އެލްޖީއޭގެ ހުއްދަ ނެތި ވަޒީފާއަށް މީހުން ނެގުން ކައުންސިލްތަކުން މަނާކުރީ އެސްއޯއީތަކުން ވަކިކުރާ މުވައްޒަފުން ނަގާތީ: ނިމާލް

އެލްޖީއޭގެ ސީއީއޯ ނިމާލް: ތިން މަސް ދުވަހުގެ މުސާރައާއެކު އެސްއޯއީތަކުން ވަކިކުރާ މުވައްޒަފުން ކައުންސިލްތަކަށް ނަގަމުންދާކަމުގެ ޝަކުވާ ލިބުނު ކަމަށް އޭނާ ވިދާޅުވި

އެލްޖީއޭގެ ސީއީއޯ ނިމާލް: ތިން މަސް ދުވަހުގެ މުސާރައާއެކު އެސްއޯއީތަކުން ވަކިކުރާ މުވައްޒަފުން ކައުންސިލްތަކަށް ނަގަމުންދާކަމުގެ ޝަކުވާ ލިބުނު ކަމަށް އޭނާ ވިދާޅުވި

ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ހޯދުމަކާ ނުލައި ރަށްރަށުގެ ކައުންސިލްތަކުން ވަޒީފާތަކަށް އިއުލާންކުރުން މަނާކުރީ ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން ވަކިކުރާ މުވައްޒަފުން ކައުންސިލްތަކަށް ނަގަމުންދާ ޝަކުވާ ލިބެމުންދާތީ ކަމަށް އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް މިއަދު ވިދާޅުވެއްޖެ އެވެ. 

ޓީވީއެމް އިން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމުގައި ނިމާލް ވިދާޅުވީ ތިން މަސް ދުވަހުގެ މުސާރައާއެކު އެސްއޯއީތަކުން ވަކިކުރާ މުވައްޒަފުން އެއްވެސް އިއުލާން ކުރެމެއް ނެތި ކައުންސިލްތަކަށް ނަގަމުންދާތީ އެކަމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބުނު ކަމަށެވެ. 

"މިއީ އެބޭފުޅުން ކުށްވެރިކުރާކަށް ކުރި ކަމެއް ނޫން. މުވައްޒަފުން ނުނެގޭނެއޭ. ހަނދުމަފުޅު ހުންނާނެ މިހާރު ރައިޓްސައިޒަށް ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރަމުން އެބަ ގެންދޭ އެ އިންނަ އެބޭފުޅުންގެ ޕޮލިސީއާ އެއްގޮތަށް. އެ ވަކިކުރައްވާ މުވައްޒަފުން ތިން މަސް ދުވަހުގެ މުސާރަ ޕެކޭޖަކާ އެކީގައި ނަންގަވާފައި ޖެހިގެން އަންނަ ދުވަހު ކައުންސިލް އިދާރާގެ ވަޒީފާއަށް އެބަ ނުކުމޭ،" ނިމާލް ވިދާޅުވި އެވެ. 

Advertisement

"މިކަން އެބަ އާދޭ އާންމު ރައްޔިތުންގެ ފަރާތުން، ރަށްރަށުގެ އާންމު ރައްޔިތުންގެ ފަރާތުން ޝަކުވާ. ނިމާލްއޭ ފެނަކައިގެ އިއްޔެގައި ވަކިކުރި މުވައްޒަފު މިއަދު ކައުންސިލް އިދާރާގެ ވަޒީފާއަށް ނުކުމެއްޖެއޭ ތިން މަސް ދުވަހުގެ މުސާރަ ނަގައިގެން. އޭނައަށް ކޮބައިތޯއޭ ވާހަކައަކީ ލިބުނު ގެއްލުމެއްވެސް ނެތެއް ނުންހެއްޔޭ. އިއުލާން ކުރުމެއް ނެތި އެބަ ނަގައޭ."

ނިމާލް ވިދާޅުވީ ކައުންސިލްތަކަށް މުވައްޒަފުން ނެގުން ހަނި ނުވާނެ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން މުވައްޒަފުން ނަގާނަމަ އެ ފުރުސަތު ކައުންސިލްތަކަށް އޮންނާނެ ކަމަށެވެ. އެކަމަކު ހުއްދަ ހޯދަން އެދުނީ ގިނަ އަދަދެއްގެ ޝަކުވާ ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ނިމާލް ސޮއިކުރުމަށްފަހު ކައުންސިލްތަކުގެ ރައީސުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި ކައުންސިލްތަކަށް މުވައްޒަފުން ނެގުމަށް ހުއްދަ ހޯދަން އެދުނީ ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަޅާ ފިޔަވަޅެކެވެ. ލިޔުމުން ހުއްދަ ނުލިބޭނަމަ އެއްވެސް މުވައްޒަފަކު ކައުންސިލެއްގެ ވަޒީފާއިން ނެގުން އެލްޖީއޭއިން ވަނީ މަނާކޮށްފަ އެވެ.  

އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓާއި ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތައް ހިމެނެ އެވެ. ދުވަހު މުސާރައަށް މަސައްކަތްކުރާ މުވައްޒަފުންނާއި ކޮންޓްރެކްޓް މުވައްޒަފުން ވެސް ހިމެނެ އެވެ. 

އެލްޖީއޭއިން މިފަދަ އުސޫލެއް ހަދާފައިވާއިރު ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ބޭނުން އިރެއްގައި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ވަނީ ތަސްދީގުކޮށްފަ އެވެ. 

ގާނޫނު ބަދަލުކޮށްފައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ. 

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

ލާމަރުކަޒީ ގާނޫނަށް ދެން ގެންނަ ބަދަލުތައް ހުށަހަޅާފައި ވަނީ ކައުންސިލު މެންބަރުންގެ ސުލޫކީ މިންގަނޑަށެވެ. މި މިންގަނޑަށް އިތުރުކުރާ ކަންކަމުގައި ވަނީ، ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭން ކައުންސިލަރުންނަށް މަޖުބޫރުކުރާ ގޮތަށެވެ. 

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox