ހޭންޑްބޯލް ކޯޓުގެ މަސައްކަތް އަންނަ މަހު ނިންމާލައި، މެއި މަހު މުބާރާތް ކުޅެވޭތޯ މަަސައްކަތްކުރަނީ

ހޭންޑްބޯލް ކޯޓުގެ މަސައްކަތް އަންނަ މަހު ނިންމާލައި، މެއި މަހު މުބާރާތް ކުޅެވޭތޯ މަަސައްކަތްކުރަނީ

މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް އަންނަ މަސް ތެރޭ ނިންމާލައި، އަންނަ މެއި މަހު މުބާރާތްތައް ކުޅެން ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ހޭންޑްބޯޅަ އިވެންޓެއްގައި ވާހަކަ ދައްކަވަމުން، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ، މިދިޔަ އަހަރު "ނިމޭ ހިސާބުގައި މި މަސައްކަތް (ހޭންޑްބޯޅަ ކޯޓު މަސައްކަތް) އެއްކޮށް ނިންމާލެވި، ވާރޭ ނުވެހޭ ތަނެއްގައި" ހޭންޑްބޯޅަ މުބާރާތްތައް ކުޅެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު، އެކި ސަބަބުތަކާ ހުރެ، ބޭނުންވި ދުވެލީގައި، ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކުރިއަށްނުދާތީވެ، މުބާރާތްތައް ނުކުޅެވި، ކުޅުންތެރިންނާއި ކޯޗުންގެ ކަންބޮޑުވުންތައް ދިޔައީ އިތުރުވަމުންނެވެ. މިހާރު މަސައްކަތް ކުރަމުން އަންނަ ސްޕީޑަށް ބަލާއިރު، ހޭންޑްބޯޅަ ކޯޓު ބޭނުންކުރަން ފުރުސަތު މި ލިބެނީ ދިގު މުއްދަތަކަށް ފަހު އެވެ.

"އަދަދު ސްޕޯޓްސް" އަށް މިއަދު ދިން އިންޓަވިއުއެއްގައި، މުޖޭ ވިދާޅުވީ، މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާއިރު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް މަސައްކަތްތައް ނިންމާލެވޭތޯ ބަަލަމުން އަންނަ ކަމަށެވެ. އަދި، ތަފާތު އެކި ސަަބަބުތަކާ ހުުރެ، އިންޑޯ ކޯޓު ހިޔާކުރުމުގެ މި މަސައްކަތަށް ލަސްތަކެއް އައިސްފައިވާއިރު، މުޖޭ ވިދާޅުވީ، މިތަނުގެ މަސައްކަތަށް ރާއްޖޭން ބޭރުން ގެންނަން ޖެހޭ ބައެއް ތަކެތި ގެނައުމުުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"އެ ހުރިހާ ކަމަކަށް ވެސް ބަލާފައި، މި މަސައްކަތާ ހަވާލުވެފައިވާ ފަރާތުން މައުލޫމާތު ދެނީ، އަންނަ މަހުގެ 15 ހާ ތަނަށް މި ކަންކަން ނިންމާލެވޭނެ ކަމަށް، ދެން، އަޅުގަނޑުމެން (ސީޒަން) ކަލަންޑަރުގެ މަސައްކަތް ވެސް ކޮށްފައިވާނީ، އެ ގޮތުން، ކޯޓުގެ މަސައްކަތަށް މި އަންނަ ޑިލޭތަކާ މެދު ވެސް ވިސްނާފައި، މެއި މަހު 10 ވަނަ ދުވަހު އެސޯސިއޭޝަން ކަޕް ފެށޭތޯ މި މަސައްކަތް ކުރަނީ،" މުޖޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ބޮޑު ހިއްސާއަކާ އެކު، ބަޖެޓު ލިބިގެން މިހާރު ކުރަމުން އަންނަ، ހޭންޑްބޯލް ކޯޓުގެ މަސައްކަތުގައި ހިމެނެނީ، ހިޔާކުރުމާއި ލައިޓް ހަރުކުރުމުގެ މަަސައްކަތް ކަމަށެވެ.

އެކަމަކު، ކުރިއަށް އޮތްތަނުގައި، ސަރުކާރުގެ ތެރެއިންނާއި އެހެނިހެން ގޮތްގޮތުން ވެސް މަަސައްކަތްކޮށް، ބަޖެޓް ހަމަޖެހިގެން، ހޭންޑްބޯޅަ ކޯޓު އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ބޭނުންވާނެ ތަންތަން ހިމަނައިގެން ކުރެހުންތައް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުޖޭ ވިދާޅުވި އެވެ.

"ބޭނުންވަނީ އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތްތައް ވެސް ބޭއްވޭނެ ހާލަތަކަށް އެތަން (ހޭންޑްބޯޅަ ކޯޓު) ތަރައްގީކުރަން، ޗޭންޖިން ރޫމާއި މުބާރާތުގެ އިންތިޒާމް ކަންކަން ކުރިއަށްގެންދެވޭނެ އޮފީހަކާއި ހޭންޑްބޯލް މޯލްޑިވްސްގެ އޮފީސްފަދަ ތަންތަން ވެސް އެ ތަނުގައި ގާއިމްކުރެވޭނެ ގޮތަށް ރޭވޭތޯ މަސައްކަތް މި ކުރަނީ، އެއީ މުސްތަގުބަލަށް ވިސްނުން އޮތް ގޮތަކީ،" މުޖޭ ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއުގެ ފަރާތުން ވެސް މި ކަންކަމަށް އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ތެރެއިން ބަޖެޓް ހަމަޖެހިގެންދާ މިންވަރަކުން ހޭންޑްބޯލް ކޯޓު އިތުރަށް ތަރައްގީ ކުރުމަށް ސަޕޯޓް ދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް މުޖޭ ވިދާޅުވި އެވެ.

މާލޭގައި މި ވަގުތު ހޭންޑްބޯޅަ ކުޅެމުން އަންނަ އައުޓް ޑޯ ކޯޓު، ގައުމީ ހޭންޑްބޯޅަ ކޯޓު، 2021 ވަނަ އަހަރު އެޅި ފަހުން، އެ ތަން ހިޔާ ކުރުމުގެ ވާހަކަ އާއި އެ ތަން، އިންޑޯ އަކަށް ބަދަލުކުރުމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. އެ ވިސްނުމުގައި ކުރިއަށްދެވޭތޯ، އެސޯސިއޭޝަނުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

މުޖޭ ވިދާޅުވީ، ސަރުކާރުގެ މައިގަނޑު ވިސްނުމަކަށް ވެފައި އޮތީ، މިހާރު އޮތް ހޭންޑްބޯލް ކޯޓަކީ ޓްރެއިނިން ފެސިލިޓީއެއްގެ ގޮތުގައި ބާއްވައި، ހޭންޑްބޯލް ވެސް ކުޅެވޭ ގޮތަށް ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ހެދުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox