އެލްޖީއޭގެ އިންތިހާބު އޮޅުވާލަން އުޅޭ ކަމަށް ބުނެ ނިމާލްގެ ސީރިއަސް ތުހުމަތުތަކެއް ކައުންސިލަރުންނަށް

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް: އޭނާ ވިދާޅުވީ އެލްޖީއޭގެ އިންތިހާބު ވަރަށް އަވަހަށް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް، ނަމަވެސް ތާރީހެއް ވިދާޅެއް ނުވޭ -- ފޮޓޯ: އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް: އޭނާ ވިދާޅުވީ އެލްޖީއޭގެ އިންތިހާބު ވަރަށް އަވަހަށް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް، ނަމަވެސް ތާރީހެއް ވިދާޅެއް ނުވޭ -- ފޮޓޯ: އެލްޖީއޭ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމުގެ އިންތިހާބު އޮޅުވާލަން އުޅޭ ކަމަށް ވިދާޅުވެ، ކައުންސިލަރުންނަށް ސީރިއަސް ތުހުމަތުތަކެއް އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލު ކުރައްވައިފި އެވެ. 

ޓީވީއެމް އިން ކުރިއަށްގެންދިޔަ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ނިމާލް ވިދާޅުވީ އިންތިހާބު ނުބާއްވަން ނިންމީ އިންތިހާބުގައި ވޯޓުލާން ނުދާ ކައުންސިލަރުންގެ ބަދަލުގައި އެލްޖީއޭގެ ބްރާންޗުތަކުގައި ތިބި މުވައްޒަފުން ވޯޓުލައި ކައުންސިލަރުން އައި ކަމަށް ހަދަން އުޅޭ ކަމުގެ ޝަކުވާ ލިބުމާ ގުޅިގެން ކަމަށެވެ. 

ނަމަވެސް ނިމާލްއަށް މިފަދަ ޝަކުވާތަކެއް ލިބުނީ ރަސްމީކޮށް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ  އެލްޖީއޭގެ ބްރާންޗުތަކުގައި ތިބީ އަތޮޅު ކައުންސިލްތައް އުވާލިއިރު ތިބި ވަކި ސިޔާސީ ފިކުރެއްގެ ބައެއް ކަމަށެވެ. 

"ބައެއް ކައުންސިލްތަކުން ނޫނީ އެމީހުން އެބަ ރާވައޭ އިންތިހާބުގައި ވޯޓުލާން ނުދާން. އެކަމަކު ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު އެލްޖީއޭގެ ބްރާންޗުތަކުގައި ތިބީމާ އެބޭފުޅުން ބެލުމުގެ ދަށުގައި ދޯއޭ ވޯޓު ފޮށިތައް ހުރީ. އެހެންވީމަ ނާންނަ މީސްމީހުންގެ ވޯޓު ކަރުދާސްކޮޅުގެ ތެރޭގައި ފާހަނގަ ލާފައި ވޯޓާސް ރަޖިސްޓްރީން އޭނަ އައިކަން ފާހަގަކޮށްފައި،" ނިމާލް ވިދާޅުވި އެވެ. 

"ދެން ވަރަށް ރަނގަޅެއް ނުންހެއްޔޭ ކައުންސިލަރުން ނުދެއޭ ވޯޓު ލާކަށް. އެކަމަކު ނަތީޖާ ނުކުންނައިރުގައި އެހެންވީމަ އެލްޖީއޭ އެ ބަދުނާމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ނިންމި ނިންމުމެއް އެއީ. އެއީ ހަމަ އަޅުގަނޑު ނިންމި ނިންމުމެއް އެނގޭތޯ އެއީ. މިދެންނެވީ އެ ޝަކުވާތައް އެހެން އަންނާތީވެ."

މި މައްސަލަ ހައްލުކުރުމަށް މާލޭގައި ތިބި އެލްޖީއޭގެ މުވައްޒަފުން ރަށްރަށަށް ފޮނުވައިގެން އިންތިހާބުގެ ކަންކަން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ނިމާލް ވިދާޅުވި އެވެ. 

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން ހޮވާ އިންތިހާބު ބާއްވާ ތާރީހެއް އަދިވެސް ނޭނގޭ

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުން އިންތިހާބުކުރުމަށް އޮގަސްޓް 8، ގައި ބާއްވަން އުޅުނު އިންތިހާބު ފަސްކުރުމަށްފަހު، އެ އިންތިބުހާބާއްވާނެ ތާރީހެއް އަދިވެސް ކަނޑައެޅިފައި ނުވާކަމަށް އެލްޖީއޭއިން ބުނޭ. މި އިންތިބުހާގައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ޑަބްލިއުޑީސީތަކުން މެންބަރުން ވާދަކުރޭ.

ނިމާލް ވިދާޅުވީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރެވުނީ ނޫން ކަމަށާއި މިހާރު ދިމާވެފައިވާ އޮތް އިދާރީ ކަންކަން ހައްލުކޮށް ވަރަށް އަވަހަށް އިންތިހާބު ބާއްވާނެ ކަމަށެވެ. ނަމަވެސް އިންތިހާބު ބޭއްވޭނެ ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ. 

އެލްޖީއޭގެ އިންތިހާބު ބޭއްވުމަށް ފުރަތަމަ ތާވަލުކުރީ މިދިޔަ އޮގަސްޓް 8، ގަ އެވެ. އެލްޖީއޭއިން ހުޅުވާލީ އެ އޮތޯރިޓީގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިހާބު ކުރުމަށެވެ.

އެލްޖީއޭގެ ބޯޑަށް މެންބަރަކު އިންތިހާބުކުރަން ބާއްވާ އިންތިހާބުގައި އެމްޑީޕީން ވާދަކުރަނީ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އަދި ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ އެވެ. ޕީއެންސީން ވާދަކުރަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު އާއި ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާ އެވެ. 

މީގެއިތުރުން އެލްޖީއޭގެ އިންތިހާބުގައި ސިޓީ ކައުންސިލުގެ ތެރެއިން ވާދަކުރައްވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެވެ. އޭނާއާ ދެކޮޅަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވަ އެވެ. 

މި އިންތިހާބު ވީހާވެސް އަވަހަށް ބާއްވަން އިދިކޮޅު އެމްޑީޕީން ގޮވާލާފައިވެ އެވެ. އޭގެއިތުރުން އެ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ކުރިން ވަނީ އިންތިހާބު އޮތް ތާރީހުގައި ބޭއްވުމަށް ގޮވާލައްވާފަ އެވެ. 

އެލްޖީއޭގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ޖެންޑާ އީކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކަށް، އާއިޝަތު އާރިފާ އަދި ގަވާނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކަށް މުހައްމަދު އާރިފް އައްޔަންކުރަން މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ. 

މީގެއިތުރުން އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެނީ އެ ބޯޑުގެ ރައީސް، ފިނޭންްސް މިނިސްޓަރު ހަސަން ޒަރީރު، ނައިބުރައީސް ފާތިމަތު ނިއުމާ، ސީއީއޯ މުހައްމަދު ނިމާލު، ބޯޑު މެންބަރު ފާތިމަތު ޒީނާ އަލީ، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު އަޒްހާ ޟަމީރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox