"ބިޔޯން އަގެއިން" ގެ ޝޯ ނުބޭއްވޭނެކަން ސަރުކާރުން އެންގީ "ޕްރައިޑް ފެސްޓިވަލް"ތަކުގައި ބައިވެރިވެފައި އޮތުމުން

Jul 29, 2026, 2:01 PM
ބިޔޯން އެގެއިން ޝޯގެ ޕްރޮމޯ ޕޯސްޓަރެއް

ބިޔޯން އެގެއިން ޝޯގެ ޕްރޮމޯ ޕޯސްޓަރެއް

މާދަމާ ރޭ ސޯޝަލް ސެންޓަަރުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އޮސްޓްރޭލިއާގެ ބޭންޑު "ބިޔޯން އަގެއިން" ގެ ޝޯ ނުބޭއްވޭނެކަން އިންތިޒާމުކުރާ ފަރާތްތަކަށް ސަރުކާރުން އެންގީ "ޕްރައިޑް ފެސްޓިވަލް"ތަކުގައި އެ ބޭންޑުން ހުށަހެޅުންތައް ދީފައިވާތީކަން އެނގިއްޖެ އެވެ. 

މި ޝޯ އޮންނާނެކަން އޫބާ އިވެންޓްސްއިން އިއުލާންކުރީ ޖޫން ހައެއްގަ އެވެ. އެ ދުވަހަށް ފަހު ވަރަށް ބޯޑަށް ޝޯ އިޝްތިހާރުކޮށް ޓިކެޓު ދިޔައީ ވިއްކަމުންނެވެ. ޓިކެޓުގައި ޝޯ އޮންނާނެ ތަނެއް ކަމަށް އޮތީ ވެސް ސޯޝަލް ސެންޓަރުގަ އެވެ. 

އެހެން ނަމަވެސް، ސޯޝަލް ސެންޓަރުގައި ޝޯ ނުބޭއްވޭނެކަން އެންގީ 48 ގަޑިއިރަށް ވެފައި ވަނިކޮށެވެ. އޭރު ޝޯގެ ސްޓޭޖު ޖެހުމާއި ސައުންޑާއި ލައިޓު އެޅުމުގެ ކަންކަން އޮތީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފަ އެވެ. އަދި ރޭގެ ވަގުތެއްގައި ބޭންޑުގެ މެންބަރުން ވެސް ވަނި ރާއްޖެއަށް އައިސްފަ އެވެ. 

ސަރުކާރުން ރާއްޖޭގެ ބައެއް މީޑިއާތަކަށް ބުނެފައިވާ ގޮތުގައި ޝޯ ކެންސަލް ކުރުމަށް އަންގާފައި ނުވެ އެވެ. އޭގެ ބަދަލުގައި އެންގީ ސޯޝަލް ސެންޓަރު ނޫން އެހެން ތަނެއްގައި ޝޯ ބޭއްވުމަށެވެ. އެއީ މަރާމާތުތަކެއް ކުރާތީ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. 

މި އިވެންޓުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނި ގޮތުގައި އެތައް މަހެއްގެ ކުރިން އެއްބަސްވުންތަކެއް ހަދައި ޔޫތު ސެންޓަރަށް ބޭނުންވާ ގޮތަށް ސައުންޑު ހެދުމަށް ވެސް އެތައް ހަރަދެއް ކޮށްފައި ކުއްލިއަކަށް ތަން ބަދަލުކުރަން ބުނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

"ސަރުކާރުން އެ ދައްކަނީ ބަހަނާ،" ވާހަކަ ދެއްކި އެކަކު ބުންޏެވެ. 

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝޯ ހުއްޓުވުމަށް ގޮވާލައި ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުން، ސަރުކާރުގެ އެންމެ މަތިން ވަނީ ޔޫތު މިނިސްޓަރު އަބްދުالله ރާފިއު މެދުވެރިކޮށް އެ ޝޯ ސޯޝަލް ސެންޓަރުގައި ނުބޭއްވެނެކަން އިންތިޒާމުކުރާ ފަރާތްތަކަށް އަންގާފަ އެވެ. އެ ޕޯސްޓުގައި އޮތީ އެ ބޭންޑަކީ އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓުކުރާ ބޭންޑެއް ކަމަށެވެ.

ޝޯ ނުބޭއްވޭނެކަން އެންގީ އެ ބޭންޑުން އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓުކުރާ "ޕްރައިޑް ފެސްޓިވަލް"ތަކުގައި ބައިވެރިވެ ހުށަހެޅުންތައް ދީފައި އޮތުމުންކަން ވަނީ އެނގިފަ އެވެ. މި އަހަރު އިނގިރޭސިވިލާތުގެ ބާމިންގްހަމްގައި ބޭއްވި އެފަދަ ފެސްޓިވަލެއްގައި ވެސް އެ ބޭންޑު ބައިވެރިވި އެވެ. 

ރާއްްޖޭން ބޭރުގެ ބައެއް ކުންފުނިތަކުން ޝޯއަށް ސްޕޮންސާ ވެސް ދީފައިވެ އެވެ. އޭގެ އިތުރުން، މާލެ ސިޓީ ކައުންސިލާއި އެމްއެމްޕީއާރުސީގެ އިތުރުން ރާއްޖޭގެ ބައެއް ކުންފުނިތައް ހިމެނެ އެވެ. 

އެހެން ތަނެއްގައި ޝޯ ބޭއްވުމަށް ދެ ދުވަހަށް ވުރެ ކުރު މުއްދަތެއް ދިނުމުން މިހާރު ޝޯ ވަނީ ކެންސަލްވެފަ އެވެ. "ބިޔޯން އަގެއިން" ގެ ކުރިން އޯޕެނިން އެކްޓުތަކުގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތަކެއް ވެސް ކުރިއަށްގެންދަން އޮތީ ނިންމާފަ އެވެ. 

"ބިޔޯން އަގެއިން" ބޭންޑަކީ 1970 ގެ އަހަރުތަކުގެ ތެރޭ މަޝްހޫރުވި ސްވިޑެންގެ "އެބާ" ބޭންޑުގެ ލަވަތައް ކަވަރުކުރާ ޓްރިބިއުޓް ބޭންޑެކެވެ. އެ ބޭންޑުން ވަނީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ 72 ގައުމެއްގައި 5،300 އަށްވުރެ ގިނަ ޝޯ ދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox