30 އަހަރު ފަހުން ޓޫޕާކްގެ މަރުގެ ޝަރީއަތް ފަށައިފި

Aug 13, 2026, 10:50 AM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

ރެޕް މިއުޒިކްގެ ލެޖެންޑް ޓޫޕާކް ޝަކޫރު، ލަސްވޭގަސް ސްޓްރިޕް ކައިރިން ބަޑިޖަހައި މަރާލިތާ ގާތްގަނޑަކަށް 30 އަހަރު ފަހުން، އެކަން ރޭވުމުގެ ތުހުމަތު ކުރެވޭ މީހާގެ ޝަރީއަތް ޖޫރީން ހޮވުމާއެކު މި ހަފުތާގައި ފަށައިފި އެވެ.

ހިޕް-ހޮޕްގެ ދުނިޔޭގައި ހިނގި އެންމެ ބޮޑު އެއް ހާދިސާ އަދި މިހާތަނަށް ހައްލެއް ނުލިބި އޮތް މި މަރުގެ މައްސަލައިގައި، ޝަރީއަތަށް ބޭނުންވާ ޖޫރީން ކަނޑައެޅުމަށްޓަކައި މީހުން ހޮވުމުގެ މަސައްކަތް ވަކީލުން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މި މަސައްކަތް އަންގާރަ އަދި ބުދަ ދުވަހު ވެސް ކުރިއަށްދިޔައިރު، ހަތް މީހަކަށް ބުރާސްފަތި ދުވަހުގެ މެންދުރުފަހު ކޯޓަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ. އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޝަރީއަތަށް ޖުމްލަ 16 ޖޫރީން ހޮވާނެ އެވެ.

އުމުރުން 63 އަހަރުގެ ޑުއޭން "ކެފޭ ޑީ" ޑޭވިސްގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން، ކުށްކުރާ ގޭންގަކަށް އެހީތެރިވުމުގެ ނިޔަތުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ނަމަވެސް އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. ޓޫޕާކް މަރާލި ދުވަސްވަރު ޑޭވިސްއަކީ ކެލިފޯނިއާގެ "ސައުތު ސައިޑް ކޮމްޕްޓަން ކްރިޕްސް" ގޭންގުގެ އިސް މީހެކެވެ.

Advertisement

މި ހަފުތާގެ ބޮޑު ބައެއްގައި ކުރިއަށްދާނެ ކަމަށް ބެލެވޭ ޖޫރީން ހޮވުމުގެ މަރުހަލާ ފެށުމާއެކު، ޓޫޕާކް ޝަކޫރުގެ އާއިލާގެ މެންބަރުން ވެސް ވަނީ ލަސްވޭގަސްގެ ކޯޓު ސަރަހައްދަށް އެއްވެފަ އެވެ.

ޓޫޕާކްގެ އާއިލާގެ ކެންޑްރިކް ލެސޭން ބުނި ގޮތުގައި، އެ މަރުގެ ހާދިސާއާ އެއްވެސް ގުޅުމެއް އޮތް، ނުވަތަ އެކަން ރޭވުމުގައި ބައިވެރިވި، ނުވަތަ އެކަމަށް އެހީތެރިވި ކޮންމެ މީހަކު ވެސް ޖަލަށްލާން ޖެހޭނެ އެވެ.

މަރުވިތާ 30 އަހަރު ވެފައިވީ ނަމަވެސް، ޓޫޕާކް ޝަކޫރަކީ އަދިވެސް މިއުޒިކީ ދުނިޔޭގެ ވަރުގަދަ ޝަހުސިއްޔަތެކެވެ. އަދި އޭނާއަކީ މިހާތަނަށް އުފެދުނު އެންމެ ނުފޫޒުގަދަ އަދި ހުނަރުވެރި ރެޕް ފަންނާނުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އުމުރުން އެންމެ 25 އަހަރުގައި ޓޫޕާކް މަރުވިއިރު، އޭނާގެ ހަތަރުވަނަ ސޯލޯ އަލްބަމްގެ ފަސް މިލިއަން ކޮޕީ ވަނީ ވިކިފަ އެވެ.

އެ ހާދިސާ ހިނގި 1996 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު، ޓޫޕާކް އިނީ މިއުޒިކް މޮގުލް މެރިއަން "ސުޖް" ނައިޓާއެކު ބީއެމްޑަބްލިއު ކާރެއްގަ އެވެ. ޓްރެފިކް ލައިޓެއްގައި މަޑުކޮށްގެން އޮއްވައި، ހުދު ކުލައިގެ ކެޑިލެކް ކާރެއްގައި އައި ބަޔަކު ދިން ބަޑީގެ ހަމަލާތައް ކާރުގެ ކުރީ ސީޓުގައި އިން ޓޫޕާކަށް އަމާޒުވި އެވެ. އޭގެ ހަ ދުވަސް ފަހުން ޓޫޕާކް މަރުވިއިރު، ނައިޓް ވަނީ އެ ހަމަލާއިން ސަލާމަތްވެފަ އެވެ.

މި މައްސަލައިގެ ތަހުގީގު ހުއްޓިފައި އޮތުމަށްފަހު އަލުން ކުރިއަށްދާން ފެށީ، 2019 ވަނަ އަހަރު ޑޭވިސް ނެރުނު ފޮތެއްގައި އެ ހާދިސާއާ ގުޅޭގޮތުން ހާމަކުރި ވާހަކަތަކާ ގުޅިގެންނެވެ. އޭނާ ހައްޔަރުކުރީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

Newsletter

Get the latest news delivered straight to your inbox