ރޮނާލްޑޯ އާއި ރަފީނިއާ އަށް ބެލޮންޑިއޯ ނޮމިނީސް އިން ޖާގައެއް ނެތް

Sep 8, 2026, 11:56 PM
ކްރިސްޓިއާނޯ ރޮނާލްޑޯ: އަލް ނަސްރުގެ މި ސީޒަނުގެ މެޗަކަށް ފަހު.

ކްރިސްޓިއާނޯ ރޮނާލްޑޯ: އަލް ނަސްރުގެ މި ސީޒަނުގެ މެޗަކަށް ފަހު.

ޕެރިސް (ސެޕްޓެމްބަރު 8) -  ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑްގެ ނޮމިނޭޝަނުން މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ތަރި، ރަފީނިއާ އާއި އަލް ނަސްރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީވެއްޖެ އެވެ. 

ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނޮމިނޭޝަން މިރޭ ވަނީ އާންމުކޮށްފަ އެވެ. އެންމެ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު އެއް ކަމަކީ ރަފީިނިއާ ނުހިމެނުމެވެ. މިދިޔަ ސީޒަނުގައި ރަފީނިއާ ވަނީ ބާސެލޯނާ އަށް ކުޅެދިން 33 މެޗުން 21 ލަނޑު ޖަހައި، ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ އަލް ނަސްރުގެ ހުރިހާ މުބާރާތެއްގައި، 38 ގޯލު ޖަހައި ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން، އަލް ނަސްރަށް ސައުދީ ޕްރޯ ލީގު ހޯދައިދޭން ވެސް އެހީވި އެވެ. އަލް ނަސްރުން ސަޑިއޯ މާނޭ ވަނީ ބެލޮންޑިއޯ އަށް ނޮމިނޭޓްވި އެވެ. އަދި، ފަސް ފަހަރު މި އެވޯޑް ހޯދި އެވެ. 

މިއީ، ރޮނާލްޑޯ އަށް ބެލޮންޑިއޯ ނޮމިނީސް އިން ޖާގަ ގެއްލުނު ޖެހިިޖެހިގެން ހަތަރު ވަނަ ފަހަރެވެ. އޭގެ ކުރިން ބެލޮންޑިއޯ އެވޯޑްގެ ނޮމިނީސްގައި ރޮނާލްޑޯގެ ނަން ޖެހިޖެހިގެން 18 އަހަރު އޮތެވެ. 

މި ފަހަރުގެ ބެލޮންޑިއޯ އެވޯޑްގެ ނޮމިނޭޝަނުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް، މާކް ކުކުރޭއާ، ވިނީޝިއުސް ޖޫނިއާ، ކީލިއަން އެމްބާޕޭ، ބާސެލޯނާ އިން ޕައު ކުބަރްސީ، ލަމީން ޔަމާލް، ރޮޑްރީ، ޕީއެސްޖީން އޮސްމާން ޑެމްބެލޭ، އަޝްރަފް ހަކީމީ، ކްވިޗާ ކްވަރަޝްކޭލިއާ، މާކީނިއޯސް، ނޫނޯ މެންޑޭސް، ޖޮއާއޯ ނެވޭސް، ވިލިއަން ޕަޗޯ، ފަބިއަން ރުއީޒް، ފެރާން ޓޮރޭސް، ވިޓީނިއާ، މެންޗެސްޓާ ޔުނައިޓެޑުން ބްރޫނޯ ފެނާންޑޭސް، މެންޗެސްޓާ ސިޓީން އާލިން ބްރައުޓް ހާލަންޑް، ބަޔާން މިއުނިކުން ލުއިސް ޑިއާޒް، ހެރީ ކޭން، މައިކަލް އޮލީސޭ، ޑަޔޫޓް އުޕަމެކާނޯ، އާސެނަލުން ގަބްރިއެލް މަގާޅައެސް، ޑެކްލަން ރައިސް، ވިލިއަމް ސަލީބާ، އަލް ނަސްރުން ސަޑިއޯ މާނޭ، އިންޓަ މިއާމީން ލިއޮނަލް މެސީ އަދި އަލް ގަދްސިއާ އިން ޖޫލިއަން ކުއިނޯނޭސް އެވެ. 

މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ހަފްލާ އޮތީ އޮކްޓޫބަރު 26 ވަނަ ދުވަހު ލަންޑަންގަ އެވެ. 

ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން، 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ.

ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. އެކަމަކު، އޭގެ ފަހުން ފީފާ އިން ބެސްޓް އެވޯޑްސް ތައާރަފްކޮށް، ބެލޮންޑިއޯއާ ވަކިވި އެވެ. 

ކޮވިޑް-19 ގެ ސަބަބުން 2020 ވަަނަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ. ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު ދެނީ، ދުނިޔޭގެ ރޭންކިން ގަދަ 100 ގައުމުން އެކްރެޑިޓްކުރާ 100 ނޫސްވެރިންނާއި ފުޓްބޯޅަ ކޯޗުންނަށެވެ. އެންމެ ފަހުން، ބެލޮންޑިއޯ އެވޯޑް ހޯދީ ޕީއެސްޖީގެ ޑެމްބެލޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox