ސިޑިން އެރުން: ހިތުގެ ބަލިތަކުން ދުރުވުމަށް އޮތް ހައްލެއް!

Aug 16, 2026, 8:30 AM
ސިޑިން އެރުމަކީ ބުރަ ފައިދާހުރި ކަސްރަތެއް.

ސިޑިން އެރުމަކީ ބުރަ ފައިދާހުރި ކަސްރަތެއް.

ގަވާއިދުން ސިޑިން އެރުމަކީ ހިތުގެ ބަލިތަކުގައި މަރުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާ އާއި ނޯފޯކް އެންޑް ނޮރިޗް ޔުނިވާސިޓީ ހޮސްޕިޓަލްގެ ދިރާސާވެރިން ކުރިއަށް ގެންދިޔަ މި ދިރާސާ ޝާއިއުކޮށްފައިވަނީ "އެމެރިކަން ޖާނަލް އޮފް ކާޑިއޯވަސްކިއުލާ ޑްރަގްސް" ގަ އެވެ.

ދުނިޔޭގައި ހިތުގެ ބަލިތައް ޖެހޭ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައި، މި ދިރާސާއިން ފާހަގަވި ކަންތައްތަކަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެކެވެ.

Advertisement

މި ދިރާސާގައި ބައިވެރިވި ޕްރޮފެސަރު ވާސިލިއޯސް ވާސިލިއޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހިތުގެ ބަލިތަކަކީ މުޅި ދުނިޔޭގައި ވެސް މީހުން މަރުވާ އެންމެ ބޮޑު ސަބަބު ކަމަށެވެ. އަދި 1990 އާއި 2019 އާ ދެމެދު މިފަދަ ބަލިތައް ޖެހޭ މިންވަރު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ދިރާސާވެރިން ބުނާ ގޮތުގައި ހިތުގެ މައްސަލަތަކާއި ސްޓްރޯކް ހިމެނޭހެން، ހިތުގެ ބަލިތައް ޖެހިފައިވާ 523 މިލިއަން މީހުން މުޅި ދުނިޔޭގައި އެބަ ތިއްބެވެ.

ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެއްކަން އެނގޭތީ އާއި، މީގެ ކުރީގެ ދިރާސާތަކުން ވެސް ކަސްރަތަކީ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެއްކަން ހާމަވެފައިވާތީ، ދިރާސާވެރިން ބޭނުންވީ ބޮޑެތި މީހުންނަށް ކަސްރަތު ކުރުމަށް ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެހީތެރިވެދޭނެ ފަސޭހަ ގޮތެއް ހޯދުމަށެވެ.

ޕްރޮފެސަރު ވާސިލިއޫ ވިދާޅުވީ ސިޑިން އެރުމަކީ ދުވަހުން ދުވަހަށް ކުރާ ކަންކަމުގެ ތެރެއަށް ޖިސްމާނީ ހަރަކާތްތައް އިތުރުކުރުމަށް އޮތް، އާންމުކޮށް މީހުން މާ ބޮޑު ސަމާލުކަމެއް ނުދޭ ނަމަވެސް ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދޭ މިންވަރު ދެނެގަތުމަށް ދިރާސާވެރިން ބޭނުންވި ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޑިން އެރުމަކީ ހަށިގަނޑަށް ބުރަ، ވަރުގަދަ ޖިސްމާނީ ހަރަކާތެކެވެ. މީގެ ކުރީގެ ދިރާސާތަކުން ދައްކާ ގޮތުގައި، ހަފުތާގެ ތާވަލުގައި ސިޑިން އެރުން ހިމެނުމަކީ ސިއްހީ އެތައް ފައިދާތަކެއްގެ އިތުރުން، ހިތާއި ފުއްޕާމޭގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ.

މައުލޫމާތު: މެޑިކަލް ނިއުސް ޓުޑޭ

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox