އިނގިރޭސި އެކްޓަރު ޓިމް ކަރީ މަރުވި ސަބަބު ހާމަކޮށްފި
މަޝްހޫރު އިނގިރޭސި އެކްޓަރު ޓިމް ކަރީ އުމުރުން 80 އަހަރުގައި މަރުވީ ހިތުގެ ބައްޔެއް ކަމަށްވާ "ކޮރޮނަރީ އާޓަރީ ޑިޒީޒް" ގެ ސަބަބުން ކަމަށް އޭނާގެ ތަރުޖަމާނު ހާމަކޮށްފިއެވެ. މީގެ އިތުރުން އޭނާއަކީ މީގެ ކުރިން ސްޓްރޯކެއް ޖެހިފައިވާ އަދި ކިޑްނީ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށްވެސް މަރުގެ ސެޓިފިކެޓާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.