ރަށްވެހިކަން ދޫކޮށްލާއިރު ކައުންސިލްތަކުން ފީއެއް ނަގަމުންދާތީ އެކަމާ ގުޅޭ އުސޫލެއް ހަދަނީ

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް: މިފަހަކަށް އައިސް އެލްޖީއޭއިން ގެންދަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން -- ފޮޓޯ: އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް: މިފަހަކަށް އައިސް އެލްޖީއޭއިން ގެންދަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން -- ފޮޓޯ: އެލްޖީއޭ

ރަށްރަށުގެ ރަށްވެހިކަން ދޫކޮށްލާއިރު، ރާއްޖޭގެ ބައެއް ކައުންސިލްތަކުން މާބޮޑެތި ފީތައް ނަގަމުންދާ ކަމަށް ބުނެ އެކަން ވެސް ކޮންޓްރޯލް ކުރުމަށް ގަވާއިދެއް ހަދަން ނިންމާފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯ، މުހައްމަދު ނިމާލު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންއަށް އޭނާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަށްވެހިކަން ދޫކޮށްލާނަމަ، ބައެއް ރަށްރަށުގެ ކައުންސިލްތަކުން މާބޮޑެތި ފީތައް ނަގަމުންދާ ކަމަށެވެ. އެގޮތުން، ބައެއް ކައުންސިލްތަކުން އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި 5000ރ. ވެސް ނަގަން ނިންމާފައިވާ ކަމަށް ވިދާޅުވެ އެކަމަށް ނިމާލް ވަނީ ފާޑުވިދާޅުވެފަ އެވެ.

"މިހާރު 5،000 ރިފިޔާއިން 6،000 ރުފިޔާއިން ފީދައްކަން ވެއްޖިއްޔާ އާންމު މީހާއަށް ވަރަށް ބޮޑު ތަކުލީފަކަށް ދޯ އެކަން ވާނީ. ވިސްނަވާ ދެމަފިރިންނާ ދަރިޔަކު ބަދަލުވާން ވިޔަސް އޭރުން ދައްކަން އެބަޖެހޭ 15،000 ރުފިޔާ. ބޮޑު ހަރަދެއްނު އެއީ ވެސް،" ނިމާލް ވިދާޅުވެފައިވެ އެވެ.

Advertisement

ރަށްރަށުގެ ރަށްވެހިކަން ދޫކޮށްލާނަމަ، އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގާ އަދަދު ކައުންސިލްތަކުން ބޮޑުކުރަނީ ރަށްރަށުގެ އާބާދީ މަދުވުން ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް، އެއީ ހައްލެއް ހޯދަންޖެހޭ މައްސަލައެއް ކަމަށް ނިމާލް ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެން ވަރަށް އަވަހަށް އެކަމާ ބެހޭ [ކައުންސިލްތަކުން ބޮޑެތި އަދަދުތަކުން ފީނެގުމާބެހޭ] އުސޫލެއް ނެރޭނަން،" ނިމާލް ވިދާޅުވި އެވެ.

މިފަކަށް އައިސް އެލްޖީއޭއިން ދަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ލޯކަލް ކައުންސިލްތައް ކޮންޓްރޯލް ކުރުމަށްޓަކައި ތަފާތު އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.

އެގޮތުން، އެލްޖީއޭގެ ހުއްދަ ހޯދުމަކައި ނުލައި ރަށްރަށުގެ ކައުންސިލްތަކުގެ ވަޒީފާތަކަށް އިއުލާނުކުރުން ވެސް އެ އޮތޯރިޓީން ވަނީ މަނާކޮށްފަ އެވެ.

މި މަހުގެ ކުރީކޮޅު ނިމާލް ސޮއިކުރައްވައި ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެއީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅެއް ކަމަށެވެ. ލިޔުމުން ހުއްދަ ނުދޭނަމަ، އެއްވެސް ކައުންސިލެއްގެ ވަޒީފާއަށް މީހުން ނެގުން އެލްޖީއޭއިން ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox