގައި ވަނީ ކޭމްޕްކޮށްފައި.

މިިދިޔަ ސީޒަނުގައި ވިކްޓަރީން ކުޅުނު މެޗެއްގެ ތެރެއިން: މި ފަހަރުގެ ސީޒަނަށް ތައްޔާރުވުމަށް ވިކްޓަރީން ސްރީ ލަންކާގައި ވަނީ ކޭމްޕްކޮށްފައި.

ވިކްޓަރީ ސްޕޯޓްސް ކްލަބުން ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވުމަށްޓަކައި، މިހާރު ސްރީ ލަންކާގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގެ ތެރެއިން ހަތަރު މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ. 

މި މަހު އެއް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް ވިކްޓަރީން ލަންކާގައި ޓްރެއިނިން ކޭމްޕް ކުރިއަށްގެންދާއިރު، އިއްޔެ އާއި އަންނަ ހޮނިހިރު ދުވަހު ޓްރެއިނިން ކުރިއަށްގެންދާއިރު، ބާކީ ހަތަރު ދުވަހު އޮންނާނީ މެޗެވެ. 

އެ ގޮތުން، ވިކްޓަރީން ކުޅޭ ފުުރަތަމަ ޓްރެއިނިން މެޗު ކުރިއަށްދިޔައީ މިއަދު ހަވީރު އެވެ. އެ ގޮތުން، ލަންކާގެ ސުގަތަދާސާ ސްޓޭޑިއަމްގައި، މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓަރީން ބައްދަލުކުރީ ޖާވާ ލޭން ސްޕޯޓްސް ކްލަބާ އެވެ. އެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. 

Advertisement

ވިކްޓަރީން ކުޅޭ ދެ ވަނަ މެޗުގައި، މާދަމާ ހަވީރު، ނޭވީ ގްރައުންޑް ވެލިސަރާގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ސީ ހޯކްސް ސްޕޯޓްސް ކްލަބާ އެވެ. 

ޓްރެެއިނިން ތިން ވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު، ބެއްދަގަނާ ޓްރެއިނިން ސެންޓަރުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ސައުންޑާސް ސްޕޯޓްސް ކްލަބާ އެވެ. އަދި، ޓްރެއިނިން ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ހަވީރު ބްލޫ އީގަލްސް ސްޕޯޓްސް ކްލަބާ ކުޅޭ މެޗު އޮތީ އެއާފޯސް ގްރައުންޑްގަ އެވެ. 

ވިކްޓަރީގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން)، "އަދަދު ސްޕޯޓްސް" އަށް ބުނީ، ޓްރެއިނިން މެޗު ކުޅޭ ހަތަރު ޓީމުގެ ތެރެއިން ދެ ޓީމަކީ މިހާރު ވެސް ލަންކާގެ ފުޓްބޯޅަ ސީޒަނުގައި ވާދަކުރަމުން އަންނަ ޓީމުތައް ކަމަށެވެ. އަދި، ދެން އޮތް ދެ ޓީމަކީ ލަންކާގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަނާއި އެ ޑިވިޝަނުގައި ވާދަކުރާ އެހެން ޓީމެއްކަން މޯހަންގެ ވާހަކައިގައި ފާހަގަކުރި އެވެ. 

ވިކްޓަރީން މި ސީޒަނުގައި ފުރަތަމަ ވާދަކުރަން ހަމަޖެހިފައިވަނީ، މި މަހުގެ 10 ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގުގަ އެވެ. ޖުމްލަ އެކު 10 ޓީމު ކުޅޭ މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު، ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ނިންމާފަައިވާއިރު، ރީޖަނަލް ލީގުތަކުން، ޕްރިމިއާ ލީގަށް އައި، ގދ. ގައްދޫ އާއި ހއ. ދިއްދޫގެ ހޯމް މެޗުތައް ކުޅެނީ އެ ދެ ރަށުގަ އެވެ. ވިކްޓަރީން ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗު އޮތީ، މި މަހުގެ 11 ވަނަ ދުވަހު، ގަލޮޅު ދަނޑުގަައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. 

މި ސީޒަނަށް ވިކްޓަރީ ވަރުގަދަ ކުރުމަށްޓަކައި ގެނެސްފައިވާ ކުޅުންތެރިންނަށް ބަލާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ގެނައި ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒު ހަސަން (ދާދު)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހަސަން ނަޒީމް (ޗޯޓު)ގެ އިތުރުން، ކްލަބް އީގަލްސް އިން ގެނައި، އަހުމަދު ރިޒުވާން (ރިޒޭ) އާއި ހިސާމް ސަލީމް (ކޮކީ)، އޮޑި ސްޕޯޓްސް ކްލަބުން ގެނައި ހުސެއިން ނިހާން (ނިހާޓް)، މުހައްމަދު ޝަފީއު (ޗެކް)، ޓީސީ ސްޕޯޓްސް ކްލަބުން ގެނައި އަހުމަދު މާއިޝް ރަޝީދު (މާއި) އަދި ހުސެއިން ޝަރީފް (ހުސީ) ހިމެނެ އެވެ. 

ވިކްޓަރީ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު، އުޒްބެކިސްތާންގެ ޑިފެންޑަރު ފުރްކަތޯން ހަސަންބޮއޭވް، ބްރެޒިލްގެ ޑިފެންޑަރު އާތޫރް އަރަައުހޯ އަދި އުޒްބެކިސްތާންގެ މިޑްފީލްޑަރު މިރްޖަލޯލް ކަސީމޯވް އެވެ. 

މީގެ ކުރިން ރާއްޖޭގެ ބައެއް ކްލަބްތަކުން އެފްއޭއެމްގެ ހަރަދުގައި، އޭއެފްސީ މުބާރާތްތައް ކުޅުމުގެ ކުރިން، ޓްރެއިނިން ކޭމްޕްތަކެއް ފުރިހަމަކޮށްފައިވެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox