ހޭންޑްބޯޅަ ކޯޓު މަސައްކަތަށް އިތުރު ލަސްވުމެއް، މުބާރާތްތައް ޖުލައި މަހު ފެށޭތޯ ބަލަނީ

ހޭންޑްބޯލް މޯލްޑިވްސްގެ ރަައީސް އަހުމަދު މުޖުތަބާ (މުޖޭ).--- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ހޭންޑްބޯލް މޯލްޑިވްސްގެ ރަައީސް އަހުމަދު މުޖުތަބާ (މުޖޭ).--- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

މާލޭ ހޭންޑްބޯޅަ ކޯޓުގެ މަރާމާތާއި ހިޔާކުރުމުގެ މަސައްކަތް އިތުރަށް ދިގުލައި، އަންނަ ޖުލައި މަހު މުބާރާތްތައް ކުޅެން ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ހޭންޑްބޯޅަ އިވެންޓެއްގައި ވާހަކަ ދައްކަވަމުން، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ، މިދިޔަ އަހަރު "ނިމޭ ހިސާބުގައި މި މަސައްކަތް (ހޭންޑްބޯޅަ ކޯޓު މަސައްކަތް) އެއްކޮށް ނިންމާލެވި، ވާރޭ ނުވެހޭ ތަނެއްގައި" ހޭންޑްބޯޅަ މުބާރާތްތައް ކުޅެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، މިދިޔަ މާޗް މަހު، މުޖޭ ވިދާޅުވީ، އޭޕްރީލް މަސް ތެރޭ މަސައްކަތް ނިންމާލުމަށް އަމާޒުހިފާފައިވާ ކަމަށާއި ބެލެވޭ ގޮތުގައި މި މަހު މުބާރާތްތައް ކުޅެވޭނެ ކަމަށެވެ. އެކަމަކު، ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކުރަން ބޭނުންވާ ސާމާނު ގެނައުމުގައި އައިސްފައިވާ ލަސްތަކާ ހުރެ، މި ޕްރޮޖެކްޓްގެ ކަންކަން ވަނީ ދިގުލައިފަ އެވެ. 

ހޭންޑްބޯލް ކޯޓުގެ މަސައްކަތް އަންނަ މަހު ނިންމާލައި، މެއި މަހު މުބާރާތް ކުޅެވޭތޯ މަަސައްކަތްކުރަނީ

މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް އަންނަ މަސް ތެރޭ ނިންމާލައި، އަންނަ މެއި މަހު މުބާރާތްތައް ކުޅެން ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވަނީ ވިދާޅުވެފައި.

މިދިޔަ މަހު 13 ވަނަ ދުވަހު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ރާފިއު ވިދާޅުވީ، ހޭންޑްބޯޅަ ކުޅޭ އިންޑޯއެއް ހެދުމަށްޓަކައި، އެ އިންޑޯގެ ފްލޯރިން އަށް ބޭނުންވާ ފައިސާ އެސޯސިއޭޝަން މެދުވެރިކޮށް، ހޭންޑްބޯޅައިގެ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) އަށް އަށް ފައިސާ ދައްކާފައިވާނެ ކަމަށެވެ. އަދި، މަސައްކަތް ކަނޑައެޅި ދުވެލީގައި އެންމެ ފުރަތަމަ ކުރިއަށްނުދިޔައީ، ފައިސާ ދެއްކުމުގައި އައި ލަސްތަކެއްގެ ސަބަބުންކަމަށް ރާފިއު ފާހަގަކުރެއްވި އެވެ. 

އެސޯސިއޭޝަނުން ކުރިން ރޭވި ގޮތަށް މި މަހު މުބާރާތްތައް ނުފެށިދިޔައީ، މުދާގެނައުމުގައި ދިމާވެފައިވާ ލަސްތަކާ ހެދި ކަމަށް "އަދަދު ސްޕޯޓްސް" އަށް މިއަދު ދިން އިންޓަވިއުއެއްގައި މުޖޭ ވިދާޅުވި އެވެ. 

"މަސައްކަތް ބަރާބަރަށް ގޮސް ކޮންކްރީޓް އެއްކޮށް ނިމިފައި ހުރީ، ދެން މިހާރު އިންތިޒާރު އެ ކުރަނީ، ހެނގަރު ގެންނަން، އެ އަށް ވާ ގޮތަކީ އިއްޔެ ކޮލަމްބޯ އަށް ވަންނަ ގޮތަށް އިނީ ރޫޓުން ދައްކާފައި. މާލެ އަންނާނެ ތާރީހެއް ސީދާ ކަނޑައެޅިގެން ބުނާކަށެއް ނޭނގެ، ކަންތައްތައް ހުރި ގޮތުން، ފުދޭ ވަރަކަށް އެއްޗެހި ލަސްވަމުން އެ އަންނަނީ، ލަފާ އެބަކުރެވޭ ޖުލައި އަށް މުބާރާތް ބޭއްވޭ ވަރުވާނެ ކަމަށް، މިހާރު އިން ގޮތުން، ދެން، މުދާ ގެނައުމުގައި އެ އަންނަ ޑިލޭ އަންނާނެ، އެއަކު މީހަކު ކުރާނެ ކަމެއް ނެތް،" މުޖޭ ވިދާޅުވި އެވެ. 

މުޖޭ ވިދާޅުވީ، ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ހަވާލުކުރި ކުންފުންޏާ އެކު، ކޮންޓްރެކްޓްގައި ސޮއިކުރި ފަހުން، ބަރާބަރަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

"މަސައްކަތް ވަރަށް ބަރާބަރަށް ގެންގޮސްފައި ހުރީ، ކޮންކްރީޓް ވެސް ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވޭ. ދެން، އެ މީހުން ކޮންކްރީޓް އޮމާން ކުރުމާއި ސްމޫތު ކުރުމުގެ މަސައްކަތް ކުރާނީ ގެގަނޑު އަޅައިނިންމާފައި. ދެން، ސްމޫތުކޮށްފައި، ސިމެންތި އަޅާފައި އަދި ޕިޗު އަޅާނީ،" މުޖޭ ވިދާޅުވި އެވެ.

"ދެން ޕިޗު އަންނަ ގޮތަށް އޮތީ 26 ގައި، އެއީ އިޓަލީން ފުރައިގެން، އެވެސް ފަހަރެއްގައި، އެވެސް ވަގުތަށް ގެނެވިއްޖިއްޔާ، އެ އަޅަން މާކަ ދުވަހެއް ނުނަނގާނެ. އެ ގެނެސްފައި ޖެހޭނީ ދެ ދުވަހަކު ނޫނީ ތިން ދުވަހަކުން އަޅައި ނިންމާލާނެ. އިރާދަކުރެއްވިއްޔާ، މިހާރު ތާވަލު މި ކުރަނީ ޖުލައި މަހުގެ 20 އިން ފަހުގައި މުބާރާތް ފެށިގެންދާނެ ކަމަށް، އެ ގޮތަށް ޝެޑިއުލަށް މި ބަލަނީ،"

ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކުރިއަށްދާތީވެ، މާލެ ސަރަހައްދުގައި ޕްރޮގްރާމްތައް ނުހިންގުނު ކަމުގައި ވިޔަސް، ހޭންޑްބޯލް މޯލްޑިވްސް އިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުބާރާތްތައް ބޭއްވުމުގެ މަސައްކަތްތައް ކުރަމުންނެވެ. 

ރާއްޖެ ޖޫނިއާ ހޭންޑްބޯލް ޗެމްޕިއަންޝިޕް ސެންޓްރަލް އޭރިއާގައި އަންނަ މަހު ބޭއްވުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ. އަދި، ހއ. އާއި ހދ. އަދި ށ. ގައި މި ބާއްވަނީ ރާއްޖެ ޖޫނިއާ ބީޗް ހޭންޑްބޯލް  ޗެމްޕިއަންޝިޕް، އަށް ވަރަކަށް ސްކޫލުން ބައިވެރިވާއިރު، ކުޅުދުއްދުށި ސިޓީގައި މި މުބާރާތް ފޯރިގަދަކޮށް ކުރިއަށްގެންދެވޭނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ މައުލޫމާތު ދީފަ އެވެ. އަދި، ސްކޫލްތަކަށް ކޯޗުންނާއި ކުޅޭނެ ބޯޅަ ވެސް ހިލޭ ހަމަޖައްސައިދޭން އެސޯސިއޭޝަނުން ނިންމާފައިވަނީ އަލަށް މިކަން ފަށަން ކުރާ މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox