ކަށިތައް ވަރުގަދަ ކުރުމަށް ކެވިދާނެ ބައެއް ތަކެތި

Sep 3, 2026, 6:30 AM
ކަށި ވަރުގަދަކުރާ ކެލްސިއަމް ހިމެނޭ ކާނާ

ކަށި ވަރުގަދަކުރާ ކެލްސިއަމް ހިމެނޭ ކާނާ

އަޅުގަނޑުމެންގެ ކަށިތަކުގެ ވަރުގަދަކަން ނުވަތަ ބޯން ޑެންސިޓީ، އާންމުކޮށް ހީކުރާ ވަރަށް ވުރެ މާ ކުރިން ދަށްވާން ފަށަ އެވެ. ނަމަވެސް، ވަކި ހާއްސަ މާއްދާތަކެއް އެކުލެވޭ ކާނާ ބޭނުންކުރުމުން ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިވެދެ އެވެ.

ކިރު ބުއިމަކީ ކަށިތައް ވަރުގަދަކޮށްދޭނެ ކަމެއްކަން އެނގެ އެވެ. ކުޑަކުދިންގެ ގޮތުގައި އުޅުނުއިރު، ކިރުގައި ހުންނަ ކެލްސިއަމްގެ ސަބަބުން ކަށިތައް ވަރުގަދަވެ، ހަށިގަނޑު ދުޅަހެޔޮވާނެ ކަމަށް ބުނެ، ކިރުތަށި ހުސްކުރުމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ބާރުއަޅާފައިވެ އެވެ.

ކިރުގެ ބާވަތްތަކާ ގުޅޭ މި ނަސޭހަތަކީ ކުޑައިރުއްސުރެ ހަނދާނުގައި ހަރުލާފައި ހުންނަ ކަމެއް ނަމަވެސް، އުމުރުން ދުވަސްވުމުން ކަށިތައް ބަލިކަށިވުމަކީ ކިހާ އާންމު ކަމެއްކަމާއި، ޒުވާން އުމުރުގައި ކަށިތައް ރައްކާތެރި ނުކޮށްފިނަމަ ކަށި ބިނދުމުގެ ފުރުސަތު ބޮޑުވާ މިންވަރާ މެދު ވާހަކަދެކެވެނީ ވަރަށް މަދުންނެވެ.

Advertisement

އެކަމަކު ކޮންމެ އުމުރެއްގައި ނަމަވެސް، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ހިމެނޭ ކާނާ ބޭނުންކުރުމާއި ހަރަކާތްތެރިވެ އުޅުމުން ކަށިތަކުގެ ދުޅަހެޔޮކަން އިތުރުކުރެވިދާނެ އެވެ. އަދި މިއީ ހަމައެކަނި ގިނައިން ކިރު ބުއިމަކުން ނިންމާލެވެން އޮތް ކަމެއް ނޫނެވެ.

ކަށިތަކުގެ ދުޅަހެޔޮކަން ބިނާވަނީ ބަލިކަށިވުމުގެ އަލާމާތްތައް ފެނުމުގެ އެތައް އަހަރެއް ކުރިންނެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ސައުތެމްޕްޓަންގެ ގްލޯބަލް މަސްކިއުލޯސްކެލެޓަލް ހެލްތުގެ ޕްރޮފެސަރެއް ކަމަށްވާ ކޭޓް ވާޑް ވިދާޅުވާ ގޮތުގައި، އުމުރުން ދުވަސްވާއިރު ކަށިތަކުގެ ވަރުގަދަކަން ބިނާވަނީ ކުޑައިރުގައާއި ޒުވާން އުމުރުގެ ކުރީކޮޅު ކަށިތައް އެންމެ ވަރުގަދަވާ ދުވަސްވަރު ބިނާކުރެވޭ ރިޒާވްގެ މައްޗަށެވެ.

އުމުރުން ދުވަސްވާ ވަރަކަށް ކަށިތަކުގެ ބޯން ޑެންސިޓީ ދަށްވާން ފަށަ އެވެ. ކަށިތައް ބަލިކަށިވެ، ތުނިވެ، ފަސޭހައިން ބިނދޭ ގޮތްވާ ބައްޔެއް ކަމަށްވާ އޮސްޓިއޯޕޮރޯސިސް ޖެހިފައިވާ ގާތްގަނޑަކަށް 500 މިލިއަން މީހުން ދުނިޔޭގައި އެބަތިއްބެވެ. އިނގިރޭސިވިލާތުގެ ރޯޔަލް އޮސްޓިއޯޕޮރޯސިސް ސޮސައިޓީގެ ޖޫލީ ތޮމްޕްސަން ކިޔައިދެއްވި ގޮތުގައި، އޮސްޓިއޯޕީނިއާ އަދި އޮސްޓިއޯޕޮރޯސިސް ފަދަ ބަލިތަކަކީ ކަށި ބިނދުމުގެ ހާދިސާއެއް ހިނގުމާ ހަމައަށް އެއްވެސް އަލާމާތެއް ނުފެންނަ "ހިމޭން" ބަލިތަކެކެވެ.

މިއީ ހާއްސަކޮށް އުނަގަނޑުގެ ކަށި (ހިޕް ފްރެކްޗާ) ބިނދުމުގައި ދިމާވާ ކަމެކެވެ. ދުނިޔޭގެ ނިސްބަތުން އުމުރުން 55 އަހަރުން މަތީގެ މީހުންގެ މެދުގައި އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ހިޕް ފްރެކްޗާ ހިނގަ އެވެ. މީގެ ނަތީޖާ ވަރަށް ނުރައްކާތެރިވެދާނެ އެވެ. ކަށި ބިނދުމުގެ ސަބަބުން ނިއުމޯނިއާ ނުވަތަ ހާޓް އެޓޭކް ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން އުނަގަނޑުގެ ކަށި ބިނދޭ މީހުންގެ 30 އިންސައްތަ މީހުން، އެ ހާދިސާއަށް ފަހު އެއް އަހަރު ނުވަނީސް މަރުވެ އެވެ. 

އަންހެނުންގެ އުމުރުން ދުވަސްވާ ވަރަކަށް، ކަށިތަކުގެ ބޯން ޑެންސިޓީ ދަށްވުމުގެ ފުރުސަތު ބޮޑުވެ އެވެ. އަދި އޮސްޓިއޯޕޮރޯސިސް ޖެހުމުގެ ފުރުސަތު ވެސް އަންހެނުންނަށް ބޮޑެވެ. ނަމަވެސް ފިރިހެނުންނަށް ވެސް މި މައްސަލަ ކުރިމަތިވެ އެވެ.

ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކާންވީ ކޮން އެއްޗެއް ހެއްޔެވެ؟

ކިރު، ޗީޒް އަދި ޔޯގަޓް

ކަށިތަކުގެ ދުޅަހެޔޮކަމަށް އެންމެ މުހިންމީ ކެލްސިއަމް، ވިޓަމިން ޑީ އަދި ޕްރޮޓީން އެވެ. މީގެ އިތުރުން ވިޓަމިން ކޭ، މެގްނީޒިއަމް، ޒިންކް އަދި ފޮސްފަރަސްއަކީ ވެސް ކަށިތަކާއި މަސްތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް މުހިންމު މާއްދާތަކެކެވެ.

ކިރުގެ ބާވަތްތަކަކީ ކެލްސިއަމް އިން މުއްސަނދި އެއްޗެހިކަން އެންމެންނަށް ވެސް އެނގެއެވެ. 200 މިލިލީޓަރުގެ ކިރު ތަށީގައި ގާތްގަނޑަކަށް 260 މިލިގްރާމް ކެލްސިއަމް ހުރެ އެވެ. އޮސްޓިއޯޕޮރޯސިސްގެ ނުރައްކާ އޮތް ނަމަ، ދުވާލަކު 1،000 މިލިގްރާމް ބޭނުންކުރުމަށް ލަފާދެ އެވެ. 

ސޯޔާ

ކިރުގެ ބާވަތްތައް ނޫން އެހެން ކާނާއިން ވެސް ކެލްސިއަމް ހޯދިދާނެ އެވެ. މީގެ ތެރޭގައި ސޯޔާ ބީންސްއިން ތައްޔާރުކުރާ ޓޯފޫ އަދި އެޑަމާމޭ ހިމެނެ އެވެ. 100 ގްރާމްގެ ޓޯފޫގައި 200 މިލިގްރާމް ކެލްސިއަމް އެކުލެވެ އެވެ.

ސޯޔާގެ ބާވަތްތަކުގެ ސަބަބުން ކަށި ބިނދުމުގެ ނުރައްކާ ކުޑަކޮށްދޭކަމުގެ ހެކިތައް ދަނީ ފެންނަމުންނެވެ.

ޗިއާ ސީޑްސް

ޗިއާ ސީޑްސްއަކީ ކެލްސިއަމް، މެގްނީޒިއަމް އަދި ފޮސްފަރަސް ހިމެނޭ އެއްޗެކެވެ. ވަރަށް މަދު މިންވަރަކުން ވެސް ގިނަ އަދަދެއްގެ މާއްދާތައް މީގެން ލިބެ އެވެ. އެއް ސައިސަމުސާ ޗިއާ ސީޑްސްގައި 95 މިލިގްރާމް ކެލްސިއަމް ހުރެ އެވެ.

މީގެ އިތުރުން މީގައި އޮމެގާ-3 ފެޓްސް އެކުލެވޭތީ، ހަށިގަނޑުގެ ދުޅަވުން (އިންފްލެމޭޝަން) ކުޑަކޮށްދެ އެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ދާއިމީކޮށް ހަށިގަނޑު ދުޅަވެފައި ހުރުމުގެ ސަބަބުން، އާ ކަށި އުފެދޭ ވަރަށް ވުރެ އަވަހަށް ބާ ކަށިތައް ހަލާކުވާން ފަށާތީ އެވެ. ދުވަސްވުމުން މީގެ ސަބަބުން އޮސްޓިއޯޕޮރޯސިސްގެ ނުރައްކާ ބޮޑުވެ އެވެ. 

ހިކި މޭވާ (ޕްރޫންސް އަދި ފިގްސް)

ފިގްސް އަދި އޭޕްރިކޮޓް ފަދަ ތަކެއްޗަކީ ކެލްސިއަމް އިން މުއްސަނދި ތަކެއްޗެވެ. ދެ ހިއްކި ފިގްސްގައި ގާތްގަނޑަކަށް 100 މިލިގްރާމް ކެލްސިއަމް ހުރެ އެވެ. ތާޒާ މޭވާގެ ތެރެއިން އޮރެންޖެއްގައި ގާތްގަނޑަކަށް 50 މިލިގްރާމް ކެލްސިއަމް ހުރެ އެވެ.

ފިގްސް އަދި އޭޕްރިކޮޓްގައި މެގްނީޒިއަމް ވެސް ހިމެނެ އެވެ. މިއީ ކަށި އުފެދުމަށާއި މިނަރަލްތަކުގެ ބެލެންސް ހިފެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން، ގިނަ މޭވާތަކުގައި "ޕޮލީފީނޯލްސް" ހުރެ އެވެ. މިއީ އެންޓިއޮކްސިޑެންޓް އަދި އެންޓި-އިންފްލެމޭޓަރީ ސިފަތައް އެކުލެވޭ ގުދުރަތީ މާއްދާއަކަށް ވުމުން، ކަށިތައް ހަލާކުވުން ލަސްކޮށްދެ އެވެ.

މައުލޫމާތު: ބީބީސީ

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox