ގްރާންޓް ކަނޑާލުމުން ހިދުމަތް ފޯރުކޮށްދޭން ދަތިވާނެ: އާޒިމް

މާލޭގެ މޭޔަރު އާދަމް އާޒިމް: ބްލޮކް ގްރާންޓް ކަނޑާލުމުން މިސްކިތްތައް ބެލެހެއްޓުމާއި އިތުރު އެހެން ހިދުމަތްތައް ފޯރުކޮށްދޭން ދަތިވާނެ ކަމަށް މޭޔަރު ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

މާލޭގެ މޭޔަރު އާދަމް އާޒިމް: ބްލޮކް ގްރާންޓް ކަނޑާލުމުން މިސްކިތްތައް ބެލެހެއްޓުމާއި އިތުރު އެހެން ހިދުމަތްތައް ފޯރުކޮށްދޭން ދަތިވާނެ ކަމަށް މޭޔަރު ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ފާސްކޮށްފައިވާ ޖަބެޓާ އެއްގޮތަށް ފިނޭންސް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ދޭންޖެހޭ 19 މިލިއަން ރުފިޔާ ކަނޑާލުމުންނާއި ލިބެމުންދިޔަ ވެހިކަލް ފީތައް ނުލިބޭ ގޮތަށް ގާނޫނު ބަދަލުކުރުމުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭން ދަތިވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ. 

މާލެ ސިޓީ ކައުންސިލުން ބޭއްވި ރަސްމީ ޖަލްސާގައި އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލް ހިންގުމަށް ދަތިވާނެ އެތައް ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ގްރާންޓާއި ލިބެމުންދިޔަ ވެހިކަލް ފީތައް ކަނޑާލުމުން ރަނގަޅަށް ބަލަހައްޓަމުންދިޔަ މިސްކިތްތައް ބެލެހެއްޓުމަށް ކުރިއަށް އޮތްތަނުގައި ދަތިތައް ދިމާވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. 

"މިތަން ހިންގުމަށް ދަތިވާނެ އެތައް ކަމެއް ސަރުކާރުން ކުރަމުންދާކަން އަޅުގަނޑު ހަމަ ކައުންސިލްގެ މެންބަރުންގެ މައުލޫމާތަށްޓަކައި ހަމަ ހިއްސާކޮށްލަން ބޭނުންވޭ. ދެން އަޅުގަނޑުމެން މަސައްކަތްކުރާނީ ވިހާވެސް ހަރަދުކުޑަކޮށް މިތަން ހިންގޭތޯ،" އާޒިމް ވިދާޅުވި އެވެ. 

"އެހެންނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އަޅުގަނޑުމެންނަށް ލިބޭ ފައިސާގެ ތެރެއިން ގްރާންޓް ކަނޑާލުމާ ގުޅިގެން އަޅުގަނޑުމެން މިސްކިތްތައް ވަރަށް ފުރިހަމަކޮށް ބަލަހައްޓަމުން އެބަދަން. ނަމަވެސް މިސްކިތްތައް ބެލެހެއްޓުމަށް ބޮޑެތި ގޮންޖެހުންތައް ދިމާވާނެކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. ގްރާންޓް ކަނޑާލީމަ. އަޅުގަނޑުމެންގެ ވެހިކަލް ފީ ކަނޑާލީމަ."

މީގެއިތުރުން އާޒިމް ވިދުވީ ކައުންސިލަށް ލިބެންޖެހޭ ފައިސާ ހިފެހެއްޓުމުން މަގުތައް ހެދުމަށާއި މުވައްޒަފުންނަށް މުސާރަ ދިނުމުގެ އިތުރުން ފްލެޓްތަކުގެ މެއިންޓަނަންސް ކަންކަން ކުރުމަށްވެސް ދަތިތައް ދިމާވާނެ ކަމަށެވެ. 

މި ސަރުކާރުން އަންނަނީ ކައުންސިލުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅަމުންކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެކަން ސަރުކާރުން ކުރަމުންދަނީ ގާނޫނުތަކަށްވެސް ބަދަލު ގެނެސްގެން ކަމަށެވެ. 

"ރައްޔިތުން މިއަދު ގަބޫލުކުރޭ މި ކައުންސިލުން އެ ލިބޭ ފައިސާއިން ރަނގަޅަށް މިތަން ހިންގާކަމާއި މަގުތައްވެސް ހަދާ ކަމާއި، މިސްކިތްތައް ބަލަހައްޓާކަމަށާއި، ފްލެޓްތައް ބަލަހައްޓާކަމާއި،ޕާކުތައް ހަދާކަމާއި،  ޕާކުތައް ބަލަހައްޓާ ކަމާއި، އަދި ވިލިމާލެ، މާލޭގައި ގިނަ މަގުތަކެއް ހަދާ ނިމިފައިވާކަން ހުރިހާ ރައްޔިތުން ފާހަގަކުރޭ. އެހެންނަމަވެސް  މި އައި ބަދަލާ ގުޅިގެން ރައްޔިތުންނަށް ގިނަ ގޮންޖެހުންތައް ހުންނާނެ ކަމަށް އަޅުގަނޑު ލަފާކުރަނީ،" މޭޔަރު ވިދާޅުވި އެވެ. 

ނަމަވެސް އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އުންމީދު ކަނޑާނުލައި، ކައުންސިލަށް ލިބޭ އެއްޗަކުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވޭތޯ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ. 

ބަޖެޓުގައިވާ ގޮތުން ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި 19،285،734 ރުފިޔާ ދޭންޖެހެ އެވެ. ޒަރީރު ނިންމީ އޭގެ ތެރެއިން 19 މިލިއަން ރުފިޔާ ކަނޑާލުމަށެވެ. އެއިރުން ކައުންސިލަށް ދެން ލިބޭނީ އެންމެ 285،734 ރުފިޔާ އެވެ. 

އެ މައްސަލައިގައި ސިޓީ ކައުންސިލުން ޒަރީރަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ބްލޮކް ގްރާންޓް ކަނޑާލައިފި ނަމަ އެ ކައުންސިލުގެ މުވައްޒަފުންނަށް މުސާރަ އާއި އެލެވެންސް ނުދެވޭނެ ކަމަށެވެ.  އެ ސިޓީގައި ކައުންސިލުން އެދިފައި ވަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox