ލުއިކުރި ބަރުދަން އެގޮތުގައި ދަމަހައްޓާނީ ކިހިނެއް؟

Aug 31, 2026, 7:30 AM
ފޮޓޯ: ހާވާޑް ހެލްތު

ފޮޓޯ: ހާވާޑް ހެލްތު

ބަރުދަން ލުއިކުރުމަށް މީހުން ނިންމަނީ ތަފާތު ސަބަބުތަކާ ހުރެ އެވެ. ބައެއް ފަހަރު ސީރިއަސް ބައްޔެއްގެ ސަބަބުން ނުވަތަ އަމިއްލަ ސިފަ ހުންނަ ގޮތާ މެދު ހިތްހަމަނުޖެހިގެން ވެސް ބަރުދަން ލުއިކުރަން މީހުން ބޭނުންވެ އެވެ. ބަރުދަން ލުއިކުރުމުގައި ކާމިޔާބީއާ ހަމައަށް ދެވުމުން ކޮންމެ މީހަކަށް ވެސް ކުރިމަތިވަނީ އެއް ގޮންޖެހުމެކެވެ. އެއީ ލުއިކުރި ބަރުދަން އެގޮތުގައި ދަމަހައްޓާނީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ.

ހާވަޑް ސްޕެޝަލް ހެލްތު ރިޕޯޓްގެ "ހެލްތު ސޮލިއުޝަންސް ޓު ލޫޒް ވެއިޓް އެންޑް ކީޕް އިޓް އޮފް" ގައި ބަޔާންކޮށްފައިވާ ގޮތުގައި، ބަރުދަން އެއްވަރެއްގައި ހިފަހައްޓާނެ ގޮތާ ގުޅޭގޮތުން ހަދާފައިވާ ގިނަ ދިރާސާތައް ބިނާވެފައިވަނީ "ނޭޝަނަލް ވެއިޓް ކޮންޓްރޯލް ރެޖިސްޓްރީ" ނަމަކަށް ކިޔާ ދިގު މުއްދަތުގެ މަޝްރޫއެއްގެ މައްޗަށެވެ. މި މަޝްރޫއުގެ ދަށުން، ބަރުދަން ލުއިކޮށް ގިނަ އަހަރުތަކެއް ވަންދެން އެ ބަރުދަން ދަމަހައްޓާފައިވާ ގާތްގަނޑަކަށް 10،000 މީހުންގެ މައުލޫމާތު ދަނީ އެއްކުރަމުންނެވެ. މި މީހުން ބޭނުންކުރާ އުސޫލުތަކަކީ ބަރުދަން ހިފެހެއްޓުމުގެ މައިގަނޑު ސިއްރު ކަމަށް ސާބިތުކޮށްދޭނެ ސީދާ ހެއްކެއް ނެތް ނަމަވެސް، އެ މީހުންގެ އާދަކާދަތައް ހުރީ ބަރުދަން ދެމެހެއްޓުމަށް ކަނޑައެޅިފައިވާ މަޝްހޫރު އުސޫލުތަކާ އެއްގޮތަށެވެ.

އެން.ޑަބްލިއު.ސީ.އާރް ގައި ބައިވެރިވި މީހުންނަކީ މަދުވެގެން 30 ޕައުންޑް (ގާތްގަނޑަކަށް 13.6 ކިލޯ) ބަރުދަން ލުއިކޮށް، އެއް އަހަރު ދުވަހު އެ ބަރުދަން ހިފެހެއްޓި މީހުންނެވެ. އެ މީހުން ބޭނުންކުރި ބައެއް އުސޫލުތަކުގެ ތެރޭގައި ހިމެނެނީ:

  • ގިނައިން ކަސްރަތު ކުރުން
  • ހެނދުނުގެ ނާސްތާ ކުރުން
  • ޓީވީ ބަލާ ވަގުތު މަދުކުރުން
  • ކާބޯތަކެތީގެ މައުލޫމާތު ހިމެނޭ ޑައިރީއެއް ގެންގުޅުން
  • ބަރުދަން ބެލުން

މި މަޝްރޫއުގެ ގިނަ ބައިވެރިން ބުނި ގޮތުގައި އެ މީހުން ހަފުތާއަކު އެއްފަހަރު ބަރުދަން ބަލަ އެވެ. އަދި ބައިވެރިންގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ކޮންމެ ދުވަހަކު ވެސް ބަރުދަން ބަލަ އެވެ. ދިރާސާއިން ދައްކާ ގޮތުގައި، މަދުން ބަރުދަން ބަލާ މީހުންގެ ބަރުދަން، ގަވާއިދުން ބަރުދަން ބަލާ މީހުންނަށް ވުރެ އިތުރުވުމުގެ ފުރުސަތު ބޮޑެވެ. ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ގަވާއިދުން ބަރުދަން ބެލުމުގެ ސަބަބުން ބަރުދަނަށް އަންނަ ކުޑަ ބަދަލެއް ވެސް ދެނެގަނެވި، އެކަން ބޮޑު މައްސަލައަކަށް ވުމުގެ ކުރިން ފިޔަވަޅު އެޅުމަށް ފުރުސަތު ލިބެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ބަރުދަން ލުއިކުރުމުގެ ޕްލޭންތައް އެކުލަވާލުމުގައި އަމިއްލަ އިޚްތިޔާރު ބޮޑުވި ވަރަކަށް، އެކަން ކާމިޔާބުވުމުގެ ފުރުސަތު އިތުރުވެ އެވެ. އެއް ދިރާސާއަކުން އެނގުނު ގޮތުގައި، ކެލޮރީ މަދުކުރުމަށް ހަރުކަށި ޑައިޓެއް ފޮލޯކުރި މީހުންގެ ބަރުދަން އެވްރެޖްކޮށް ނުވަ ޕައުންޑް އިތުރުވިއިރު، ސިއްހީ މިންގަނޑުތަކުގެ ތެރެއިން ބޭނުން އެއްޗެއް ކައިގެން އުޅުނު މީހުންގެ ބަރުދަން އިތުރުވީ އޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު މިންވަރަކަށެވެ.

އިތުރު ދިރާސާއެއްގައި ދެ ގްރޫޕެއްގެ މީހުން އަޅާކިޔާފައިވެ އެވެ. އެއީ ބަރުދަނުގެ 10 އިންސައްތަ ލުއިކޮށް، ފަސް އަހަރު ވަންދެން އެ ބަރުދަން ހިފަހައްޓާފައިވާ އާދައިގެ ބަރުދަނެއް ހުރި މީހުންނާއި، ބަރުދަން އިތުރުވެފައިވާ އަދި ޑައިޓް ކުރުމުގެ ތާރީޚެއް އޮތް މީހުންނެވެ. ދިރާސާވެރިންނަށް ފާހަގަވީ ފުރަތަމަ ގްރޫޕުގެ މީހުންގެ ގޭގޭގައި ޓީވީ މަދު ކަމާއި، ފެޓް ނުވަތަ ސަރުބީ ގިނަ ކާބޯތަކެތި ގެންގުޅޭ މިންވަރު ދެވަނަ ގްރޫޕަށް ވުރެ މަދު ކަމެވެ. އަދި ބަރުދަން ހިފެހެއްޓި މީހުން ގިނައިން ކަސްރަތު ކުރާކަން ވެސް ފާހަގަކުރެވުނެވެ.

ހަނދާން ބަހައްޓަންވީ ކަމަކީ، ބަރުދަން ކިތަންމެ ކުޑަކޮށް ލުއިކުރެވުނަސް އެއީ ހޯދުނު ކާމިޔާބީއެއް ކަމެވެ. އެހެންކަމުން، ބަރުދަން ހިފެހެއްޓުމުގެ އުސޫލުތައް ބޭނުންކޮށްގެން ނުވަތަ މާހިރުންގެ އެހީތެރިކަން ހޯދައިގެން، މި ހޯދި ކުރިއެރުން ދެމެހެއްޓުމަށް މަސައްކަތް ކުރާށެވެ.

މައުލޫމާތު: ހާވާޑް ހެލްތު

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox