ގައުމީ ޓީމު ތަރި ހަމްޕު ކަކުލުގެ އޮޕަރޭޝަނެއްކޮށްފި، ސާފް ޗެމްޕިއަންޝިޕް ގެއްލޭނެ

Jul 4, 2026, 4:45 PM
ގައުމީ ފުޓްބޯޅަ ޓީމުން އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ހަމްޕު.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ފުޓްބޯޅަ ޓީމުން އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ހަމްޕު.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، ހަމްޒާ މުހައްމަދު (ހަމްޕު)، ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހި މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ. 

ފާއިތުވި ހަތް އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، ހަމްޕު، 31، ވަނީ މިދިޔަަ ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލައިފަ އެވެ. 

ހަމްޕު ވަނީ، ދާދި ފަހުން ކުރިއަށްދިޔަ، ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. 

Advertisement

"އަދަދު ސްޕޯޓްސް" އަށް ހަމްޕު ބުނީ ފަޔަށް ތަދުވެގެން އުޅޭތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށާއި ފުރަތަމަ ޑޮކްޓަރަށް ދެއްކުމުން ބުނީ ސިސްޓެއް ކަމަށެވެ. އެހެންވެ، ސީޒަން ނިމުމުން ސިސްޓް ނެގުމަށް އޮޕަރޭޝަން ކުރަން ނިންމީ ކަމަށް ހަމްޕު ވަނީ ބުނެފަ އެވެ. 

"ސިސްޓް ނަގަންވެގެން އަނެއްކާ ސްކޭނެއް ހެދީމަ ބުނީ މެނިސްކަސްއޭ. ދެން، ލަންކާ އަށް އައީ އޮޕަރޭޝަން ކުރަން. އައީމަ އަނެއްކާ ބުނީ އެމްއާރްއައި ހަދަން. ދެން، އެނގުނީ އޭސީއެލް (އެންޓީރިއާ ކްރޫޝިއޭޓް ލިގަމެންޓް) އާއި މެނިސްކަސް ވެސް ގޮސްފައިކަން އިނީ. އެހެންވެ، އޮޕަރޭޝަން ކުރީމި،" ލަންކާގައި ކުރިއަށްދިޔަ އޮޕަރޭޝަނާ ގުޅޭގޮތުން، ހަމްޕު، "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ. 

ހަމްޕު ބުނީ، މިއީ ކެރިއަރުގައި މިހާތަނަށް ދިމާވި އެންމެ ބޮޑު އަނިޔާގެ މައްސަލަ ކަމަށެެވެ. 

"6-8 މަސް ވަރު ނަގާނެ ކަމަށް ބުނީ އެނބުރި ކުޅުމަށް އަންނަން،" ހަމްޕު ބުންޏެވެ. 

އޮކްޓޫބަރު މަހު ބާއްވަން ނިންމި ސާފް ޗެމްޕިއަންޝިޕް ވަނީ ސާފުން ނޮވެމްބަރަށް ފަސްކޮށްފަ އެވެ. މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހަމްޕު އަށް ނުކުޅެވޭއިރު، އޭނާ ވަނީ 2015 އިން ފެށިގެން މިހާތަނަށް ބޭއްވި ސާފް ޗެމްްޕިއަންޝިޕްގެ ހަތަރު މުބާރާތުގައި ވެސް ކުޅެފަ އެވެ. 

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޔޫތު ޓީމުން 2014 ވަނަ އަހަރު ވިދާލި ހަމްޕު، އެންމެ ފުރަތަމަ ޕްރެކްޓިހަށް ނުކުތީ މާޒިޔާ އަށެވެ. އެކަމަކު، އެ ޓީމާ އެކު އެއްބަސްވުމެއް ނުހެދިގެން އުޅެނިކޮށް އޭނާ ސޮއިކުރީ ނިއު އަށެވެ.

ނިއުއާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށް 2018 ވަނަ އަހަރުގެ ނިޔަލަށް، ފަސް އަހަރު ހަމްޕު ވަނީ ނިއު އަށް ކުޅެފަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ހަމްޕު، މާޒިޔާ އަށް ސޮއިކުރީ، 2019 ވަނަ އަހަރު އެވެ. އެ ޓީމާ އެކު، ހަތަރު ފަހަރު ލީގު ޗެމްޕިއަންކަން ހޯދައި، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދި ހަމްޕު އަކީ، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕާއި މިދިޔަ އަހަރު ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. 

ހަމްޕު ވަނީ، ރާއްޖޭގެ ރަށްތަކުގެ މެދުގައި، މި ފަހުން ބޭއްވި ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އުފަން ރަށް، ބ. އޭދަފުށްޓަށް ހޯދައިދިިނުމުގައި އެހީތެރިވެދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox