ސެންކްޝަން ލިސްޓުގައި ހިމެނޭ ތަކެތި ރާއްޖެއިން ރަޝިޔާއަށް އެކްސްޕޯޓު ނުކުރާ ކަމަށް ގޯ އިންވެސްޓްމަންޓްސްއިން ބުނެފި

Sep 4, 2026, 8:51 AM
ރާއްޖެ އެއާޕޯޓުގައި އޮތް ރަޝިޔާގެ އެއާލައިން އޭރޯފްލޯޓުގެ މަތިންދާބޯޓެއް: ރާއްޖެއިން 2022 ވަނަ އަހަރު ރަޝިޔާއަށް 630 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓު ކުރި -- ފޮޓޯ: އެމްއޭސީއެލް

ރާއްޖެ އެއާޕޯޓުގައި އޮތް ރަޝިޔާގެ އެއާލައިން އޭރޯފްލޯޓުގެ މަތިންދާބޯޓެއް: ރާއްޖެއިން 2022 ވަނަ އަހަރު ރަޝިޔާއަށް 630 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓު ކުރި -- ފޮޓޯ: އެމްއޭސީއެލް

އެމެރިކާއިން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގަތުމަށް ލިޔެކިޔުން އޮޅުވާލައިގެން ރާއްޖެއިން ރަޝިޔާއަށް މުދާ ބޭރުކުރާ ކަމަށް "ގޯ އިންވެސްޓްމަންޓްސް" އަށް ވޯލް ސްޓްރީޓް ޖާނަލް އިން ޝާއިއު ކުރި ތަހުގީގީ ރިޕޯޓެއްގައި ކޮށްފައިވާ ތުހުމަތުތައް އެ ކުންފުނިން ދޮގުކޮށްފި އެވެ. 

އެމެރިކާއިން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގަތުމަށް ހަބެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭނުން ކުރާ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވަން އެމެރިކާގެ ސަރުކާރުން ދިވެހި ސަރުކާރަށް ވަނީ އަންގާފަ އެވެ. އެމެރިކާ ސަރުކާރުގެ ކަންބޮޑުވުންތައް ރާއްޖެއާ ހިއްސާކޮށް، ދަތިކުރުމުގެ ފިޔަވަޅުގެ ލިސްޓުގައި ހިމެނޭ މުދާ ރާއްޖެއިން ރަޝިޔާއަށް އެތެރެވުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން އެދިފައިވާކަން ހާމަކުރީ ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގަ އެވެ. 

އެއާވޭ ބިލްތަކާއި ޝިޕިން ޑޮކިއުމެންޓް އަދި އޮފިޝަލުންގެ އިންޓަވިއުތަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއިން ރަޝިޔާއަށް މުދާ ބޭރު ކުރަނީ ލިޔެކިޔުން އޮޅުވާލައިގެންނެވެ. އެކަމުގައި އިސްކޮށް ޝާމިލުވާ ދިވެހި ދެ ކުންޏެއް އެ ނޫހުން ވަނީ ހާމަކޮށްފަ އެވެ. އެއީ "ގޯ އިންވެސްޓްމަންޓްސް" އާއި "ފްރެއިޓް ކެއާ" އެވެ.

ސެންކްޝަން ލިސްޓުގައި ހިމެނޭ އެއްޗެއް އެކްސްޕޯޓުކުރުމުގައި އެ ކުންފުނީގެ ބައިވެރިވެފައި ނުވާނެ ކަމަށް އޭގެ ތެރެއިން "ގޯ އިންވެސްޓްމަންޓްސް" ގެ އޮފިޝަލަކު އަދަދު އަށް ވަނީ ބުނެފަ އެވެ. 

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ސެންކްޝަން ލިސްޓުގައި ހިމެނޭ މުދާ ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ގެންދަނީ، އެކި ގައުމުތަކުން ރާއްޖެއަށް އިމްޕޯޓު ކުރުމަށްފަހު، ހުޅުލެއިން ފުރާ އޭރޯފްލޯޓުގެ މަތިންދާބޯޓަކުންނެވެ. 

ރާއްޖެއިން ރަޝިޔާއަށް އެގޮތަށް އެކްސްޕޯޓު ކުރާ ތަކެތީގެ ތެރޭގައި މިސައިލް ގައިޑެންސް ސިސްޓަމްތަކުގައި ބޭނުން ކުރެވިދާނެ މައިކްރޯޗިޕްސް އާއި ޓްރެކިން ސެޓެލައިޓުތަކަށް ބޭނުންވާ ހާޑުވެއާ އާއި ޖެޓު ފައިޓަރު އަދި ދުރު ރާސްތާގެ މިސައިލަށް ބޭނުންވާ ދަގަނޑު ބޯލްޓު ހިމެނެ އެވެ. 

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުގެ ލިސްޓުގައި ހިމެނޭ މުދާ ރާއްޖެއިން ރަޝިޔާއަށް އެތެރެވާ މައްސަލައިގެ އެމެރިކާ އަދި ޔޫރަޕުން އަންނަނީ ރާއްޖެއަށް ޕްރެޝަރު ކުރަމުންނެވެ. އަދި އެ ރޫޓު ހުއްޓުވަން ދިވެހި ސަރުކާރަށް ޔޫރަޕާއި އެމެރިކާއިން އަންގާފައިވާ ކަމަށް ވެސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox