ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން އެންގީ ގާނޫނާ ހިލާފަށް: އާތިފް

ކުޅުދުއްފުށި މޭޔަރު އާތިފް: ކައުންސިލްތަކަށް މުވައްޒަފުން ނަގަން އެލްޖީއޭގެ ހުއްދަ ހޯދަން އެންގީ ގާނޫނާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ކުޅުދުއްފުށި ކައުންސިލް

ކުޅުދުއްފުށި މޭޔަރު އާތިފް: ކައުންސިލްތަކަށް މުވައްޒަފުން ނަގަން އެލްޖީއޭގެ ހުއްދަ ހޯދަން އެންގީ ގާނޫނާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ކުޅުދުއްފުށި ކައުންސިލް

ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ހޯދަން އެންގީ ގާނޫނާ ހިލާފަށް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު އަހްމަދު އާތިފް މިއަދު ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މީޑިއާގައި އާތިފް ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ އޮތޯރިޓީގެ މެންޑޭޓާއި، ގާނޫނީ އިމުގެ ބޭރުން މިފަދަ އެންގުންތައް އަންގާ، ކައުންސިލްތަކުގެ މަސައްކަތަށް ހުރަސްއަޅަމުން ދާދިއުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރުމަށްފަހު ކައުންސިލްތަކުގެ ރައީސުންނަށް ފޮނުވާފައިވާ ސިޓީގައި ބުނީ އެލްޖީއޭގެ ހުއްދަ ހޯދުމަކާ ނުލައި ރަށްރަށުގެ ކައުންސިލްތަކުން ވަޒީފާތަކަށް އިއުލާންކުރުން މަނާކުރީ ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުރި ކަމެއް ކަމަށެވެ. 

Advertisement

އެލްޖީއޭގެ ހުއްދަ ނެތި ކައުންސިލްތަކުން ވަޒީފާއަށް މީހުން ނެގުން މަނާކޮށްފި

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، އެލްޖީއޭގެ ހުއްދަ ނެތި ކައުންސިލްތަކުން ވަޒީފާއަށް މީހުން ނެގުން އެ އޮތޯރިޓީން މަނާކޮށްފިއެވެ. މި ނިންމުމުގެ ދަށުން ދާއިމީ މަގާމުތަކާއި، ކޮންޓްރެކްޓް އަދި ދުވަހު މުސާރައަށް ނަގާ މުވައްޒަފުން ހިމެނޭ ގޮތަށް އެއްވެސް ވަޒީފާއަކަށް މީހަކު ނެގޭނީ އެލްޖީއޭގެ ލިޔުމުން ލިބޭ ހުއްދައަކާ އެކުގައެވެ.

މިގޮތުން ލިޔުމުން ހުއްދަ ނުލިބޭނަމަ އެއްވެސް މުވައްޒަފަކު ކައުންސިލެއްގެ ވަޒީފާއިން ނެގުން އެލްޖީއޭއިން ވަނީ މަނާކޮށްފަ އެވެ.

އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓާއި ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތައް ހިމެނެ އެވެ. ދުވަހު މުސާރައަށް މަސައްކަތްކުރާ މުވައްޒަފުންނާއި ކޮންޓްރެކްޓް މުވައްޒަފުން ވެސް ހިމެނެ އެވެ. 

އެލްޖީއޭއިން މިފަދަ އުސޫލެއް ހަދާފައިވާއިރު ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ބޭނުން އިރެއްގައި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު އިއްޔެ ވަނީ ތަސްދީގުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox