ކެންސަރު ބޭހަކުން ކަށި ފީވުން ހުއްޓުވައި ބަރުދަން ލުއިކޮށްދޭކަން ހާމަވެއްޖެ

Sep 8, 2026, 6:30 AM
ފޮޓޯ: މެޑިކަލް އެކްސްޕްރެސް

ފޮޓޯ: މެޑިކަލް އެކްސްޕްރެސް

ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާ (ޔޫއީއޭ) އިން ކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި، ކެންސަރަށް ފަރުވާ ދިނުމަށް ޓެސްޓުކުރަމުންދާ ބޭހަކުން ކަށީގެ ބައްޔެއް ކަމަށްވާ އޮސްޓިއޯޕޮރޯސިސް ހުއްޓުވައި، މެދުއުމުރުގެ އަންހެނުންގެ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ.

"އެންޕީޖޭ ޑްރަގް ޑިސްކަވަރީ" މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ، އަސްލު ކެންސަރާ ދެކޮޅަށް އުފެއްދި މި ބޭހަކީ ކަށި ފީވުމުން ރައްކާތެރިކޮށްދިނުމުގެ އިތުރުން، ހަށިގަނޑުގެ ސަރުބީ މަދުކޮށް، އިއްދައިން ވަކިވުމާ ގުޅިގެން މެޓަބޮލިޒަމަށް އަންނަ ބައެއް ބަދަލުތައް އިޢާދަކޮށްދޭ މާއްދާއެއް ކަމަށެވެ.

"ސީއޭޑީޑީ522"ގެ ނަމުން ނަންދެވިފައިވާ މި ބޭހަކީ ބައެއް ބާވަތްތަކުގެ ކެންސަރު ފެތުރުމަށް އެހީތެރިވާ ޕްރޮޓީނެއް ހުއްޓުވުމަށް އުފެއްދި ބޭހެކެވެ. ނަމަވެސް، އުމުރުން ދުވަސްވެފައިވާ މީދާ ބޭނުންކޮށްގެން ކުރި ޓެސްޓުތަކުން ސައިންސްވެރިންނަށް ފާހަގަވީ، މި ބޭހުގެ ސަބަބުން ކަށިތައް ވަރުގަދަވުމުގެ އިތުރުން، ހަށިގަނޑުގެ ބަރުދަން ލުއިކޮށް ބެހެއްޓުމަށް ވެސް އެހީތެރިވެދޭ ކަމެވެ.

Advertisement

މި ދިރާސާގައި އިސްކޮށް އުޅުއްވި ޔޫއީއޭގެ ނޮރިޗް މެޑިކަލް ސްކޫލްގެ ޑރ. ޑަރެލް ގްރީން ވިދާޅުވި ގޮތުގައި، އުމުރުން 50 އަހަރުން މަތީގެ ކޮންމެ ތިން އަންހެނަކުން އެކަކަށް ކަށި ފީވުމުގެ މައްސަލަ ކުރިމަތިވެ އެވެ. މީގެ ސަބަބުން ކަށިތައް ބިންދައިގެން ދިއުމުގެ ފުރުސަތު ބޮޑުވެ، ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ.

"މިހާރު ވެސް މި ބައްޔަށް ފަރުވާތައް އެބަހުރި. ނަމަވެސް އޭގެ ތެރެއިން ގިނަ ފަރުވާތަކަކީ ނޭދެވޭ އަސަރުތައް ގިނަ، ރައްކާތެރިކަމުގެ ކަންބޮޑުވުންތައް ހުރި ނުވަތަ ގަވާއިދުން ބޭނުންކުރަން އުނދަގޫ ފަރުވާތަކެއް ކަމުން، ދިގު މުއްދަތަކަށް އެ ބޭނުންކުރުން ވަނީ ދަތިވެފައި،" ޑރ. ގްރީން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ދިރާސާގެ ސަބަބުން މި ބައްޔަށް ފަރުވާކުރާނެ މުޅިން އާ ގޮތެއް ފެނިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނުނު ގޮތުގައި، އަސްލު ކެންސަރު ހުއްޓުވުމަށް އުފެއްދި ބޭހަކުން، ކަށިތައް ބަލިކަށިވުމާއި މެދުއުމުރުގައި ބަރުދަން އިތުރުވުމުގެ ދެ މައްސަލައާ ކުރިމަތިލާންޖެހިފައިވާ އެތައް މިލިއަން އަންހެނުންނަށް އެހީތެރިކަން ލިބިދާނެ،" ޑރ. ގްރީން ވިދާޅުވި އެވެ.

މައުލޫމާތު: މެޑިކަލް އެކްސްޕްރެސް

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox