ހޭންޑްބޯޅަ ކޯޓު އަވަހަށް ނިންމަން އެސޯސިއޭޝަނުން އަމިއްލަ އަށް ވެސް މަސައްކަތްތަކެއް ކުރަނީ

އޭޝިއަން ބީޗް ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް މުޖޭ.

އޭޝިއަން ބީޗް ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް މުޖޭ.

މާލޭ ހޭންޑްބޯޅަ ކޯޓުގެ މަރާމާތާއި ހިޔާކުރުމުގެ މަސައްކަތް އިތުރަށް ދިގުލައި، ގޮސްފައިވާއިރު، އެ ތަނުގެ މަސައްކަތް ނިންމުމަށްޓަކައި، އެސޯސިއޭޝަނުން އަމިއްލަ އަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ހޭންޑްބޯޅަ އިވެންޓެއްގައި ވާހަކަ ދައްކަވަމުން، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ، މިދިޔަ އަހަރު "ނިމޭ ހިސާބުގައި މި މަސައްކަތް (ހޭންޑްބޯޅަ ކޯޓު މަސައްކަތް) އެއްކޮށް ނިންމާލެވި، ވާރޭ ނުވެހޭ ތަނެއްގައި" ހޭންޑްބޯޅަ މުބާރާތްތައް ކުޅެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި، އޭގެ ފަހުން، މިދިޔަ އަހަރާއި މި އަހަރު އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް މިނިސްޓަރު ވަނީ އެކި އިވެންޓްތަކުގައި ހިއްސާކުރައްވައިފަ އެވެ. 

Advertisement

މިދިޔަ މާޗް މަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، މުޖޭ ވިދާޅުވީ، އޭޕްރީލް މަސް ތެރޭ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނިންމާލުމަށް އަމާޒުހިފާފައިވާ ކަމަށާއި ބެލެވޭ ގޮތުގައި މެއި މަހު މުބާރާތްތައް ކުޅެވޭނެ ކަމަށެވެ.

އެކަމަކު، ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކުރަން ބޭނުންވާ ސާމާނު ގެނައުމުގައި އައި ލަސްތަކާ ހުރެ، މި ޕްރޮޖެކްޓްގެ ކަންކަން ދިގުލައި ދިޔައީ އެވެ.

ހޭންޑްބޯޅަ ކޯޓު މަސައްކަތަށް އިތުރު ލަސްވުމެއް، މުބާރާތްތައް ޖުލައި މަހު ފެށޭތޯ ބަލަނީ

މާލޭ ހޭންޑްބޯޅަ ކޯޓު މަރާމާތުކޮށް ހިޔާކުރުމުގެ މަސައްކަތް، ތަކެތި ގެނައުމުގައި ދިމާވި ދަތިތަކާހުރެ ކުރިން ރޭވި ތާރީޚަށް ނުނިމި ވަނީ އިތުރަށް ލަސްވެފައި، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް މުޖުތަބާ ވިދާޅުވި ގޮތުގައި، މިހާރު އަމާޒު ހިފާފައިވަނީ އަންނަ ޖުލައި މަހުގެ ތެރޭގައި މުބާރާތްތައް ބޭއްވޭތޯ ވީ އެންމެ އަވަހަށް މަސައްކަތްތައް ނިންމުމަށް.

އޭޕްރީލް މަހު 13 ވަނަ ދުވަހު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ރާފިއު ވިދާޅުވީ، ހޭންޑްބޯޅަ ކުޅޭ އިންޑޯއެއް ހެދުމަށްޓަކައި، އެ އިންޑޯގެ ފްލޯރިން އަށް ބޭނުންވާ ފައިސާ އެސޯސިއޭޝަން މެދުވެރިކޮށް، ހޭންޑްބޯޅައިގެ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) އަށް އަށް ފައިސާ ދައްކާފައިވާނެ ކަމަށެވެ.

އަދި، މަސައްކަތް ކަނޑައެޅި ދުވެލީގައި އެންމެ ފުރަތަމަ ކުރިއަށްނުދިޔައީ، ފައިސާ ދެއްކުމުގައި އައި ލަސްތަކެއްގެ ސަބަބުން ކަމަށް، އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު، ރާފިއު ފާހަގަކުރެއްވި އެވެ. 

ހޭންޑްބޯލް އެސޯސިއޭޝަނުން މުބާރާތްތައް ފަށަން ކަނޑައެޅި ދެ ތާރީހު ކަމަށްވާ މެއި މަހާއި ޖުލައި މަހު ވެސް އެކަން ނުވެ، އެތައް ދުވަހެއް މި ވަނީ ފާއިތުވެފަ އެވެ. 

ރޭ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި މުޖޭ ވަނީ، ހޭންޑްބޯޅަ ކޯޓާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވައިފަ އެވެ. 

"މަސައްކަތް މިހާރު ގެގަނޑު، ފުރާޅުގަނޑު އަޅަން ކައިރިވެފައި އެ ހުރީ، ފުރާޅުގަނޑު، އަޅާއިރު އަޅާ ދަގަނޑު ސްޓްރަކްޗާ، އެ ސްޓްރަކްޗާގެ ފަހަތު ތިން ބައި އިނީ ނުނިމި. އަނެއްބައިތައް އެއްކޮށް ނިންމާފައި އެ ހުރީ،" މުޖޭ ވިދާޅުވި އެވެ. 

މާލޭ ހޭންޑްބޯޅަ ކޯޓުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް
މާލޭ ހޭންޑްބޯޅަ ކޯޓުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

އޭނާ ވިދާޅުވީ، މި މަސް ނިމޭހާއިރަށް ފުރާޅު އެޅުމާ ގުޅޭ އެ ސްޓްރަކްޗާގެ ހުރިހާ ކަމެއް ނިމޭނެ ކަމަށެވެ. 

"ފުރާޅު އަޅާ ހުރިހާ ކަމެއް ނިމޭނޭ މި މަސް ނިމެންވާއިރަށް. ދެން އިންނާނެތާ އޮކްޓޫބަރު. އޮކްޓޫބަރުވާއިރު ވަށާ ފާރެއް ނީންނާނެ. ދެން، އަހަރެމެން މި އުޅެނީ އިއުލާނު ކޮށްގެން ނަަމަވެސް ވަށާފާރު ރާނާ، ޗޭންޖިން ރޫމް ވެސް އެތަންތަން ވެސް ހަދަން ޖެހޭނެތާ. ރިކުއަމަންޓްސް އެބަހުރި އަސްލުގައި،" މުޖޭ ވިދާޅުވި އެވެ. 

"(ސަރުކާރުން) ޓްރެއިިނިން ހޯލެއް އެ ދެނީ، އެކަމަކު ވެސް އަހަރެމެން މި ބަލަނީ ނޮވެމްބަރު 3 ނޫނީ 11 އަށް އެ ހިސާބުގައި އަހަރެމެން އެކިއެކި ގޮތްގޮތުން މަސައްކަތް ކޮށްގެން މިކަން ކުރެވިދާނެތޯ ޓްރައި މި ކުރަނީ އަސްލު،"

 މުޖޭ ވިދާޅުވީ، ހޭންޑްބޯލް އެސޯސިއޭޝަނުން އިސްނަގައިގެން ދެން ހުރި މަސައްކަތްތައް ކުރެވޭނެ ގޮތްތަކާ މެދު ވިސްނަމުން އަންނަ ކަމަށާއި ކޮންމެ ވެސް ވަރަކަށް ކަންކުރެވިދާނެ ހައްލުތަކެއް ވެސް ފެނިފައިވާ ކަމަށެވެ. 

"މިސާލަކަށް ވަށާފާރު ވެސް މި އުޅެނީ އިއުލާނުުކުރަން އަމިއްލަ ހަރަދުގައި ހަދާދޭނެ ފަރާތެއް ހޯދަން، އެއީ، ދެ ފަރާތުގައި ދެ ކޮޅަށް އިންނާނެ ދެ ޓަކް ޝޮޕް. ދެން، ދެ ޓަކް ޝޮޕް އެ މީހުންނަށް ދިގު މުއްދަތަކަށް ދީފިއްޔާ، އެ މީހުންނަށް އެކަން ކުރެވިދާނެ، ހަމަ ވަރަށް ފީޒިބަލް ކަމަކަށްވާނެ،" 

މަސައްކަތްތައް މިހާރު މި އޮތް ހިސާބުން ދެން އިތުރަށް ލަސްތަކެއް ދިމާވެއްޖެނަމަ، ކަލަންޑަރު އެއް އަހަރު މާލެ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ނުބޭއްވި ދިއުމުގެ ބިރު އެބައޮތެވެ. އެހެން ނަމަވެސް، މުޖޭ ވިދާޅުވީ، ގައުމީ މުބާރާތް ނޮވެމްބަރު މަހު ބޭއްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. 

"ޗާންސް އެބައޮތް (މި އަހަރު މުބާރާތް ބޭއްވުމުގެ). އިރާދަކުރެއްވިއްޔާ، ނޮވެމްބަރު 11 އަށް މި ވިސްނަނީ ހުޅުވާފައި ﷲ އިރާދަކުރެއްވިއްޔާ ހުޅުވާފައި، ގައުމީ މުބާރާތް ވެސް ބޭއްވުމުގެ ވިސްނުން އަދި ފިކުރު އެބަހުރި. ގައުމީ މުބާރާތް މި އަހަރު ބާއްވާނަން، އެ އަށް ފަހު ދެން އިލެކްޝަން ބާއްވާނީ،" މުޖޭ ވިދާޅުވި އެވެ. 

މި އަހަރު ގައުމީ މުބާރާތް ބޭއްވުމުގެ މަސައްކަތް ކުރުމަށް ފަހު، ދެން އޮންނާނީ އަންނަ އަހަރު ހޭންޑްބޯލް މޯލްޑިވްސްގެ އިންތިހާބު ބޭއްވުން ކަމަށް މުޖޭ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox