ގެދޮރުވެރިޔާގެ ފްލެޓްތަކުން ފެން ލީކުވެ ބިލު އާދަޔާ ހިލާފަށް ބޮޑުވާ މައްސަލައެއް ފެންމަތިވެއްޖެ

ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ އަމާން އުދަރެސްގެ ފްލެޓްތައް: އެތަނުގެ ބައެއް ފްލެޓްތަކުންވެސް ފެން ލީކުވާ މައްސަލަ ވަނީ ފެންމަތިވެފައި -- ފޮޓޯ: އަދަދު

ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ އަމާން އުދަރެސްގެ ފްލެޓްތައް: އެތަނުގެ ބައެއް ފްލެޓްތަކުންވެސް ފެން ލީކުވާ މައްސަލަ ވަނީ ފެންމަތިވެފައި -- ފޮޓޯ: އަދަދު

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެޅި އަމާން އުދަރެސް އަދި އަމާން ދޯދީގެ ފްލެޓްތަކުން ފެން ލީކުވެ، ފެން ބިލު އާދަޔާ ހިލާފަށް ބޮޑުވާ މައްސަލަ ފެންމަތިވެއްޖެ އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި 200 އެއްހާ ގިނަ ފްލެޓްތަކުން ފެން ލީކުވާ މައްސަލަ ފާހަގަވީ ބައެއް ފްލެޓްތަކުގެ ބިލުތަކަށް 20،000ރ. އަށްވުރެ ގިނައިން އަރަން ފެށުމުންނެވެ. އޭގެ ތެރެއިން ބައެއް ފްލެޓްތަކުގެ ބިލުތައް އާދަޔާ ހިލާފަށް ބޮޑުވީ ފްލެޓްތަކަށް މީހުން ބަދަލުވެސް ނުވަނީސް ކަމަށް މައުލޫމާތު ލިބެ އެވެ. 

މިކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ އަމާން އުދަރެސް އަދި އަމާން ދޯދިގެ 57 ފްލެޓުން ފެން ލީކުވާ މައްސަލަ ފާހަގަކުރެވިގެން އެކަން އެމްޑަބްލިއުއެސްސީއާ ވާހަކަ ދައްކައިގެން ކޮންޓްރެކްޓަރު މެދުވެރިކޮށް ހައްލުކުރަމުންދާ ކަމަށެވެ. 

Advertisement

"މިހާތަނަށް 57 ފްލެޓަކުން ފެން ލީކުވާ މައްސަލަ ވަނީ ފާހަގަކުރެވިފައި. އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން ކޮންޓްރެކްޓަރު މެދުވެރިކޮށް މައްސަލަ ހައްލުކުރަން މިދަނީ މަސައްކަތްކުރަމުން. ޑިފެކްޓް ލައިބިލިޓީ ޕީރިއަޑްގައި އެއްވެސް ލީކޭޖްގެ މައްސަލައެއް ފާހަގަކުރެވިފައިވާނަމަ ކޮންޓްރެކްޓަރު އެކަން ހައްލުކުރާނެ،" އޭނާ ވިދާޅުވި އެވެ. 

ފެން ލީކުވެގެން ބިލު ބޮޑުވާ އެއްވެސް ފްލެޓަކުން އެ ފްލެޓެއްގެ ވެރިން ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި އެކަމާ ގުޅިގެން ހުރިހާ ހަރަދެއް ކުރާނީ ކޮންޓްރެކްޓަރު ކަމަށް ހަމްދާން ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ބިލުތަކަށް އެގޮތަށް ދެއްކި ފައިސާގެ އަދަދު ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޓެސްޓުކުރުމުގެ މަރުހަލާގައި ބިލްތައް ބޮޑުވާނެ. އެއީ ކުއްޔަށް ހިފާ ފަރާތުން ދައްކަން ޖެހޭނެ ބިލްތަކެއް ނޫން. ބިލްތައް ކުއްޔަށް ހިފާ އެކައުންޓުން ނަގައި ވަކި މީޓަރަކަށް އެމްޑަބްލިއުއެސްސީއާ ވާހަކަ ދައްކައިގެން މިދަނީ ބަދަލުކުރަމުން،" ހަމްދާން ވިދާޅުވި އެެވެ. 

މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ބަހެއް ހޯދުމަށް އަދަދު އިން ތަކުރާރުކޮށް އެ ކުންފުންޏަށް ގުޅައި މެސެޖުކުރުމުންވެސް އެއްވެސް ޖަވާބެއް މިހާތަނަށް ދީފައެއް ނުވެ އެވެ. 

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެޅި 4،000 ފްލެޓުތައް މި ސަރުކާރުން ހަވާލުކޮށް، އެ ފްލެޓްތަކަށް މީހުން ބަދަލުވާން ވަނީ ފަށާފަ އެވެ. މި ސަރުކާރުން އެ ފްލެޓްތައް ހަވާލުކުރުމުގެ ތެރޭގައި ލިސްޓުގައި ހިމެނުނު 450 މީހުން އަތުން ފްލެޓްތައް އަތުލި އެވެ. 

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންނަށް އެ ތަންތަން މި ސަރުކާރުން ހަވާލު ކުރީ 25 އަހަރުދުވަސް ވަންދެން އެފްޑީސީއަށް ކުލި ދެއްކުމުން މިލްކުވާ ގޮތަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓެވެ. 

ދެ ކޮޓަރީގެ ފްލެޓަށް ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 7000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1000ރ. އެވެ. ތިން ކޮޓަރީގެ ފްލެޓަށް ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 9000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1500ރ. އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox