އަންނަ އަހަރު ކީސްޓޭޖް 1 ގެ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

މިނިސްޓަރު ޝަފީއު: ފޮތްތަކަށް ގެންނާނެ ބަދަލުތަކެއް ހާމައެއް ނުކުރައްވާ -- ފޮޓޯ: މަޖިލިސް

މިނިސްޓަރު ޝަފީއު: ފޮތްތަކަށް ގެންނާނެ ބަދަލުތަކެއް ހާމައެއް ނުކުރައްވާ -- ފޮޓޯ: މަޖިލިސް

އަންނަ ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ. 

އަށް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ޝަފީއު ވިދާޅުވީ އަންނަ އަހަރު ފޮތްތަކަށް ގެންނަ ބަދަލާއެކީ ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުންވެސް ކުރާ މަސައްކަތުން ކަމަށެވެ. 

"މި އަންނަ އަހަރުގައި ﷲ އިރާދަކުރެއްވިއްޔާމުން ކީ ސްޓޭޖް 1 ގެ، ގްރޭޑް 1 ގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ. އަދި މިއާ އެކުގައި އަޅުގަނޑުމެން ހަމަ ލޮބުވެތި ޓީޗަަރުންނަށް ދަންނަވާލަން ބޭނުންވަނީ ފޮތްތައް ބަދަލުކުރެވުނަސް ހަގީގީ ބަދަލެއް އަންނާނީ ތިޔަ ބޭފުޅުން ކުރާ މަސައްކަތަކުންނޭ. ފޮތެއް އޮތަސް އެދުރެއް ނުވާނެ،" ޝަފީއު ވިދާޅުވި އެވެ. 

Advertisement

ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެނައުމާއެކު، ބަދަލު އަންނާނީ ގްރޭޑް 1 އާއި 2 އަދި 3 ގެ ފޮތްތަކަށެވެ. ޝަފީއު ވިދާޅުވީ ފޮތަށް ބަދަލު ގެނައުމަށްވުރެ އެންމެ މުހިންމީ ދަރިވަރުންގެ އެޑިއުކޭޝަން ބައްޓަންކުރަން ވިސްނާ ގޮތުން ކަމަށެވެ. 

"ފޮތެއް ނޫން މުހިންމީ ހަގީގަތުގައި. މުހިންމީ އަޅުގަނޑުމެންގެ މި ތުއްތު ދަރިވަރުންގެ އެޑިއުކޭޝަން އަޅުގަނޑުމެން ބައްޓަންކުރަން ވިސްނާގޮތް ހަގީގަތުގައި މީގެ އެންމެ ބޮޑު ބަދަލެއް އަންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ. 

މީގެއިތުރުން ސެކަންޑްރީ އެޑިއުކޭޝަނުން ހަޔާ ސެކަންޑްރީ އެޑިއުކޭޝަނަށް އޮތް ގެޕް ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން 30 ޕަސަންޓުން ގާތްގަނޑަކަށް 50 ޕަސަންޓަށް ބޮޑުކުރެވިފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވޮކޭޝަނަލް ހައި ސްކޫލް ގާއިމުކޮށް ހުޅުވާލެވޭ ފުރުސަތުތަކާ އެކުގައި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި 60 ޕަސަންޓާ ހަމައަށް މަތީ ސާނަވީ މަރުހަލާގެ ކުދިންނަށް ޖާގަ އިތުރުކޮށް ފުރުސަތު ފަހިކޮށްދިނުމަކީއަމާޒެއް ކަމަށެވެ. 

މި އަހަރު ސަރުކާރު ސްކޫލްތަކުގައި ގްރޭޑް އެކެއްގައި ކިޔަވަން 4،000 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވިއިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުން ގްރޭޑް އެކެއްގައި ކިޔަވާނެ 1،700 އަށް ގިނަ ދަރިވަރުން ހިމެނެ އެވެ.

މީގެއިތުރުން އަތޮޅުތެރެއިން މާލެއަށް 1،500 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވިއިރު، އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ބަދަލުވީ ހުޅުމާލެއަށެވެ. އެއީ 800 އަށްވުރެ ގިނަ ދަރިވަރުންނެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން 219 ސްކޫލެއްގައި ފެށީ 77،000 އަށްވުރެ ގިނަ ދަރިވަރުންނާއި 9،000 އަށްވުރެ ގިނަ ޓީޗަރުންނާއެކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox